އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުުލުހުން ވިދާޅުވީ ސެންޓަރަލް ޑިވިޝަން (ދ. ފ. އަދި މ.) އަތޮޅުގެ ތެރޭގައި ހިމެނޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ރޭ 20:30 ހާއިރު ކަމަށް ފުލުުހުން ވިދާޅުވިއެެވެ.

މިފަދަ މައްސަލަތަކުގައި އަނިޔާލިބޭ ފަރާތުގެެ އަބުރު ރައްކާތެރިކުރުމަށްޓަކާ އަތޮޅާއި ރަށް ފަދަ ވަނަވަރު އެނގިދާނެ އެެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާކަމެއް އަދި ފުލުހުން ހާމަކުރައްވަފައެއް ނުވެއެވެެ.

މި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމެެއްވެސް ވަނީ އެރަށަށް ގޮސްފައެވެެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އެރަށަށް ދިޔަ އެހެެން ރަށެއްގެެ ބޯޓެއްގެ ކެޕްޓަނެވެ.

ޖިންސީ ގޯނާގެެ މައްސަލަތައް ރައްޖޭގައި މިހާރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެެވެ. މިފަދަ މައްސަލަތައް އިތުރުވަމުން އަންނައިރު، ޖިންސީގޯނާގެ ޝިކާރައަކަށް ގިނަ ފަހަރަށް ވަމުން އަންްނަނީ ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކާ ކަމާބެހޭ އިދާރާތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޚިޔާލު ފާޅުކުރޭ

    މިރާއްޖޭގައި އިންޑިޔާގެ ރޭޕް ކަލްޗަރ ފެތުރުމުގެ ކުރިން އެބަޖެހޭ މިކަމަށް އިތުރު ސަމާލުކަމެއްދީ ޖިންސީގޯނާ ހުއްޓުވަން މަސައްކަތްތަކެއް ކުރަން. އެގޮތުން ޖިންސީގޯނާ ހުއްޓުވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

  2. ސޮނިފުހޭ

    އެވެރިން ފިޔާ ލޮނުމެދު ކެއުން ހުއްޓާލާ އެއްގަމު މަސް ގިނައިން ނުކައި އެފަދަ ކަންތަކަށް ހިތްވަރުލިބޭ ވެބްސައިޓް ތަކަށް ނުވަންނަން ވެއްޖެދޯ

    4
    2
  3. ދިވެއްސެއް ވީމަ ބުނަމޭ

    ދިވެހި މަންމަ އިން ގެ ގޯސް ތަރުބިއްޔަތު ބަފައިންގެ އިހުމާލު ބިރަކާ ނުލާ މަޖާ ކުރީ ފިރިހެންދަރިދޯ ކަލަކުވޭ ބިރުވެތިވޭ

  4. ޢަފްލާ

    ޝިދާތާ އިސްތިއުފާ ދިނީމަ މަހީކުރީ ދެން އެކަހަލަ ކަންތަށް ނުވާނެކަމަށް

    4
    1
  5. ޙަނީފް

    ރޭޕް ސަރުކާރު! ވަގުވޯޓު ސަރުކާރު! ފޭރިގަތް ސަރުކާރު! ލޫޓުވާ ސަރުކާރު! ބޯގަޅި ސަރުކާރު! ބަލާވެރި ސަރުކާރު!

    9
    4
    • ޑޯޜީ

      ބޮޑުވަރުނުވަނީސް ޑޮކްޓަރަކަށް ދައްކާ....

      2
      1
  6. ޅަބޭ

    17 އަހަރުގެ އަންހެން ކުދިންނަކީ ސަރާސަރު ބޮޑެތި އަންހެނުންނޭ. ކީއްވެގެންތަ ކަލޭމެން ތިއުޅެނީ.......

    • ހޫ

      ބޮޑު އަންހެނަކަސް މުސްކުޅިއަކަސް ޖިންސީ ގޯނާ ކޮއްގެން ނުވާނެދޯ.