ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ އިސްނެގުމައި އެކު އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން" (އައިއެމްސީޓީސީ)ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށްދާ ސިފައިންނާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރުމަށްދާ ސިފައިންގެ ތެރޭގައި ހިމެނެނީ ކާނަލް މުޙައްމަދު މުޚުތާރާއި، މޭޖަރ މުޙައްމަދު ޞާމިރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 މިފްތާޙް ޙުސައިނެވެ.

ކާނަލް މުޙައްމަދު މުޚުތާރު އެންމެ އިސްކޮށް ހަރަކާތްތެރިވާ މިޓީމުގެ ބޭފުޅުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ ސެންޓަރުގައި އެއްއަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިފާއީ ވުޒާޒާއިން ވިދާޅުވެއެވެ.

އެ ވުޒާރައިން ވިދާޅުވި ގޮތުގައި އެ ބޭފުޅުން ސައުދީ އަރަބިއްޔާގައި ތިއްބެވުމުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވަނީ ސައުދީ އަރަބިއްޔާގެ ފަރާތުންނެވެ.

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.

މީގެ އިތުރުން މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން މި ކޯލިޝަންގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެން.ސީ.ޓީ.ސީ)ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީ.އައި.ޑީ.ސީ)ގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮމެންޓު

    ސައުދީ އަށް ވީމަ އެހެލާފަ ތިބި މީހުން ފޮނުވަނީ. ލިބުނު ފުރުޞަތުގެ މުހިއްމު ކަން ނުވިސްނޭ ދުވަސްވިއަސް ސިކުނޑީ ޅަކުދިން މިނިސްޓަރުންނަށް ވީމަ ވޭނެ ތިޔަހެން

  2. ޓްރަންޕު

    ކޮބައިތޯ4ވަނަބޭފުޅާގެނަން ނިކަމެއްޗަކީތޯ ވާވާ

    6
    9
  3. ބޭގަރާރު

    މިނިސްްްޓަރ ނިދުމުގެ ތެރޭގައި އަތް ގައިދޮށުވީތޯ