ބުދަ ދުވަހުގެ ރޭ ދަންވަރު 12:00 ހާއިރު، ކ. މާފުށީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް އެރަށަށް ބަނދަރުން، މޫދަށް ވެއްޓި ބަޔަކަށް އަނިޔާވިއެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ބާރަށް ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެ ގޮސްއެވެ.
ތިން މީހުން ތިބި އެ ކާރުގައި ދެ މީހަކަށް އަނިޔާވިއެވެ.
ފުލުހުން އިއްޔެ ވިދާޅުވީ، މި ހާދިސާ ހިނގިއިރު ކާރުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހުނު ކަމަށާއި، އެ ދެ ލޯންޗަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.
މިހާދިސާ ހިނގިއިރު، މިހާރު އެ މަންޒަރު ފެންނަ ވީޑިއޯ ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އެހާ ސާފު ނޫނަސް އެ ވީޑިއޯއިން އާއްމުން މަސައްކަތް ކުރަމުން ދަނީ މީހުން ސަލާމަތް ކުރަން ކަން އެނގެއެވެ.
އެ ވީޑިއޯ އިން ފެނިގެން ދަނީ އާއްމުން އެ ސަރަހައްދަށް އެއްވެފައި ތިބޭ މަންޒަރެވެ. އަދި ކާރު މޫދު ތެރެއަށް ވެއްޓިފައި އޮތް މަންޒަރުވެސް ފެނެއެވެ. އެ ކާރު ވެއްޓިފައި އޮތީ ދެ ލޯންޗް ދެމެދަށެވެ. އަދި އެ ކާރުގެ ދޮރު ހުޅުވާފައި އޭގެން މީހުން ނެރުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުވެސް ފެނެއެވެ.
"އޭ ދޮރުފަތް ނުހުޅުވޭ،... ދަގަނޑެއް ގެނޭ ދަނޑަގެއް... ބިއްލޫރިގަނޑު ތަޅާލާ .."، މިހެން ކިޔާ އަޑުވެސް އިވެއެވެ.
އެ މީހުން ސަލާމަތް ކުރާ މަންޒަރު އެ ވީޑީއޯއިން ފެނިގެން ދާއިރު، ފުރަތަމަ އެ ކާރުން ބާލަނީ އަންހެނެކެވެ. އަދި އެ ވީޑިއޯގައި ދެ ފިރިހެނުން އެ ކާރުން ނަގާ މަންޒަރުވެސް ފެނެއެވެ.
އެ ހާދިސާގައި ދެ ލޯންޗަަށް ވަނީ ގެއްލުންވެފައެވެ.
ފުލުހުން ވިދާޅުވިގޮތުގައި، މި ކާރު ދުއްވާފައި ވަނީ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކަލޯ ޙަބަރު ސުރުހީވެސް މޮޅު. މަހީކުރީ ސުރުހީ ކިޔާފަ ޖިންނިއެއް ފެނުނީކަމަށް. ތިޔަ ލާފަ އިން ވީޑިއޯ އަކުން ފެންނަ މަންޒަރެއް އިވޭ އަޑެއްނެތް. މަބިރުން ހަލާކު.
ޢެހީތެރިވާންތިބިމީހުނަށްވުރެ ވީޑިއޯކުރަން ތިބި މީހުނވެސް ވަރަށް ގިނަ
ބޯލައިގެން ތިބެ ނުދުއްވުން އެދެން
ކޮބާތަ މީގައި ބިރުވެރި މަންޒަރަކީ....... ބަލަބަލާ ވެސް ނުފެނުނު!!!!!!!!!
ވަރަށް ފައްކާ ވީޑިއޯއެއް
ދެލޯ އަވަރު ކޮއްގެން ބެލީމަ ފެނޭ ހެން ނަގާފަވާ ވީޑިއޯ އެއް