ރައީސް ޞާލިހް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މީގެ ދުވަސްކޮޅެއް ކުރިން ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުގައި ކޮވިޑް-19 އަށް ވެކްސިން ޖެއްސެވުމަށް އެ ގައުމުން ރައީސަށް ފުރުސަތު ދެއްވުމުން އެ ފުރުސަތުގެ ބޭނުން ނުކުރައްވާ ދޫކޮށްލައްވައިފިއެވެ.

"ރާއްޖެއެމްވީ" ގައި ބުނެފައި ވަނީ ޔޫއޭއީ ގައި ވެކްސިން ޖެއްސެވުމަށް ރައީސް ޞާލިހް ބޭނުންފުޅުވެވަޑައި ނުފެންނެވި ސަބަބަކީ މިހާތަނަށް އައި އިރު ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ލިބިފައި ނުވުމެވެ. އެހެންކަމުން ރައްޔިތުންނަށް ވެކްސިން ނުލިބިވަނިކޮށް އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ބޭނުންފުޅު ނުވީ ކަމަށް އިތުބާރު ހުރި ފަރާތަކާއި ހަވާލާދީ އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ޔޫއޭއީ ރައްޔިތުންނަށް ދެމުން އަންނަނީ ޗައިނާގެ ސިނޮވެކް ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިނެވެ.

ޖެނުއަރީ މަހުގެ 03 އިން 05 އަށް ރައީސް ސޯލިހް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަލީއަޙުދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ރަސްމީ ގެކޮޅުގައި ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ބަލީގެ ހާލަތު ރަނގަޅުކުުމަށް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބަދަލުކުރެއްވި ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވި އެ ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަސްޓަކައި އެހެން ޤައުމުތަކާ ގުޅިގެން ޔޫއޭއީ އިން ކުރަމުންދާ މަސައްކަތްތައް ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފައި ކަމަށެވެ. އަދި، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އިޖާދީ ވިސްނުންތައް ބޭނުންކޮށްގެން ޔޫއޭއީގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރަައްވާ އެ މަސައްކަތަށް ރައީސް ޞާލިހު ތައުރީފް ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފިހުން މައުލޫމާތު ދެއްވައެވެ.

ކޮވިޑް-19 އަށް ވެކްސިން ދޭން ދުނިޔޭގައި ފެށި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ދިވެހިން

  ދެން އަހަރުމެން ބުނަންވީތަ ހާދަހެޔޮފުޅު މާތް ބޭފުޅެކޭ. ލޮލް ލޮލް ލޮލް. އަނެއްކާ ވެކްސިން ޖަހަންބުނުމުން ކީރިތި ކުރެއްވުނުބާ...

  95
  18
 2. ބެއްޔާ

  އެއީ ޗައިނާއިން އުފެއްދި ވެކްސިނަކަށްވީތީ ނުޖެހީ. ރައްޔިތުނަށް ބެލީކީނޫން. ރައްޔިތުންނަށް ބަލާނަމަ މިބަލިމަޑުކަމުގައި ރައްޔިތުން ބޮޑު ޢަދަދުން ޖޫރިމަނާ ނުކުރާނެ. އަދި މިހާލަތުގައި ބޮޑެތި ވައްކަންތަކެއް ނުކުރާނެ.

  115
  13
 3. ޣގ

  ދޮގު. ހުސްދޮގު. ޔޫއޭއީން ރައީސްއަށް ޖަހަންދިނީ ޗައިނާގެ ވެކްސިން. އެހެންވެ ނުޖެހީ. މޮޅުވާހަކަ އެބަދައްކައެއްނު

  102
  12
 4. ައަނިލް

  ކިނބޫ ބޭނުމެއް ނުވާނެ އިންޑިއާ ނޫން އެހެން ޤައުމަކުން ވެކްސިން ޖަހާކަށެއް

  94
  11
 5. ހެހެހެ

  ހެހެހެ ޗައިނާ ވީމަ އޮތަ
  ނޫނީ ޑަރު ހީވީތަ

  80
  10
 6. ނަން

  ދޮގު

  39
  9
 7. ފާތުމަ.

  ބިރުން ރޯން ފެށީ ދޯ.

  67
  9
 8. ހަސަންބޭބެ

  ނޫސްތަކުން ތިކަހަލަ ޕްރޮމޯޝަން ހުއްޓާލާ. ތިބުނާ ދަތުރެއް ކުރެއްވިއިރު، ވެކްސިން އޭރު އެޕްރޫވް ނުވޭ!

  54
  12
  • ރާގޮޑިރާޖަ

   ޢެއްޗެއް ނޭގުނަސް ކޮމެންޓް ކުރެވޭތޯބަލާ.

   1
   4
 9. ކޮމެންޓު

  ޗައިނާ ވެކްސިންވީމަ ނުޖެހީ ދޯ. ޗައިނާ ވެކްސިން ހޯދަން އުޅުނުނަމަ ހުރިހާ ރަށްޔިތުން މިހާރު ތިބޭނީ ވެކްސިން ޖަހައިން. އެކަމު އަޅުވެތިވެފަވާ ބަޔަކަށް ބޭނުން ކަމެއް ނުކުރެވޭނެ. ބާރަތް ވެކްސިން ޖަހަން ތައްޔާރުވޭ އެންމެން

  64
  6
 10. ޢާލިމް

  އަޅެ ތި ވެކްސިން ޖެހިނަމަ ދިވެހި ދައުލަތުން އެއް ވެކްސިނަށް ކުރަންޖެހޭ ޚަރަދު ކުޑަވެފަ ވައިރަސް ފަތުރާނެ އެކަކު މަދު ވީސް ދޯ. ކިހިނެއް ވިސްނާ ބައެއްތަ މީ؟

  64
  6
 11. ރައްޔިތުން

  ތި ނުޖަހާ ނުހުންނާނެ.. ކޮންބައެއް ތީ

  49
  7
 12. ދެރަކަލޯ

  މިމީހުންނަށް ހެޔޮ އެއްގޮތްވެސް ނޯންނާނެ

  13
  32
 13. ބޮލި މުލައް

  މީ ކަނޑައެޅިގެން ދޮގު ހަބަރެއް ހަޤީޤަތް އެނގޭތީ މިބުނީ

  19
  5
 14. ވިސްނާލުމަށް އެދެމޭ

  ރައްޔިތުންނަ ކާންދީފަތޯ ރއިބުރާހިމު ފަރީކުޅުއްވަނީ...ދައުލަތުގެ ޙަޒާނާ ހުސްވެ ފައިސާޗާޕުކޮށް ބައިމީހުންނަ ބަހާހުސްކުުރިއިރު ރައްޔިތުންތިބީ ޑަސްބިންހޮވަން...އަހަރެމެންނަ ނުދީ ނުކާންވެގެން މޯދީ ގެރިމަސްނުކަނީ...ޔޫއޭއީ އިން ރއިބުރާހިމަށް އެރުވީ ވެކްސިންއެކަނިތޯ...ފައިސާގެ ނޫޓެނުދޭތޯ..ރައްޔިތުންނަ ނުދޭތީ ފައިސާގަނުހިފާތޯ އައީ..

  25
  3
 15. ރާއްޖެ

  ޗައިނާ ވެކްސިން ޖެހީމާ މޮދީ ބަވާލާނެތީ.

  28
  2
 16. ޢަހަންމާ

  ތިކަން ނުކޮށް ތިއައީ ލަދަށް.. ނޫނީ ކޮށްފަ ފަޅާއަރާފާނެތީ މޮޅު ވާހަކައެއް ފަޅާލީ.

  24
  3
 17. އަފީ

  ރައްޔިތުންން ވެކްސިން ނުޖަހާތީ ނުޖަހަނަމޯ. ރައްޔިތުންގެ މާލިއްޔާ ފުނޑާލިއިރު އޯކޭ

  23
  2
 18. ސޫއޫދު

  ރައްޔިތުން ބޯހިޔާވަހިކަން ވާޒީފާ ސިއްހީ ކަންތައް ރާއްޖެއިން ބޭރައްނުދެވިފަ ތިބިއިރު ރައީސުގެ މިހުރިހާކަމެއް ފުރިހަމަ ރައްޔިތުން ނައްޓަކާ އެއްއިރު ނުކާހުރިނަމަ ގަބޫލުކުރެވިދާނެ އޭގެކޮއްމެ ވަގުތެއްގެ ކެއުމަކީއެތައްލައްކަރުފިޔާ ވީމަ ބުނެވޭނީ އެޖަހަންބިރުގަތީއޭ ރައީސުނުން އެތައްބަޔަކު އެބަތިބިފުރުސަތުލިބިފަ ނުޖަހާވެސް ވާނުވާނޭގޭތީ.

  16
  2
 19. ސާހިދު

  ކޮންތަކު ރައީސް ޔޫއޭއީއަށް ދިޔައީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވެސް ވެކްސިންޖަހަން

  17
  3
 20. ޝޮކްތެރަޕީ

  ހިތުން ރަނޅުމީހަކަ ވެންއުޅެނީ.

  17
  3
 21. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ކޮމިއުނިކޭޝަން ކަޓޭ ދަ ރަތްފޯންވަގޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  7
  3
 22. ފައިރޫޒު

  ކޮންތާކު ވަރަށް ފިނޑިވާނެ ތަދުވެދާނެތީ ބިރުން

  14
  3
 23. ލޯދު

  ކީރިތި ކުރެއްވިތޯ ނުޖަހަން.

  13
  4
 24. ރަންދެލި

  ރައިސް ސޯލިހު ތިޔަ ދެއްކެވި ނަމޫނާ އަށް ފަށްފަށުން ޝުކުރިއްޔާ...

  9
  26
 25. ފަނީ

  ތި އިބްރާހީމް މުޙައްމަދު ސާލިހު

 26. ޖ

  ހުސްދޮގު

  6
  1
 27. ނަސިދު

  ޗައިނާ ވެކްސިން ވީމާ ނުޖެހީ އެރުން އިންޑިޔާ މީހުން މީނާ ކާލާނުން

  7
  1
 28. އަރީ

  ކަލޯ އިބޫ ވެކްސިން ނުޖަހަނީސް މަށެއްވެސް ނުޖަހާނަން. ތިޖަހައިގެން ކޮސްގޮވަން ފަށޭނީ ތޯއްޗެއް.

 29. ދިސްވޭ

  ހުޅުމާލޭގައި އަމިއްލަ ކުންފުނި ތަކުން ރިއަލް އެސްޓޭޓް އުސޫލުން އިމާރާތް ތައް ކުރަން ނުވެސް ޖެހޭނެ ބިން އެގޮތަށް ދީގެން ވެސް ނުވާނެ އެކަން ކުރަން ޖެހޭނީ ސަރުކާރުގެ ބޮޑު ހިއްސާ އެއް އޮންނަ އެމްޓީސީސީ އިންނޭ އެމްޓީސީސީގެ ރިއަލް އެސްޓޭޓް ޑިޕާރޓްމެންޓް މަސައްކަތް ނޮކޮށްގެން އުޅެނީ އެއީ މާލޭގައި ތިބި ކޮރަޕްޓް އަމިއްލަ ކުންފުނި ތަކުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ބޭނިގަނެގެން ރައްޔިތުންގެ ޖީބު ކަފަން އުޅޭތީއޭ މިކަން ކުރަންވީ ޗަންޕާރިއަލް އެސްޓޭޓް ކުންފުންނެއް ހަދައިގެން އެކުންފުނިންނޭ...