ގއ.ދާންދޫން ބަޔަކު ކޮވިޑް-19 ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދާންދޫން ދެމީހަކު ވަނީ މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައެވެ. އެދެމީހުންނަކީ މިހާރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ދެއްވަދޫން ދާންދުއަށް ދަތުރުކުރި މީހަކާއި ބައްދަލުވެފައިވާ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިގޮތުން މިހާތަނަށް ދާންދޫއިން ދެ މީހަކު ފައްސިވެފައިވާއިރު، ވިލިނގިލިން އެކަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަލަށް ކޮވިޑް-19 ފެނުނު ރަށްތަކުގައިވެސް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިއީ ގއ.ދެއްވަދޫ އިހާއާ ގުޅޭ ވޭދަނަތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު