ފ.އަތޮޅު ނިލަންދޫއަށް ފަތުރުވެރިން އެރުމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި މުޒާހަރާ ކުރަން ފަށާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރެވެ. މުޒާހަރާ ކުރަމުން ދަނީ ރަށު ކައުންސިލް އިދާރާ ކައިރީގައެވެ.

އިހްތިޖާޖްގެ ބައިވެރިން ގޮވާލަމުން ދަނީ ސަރުކާރުން ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގެ އުސޫލު އިސްލާހު ކުރުމަށެވެ. އެ އުސޫލު އޮތީ ރަށުގައި ކޮވިޑް-19 ގެ ބަލި އިތުރަށް ފެތުރޭނެ ގޮތަކަށް އަދި ރަށުގެ ވިޔަފާރިއަށް ވެސް ދަތިވާ ގޮތައް ކަމަށް އިހްތިޖާޖްގެ ބައިވެރިން ބުނެއެވެ.

ކައުންސިލް އިދާރާގެ ކުރިމަތީ ކުރަމުންދިޔަ އިހްތިޖާޖްގެ ބައިވެރިންނަށް ޖަވާބުދާރީވުމަށް ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް އާއި ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު އިހްތިޖާޖް ކުރަމުން ދިޔަ ސަރަހައްދަށް ވަޑައިގަތެވެ. ދެ ކައުންސިލަރުން ވެސް ވަނީ އުސޫލުތައް މުރާޖައާ ކޮށްދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރަށްރަށުގެ ގެސްޓް ހައުސްގެ ވިޔަފާރި ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެމުން ގެންދަނީ ގެސްޓް ހައުސްތަކަކަށް ވަކިވަކިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްމާ ބެއްޔާ

    ނިލަންދޫ މީހުންނައް އޯކޭ އެރަށަށް ރަށުން ބޭރުން ފިރިހެނުން އަރާ އެ ރަށު އަންހެން ކުދިންނާ ޒިނޭ ކުރިޔަސް. ނިލަންދޫ މީހުން ގުރޯއަޕް ވާން އެބަ ޖެހޭ.

    5
    17
  2. ތެދުމަގު

    ކަލޯ މިރަށުމީހުންދޯމީ މާފުށީ އަންހެނަކު ރަށަށް ނާރަން އުޅުނުމީހުނަކީ! ގއ.ވިލިނގިލި އަދި ފ.ނިލަންދޫގެ ބައެއްމީހުން ކޮވިޑުގައި ދައްކާފައިވާ ގޯސްނަމޫނާ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން! އަހަރެންގެ ތިކަން ނުހުއްޓުވޭތީ އަހަރެންގެ ދުލާއި ހިތުން ދިތަކަން ސުންނަތުގައިވާ ގޮތަށް ކުއްވެރިކުރަން! ޔާ ﷲ އަޅަމެނަށް ތެދުމަގު ދައްކަވާށި..

    9
    3