އއ.އަތޮޅު އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުކުޅަހު ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ގެންދިޔަ ޗެކް ރިޕަބްލިކްގެ 42 އަހަރުގެ މީހަކު ކޮވިޑް-19 އަށް ފައްސިވީ ޗުއްޓީ ނިންމުމަށްފަހު ރާއްޖެ އިން ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރިއިރުއެވެ.
އެފަތުރުވެރިޔާ ޗުއްޓީ ހޭދަކުރި ގެސްޓްހައުސް އިން މީގެ ކުރިން ވެސް ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެރަށުގެ އެހެން ދެ ގެސްޓްހައުސް އަކުން ވެސް މީގެ ކުރިން ދެމީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.
އުކުޅަހުން މިހާތަނަށް ހަ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.
އަނެއް ކާ ވެސް އަނެއްކާވެސް ކިޔާލަ ކިޔާލަ ތިބޭ ރަތްޔިތުން ނަށް ނުރައްކާވިޔާސަ ފަތުރު ވެރިން އައުމެއް ދެނެއް މަނައެއް ނުކުރާނެ ވަކިބަޔެއް ގެ ޖީބު ބޮޑުވަނީ ރަތްޔިތުން ހާނާވަނީ