ގއ. މާމެންދޫގައި މަގުމަތިވި އަލިފުތު ބާލާނެ މީހަކު ނުވުމުން، އެންމެ ފަހުން ދައުލަތުގެ ބެލުމުގެ ދަަށަށް ގެންގޮސްފިއެވެ.

އަޅާލާނެ މީހަކު ނެތިގެން، ކައުންސިލުން ބަލަހައްޓަމުންދިޔަ އެރަށު އުމުރުން 80 އަހަރުގެ އަލިފުތު، އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ބަލަހައްޓަމުންދިޔަ މީހުން ވަނީ އޭނާ ގެއިން ގެރެލާފައެވެ.

އޭގެ ފަހުން އޭނާ ބަލަމުން ގޮސްފައި ވަނީ ކައުންސިލުންނެވެ. އަލިފަތު ބަލާނެ މީހަކު ހޯދަން އެރަށު ކައުންސިލުން އިއުލާނު ކުރިއެވެ. އަދި އެކަމަށް ބަޔަކު ކުރިމަތިވެސް ލިއެވެ.

އެރަށު ކައުންސިލް ރައީސް ޒައީމް ވިދާޅުވީ، ޖެންޑާ މިނިސްޓްރީން އޭނާ މާލެ ގެންގޮސްފައިވާ ކަމަށެވެ. ވަގުތު އަށް އެނގިފައިވާގޮތުގައި އޭނާ ގެންގޮސްފައި ވަނީ ގުރާދޫއަށެވެ.

ޒައީމް ވިދާޅުވީ، އޭނާ ބަލާން މީހަކު އެއްބަސްވި ކަމަށާއި، އެހެން ނަމަވެސް އެ މީހާ ބުނަނީ އަލިފުތު ގެއިން ބައެއްގައި ކޮޓަރިއެއް ހަދައިގެން އެކަން ކުރުމަށް ކަމަށެވެ. އަދި އެކަމަށް ދުވަސް ނަގާނެ ކަމަށް ވިދާޅުވިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މިހާރު އޭނާ ގެންގޮސްފައި ވަނީ ގުރާދޫ މަރުކަޒަށެެވެ.

ކައުންސިލުން އޭނާ ބަލަހައްޓަމުން ދިޔައީ މީހަކާއި ހަވާލުކޮށްގެންނެވެ. އަލިފުތަށް ކާން ދެމުން ދިޔައީ އަމިއްލަ ފަރާތަކުންނެވެ.

އަލިފުތާ އުފަން ދަރިއަކު ނެތެވެ. އޭނާގެ އަނބިމީހާ މަރުވިތާ މިހާރު ތިން އަހަރު ވެފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ 5,000 ރުފިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ 2,000 ރުފިޔާގެ އެލަވެންސް އަލިފުތާ އަށް ލިބެއެވެ.

 

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޭެއެނގޭމީހާ

    ޢަޅާނުލިޔަސް ނުބެލިޔަސް މަރުވީމަ ވާރިސުން ދުވަންފަށާނެ މުދަލާ ފައިސާހޯދަން.

    12
  2. ސުވަރުގެ އިން ވިންޑޯ އެއް ކަނޑަން އުޅޭ ސޮރު

    ތިޔައީ އާ ކަމެއް ނޫން ވަރައްގިނަ މުސްކުޅިން ގެ ހާލު އަހަރެންގެ މަންމަ ގެ7 ދަރިން ތިބޭ އިރު އެއްފަސްގަޑެއްގައި ދިރިއުޅޭ އިރުވެސް ބައެއްދަރިން ނުދެކޭތާ 15 އަހަރު އަނެއްބައި ދަރިން ނުފެންނަތާ 5 ވަރަކަށް އަހަރު ދުނިޔޭގައި ހުރިހާ އެއްޗަކީ ފައިސާ ބައެއް ކުދިން އެވެރިންގެ ކެރި ފޯރުން ތެރިކަމާ ގުޅުން ހުންނަ ވަރު ދައްކާލުމުގެ ގޮތުން ފެޝަން ޕެރޭޑް ހެދިފައި ބެއްފަހަރު ޒިޔާރަތް ކޮށްލާ ފަހަރެއްގައިވެދާނެ މަރުވީމަ އެފްބީ އަށްލާނެ ފޮޓޮޔެއް ނަގަން ކަމަށްވެސް އެންމެ މޮޅު ތަންކޮޅަކީ އެވެރިން އެން ޖިއޯސް ގެ ގޮތު ގައި އުޅޭ ކަމާ ހެސްކިޔާފަ ދީނީ ބަޔެއްކަން ދެއްކުމަށް ސޯޝަލް މީޑިޔާގައި އުޅޭކަން ކަލޯގަޔާ މަ މިވާހަކަ ދެއްކީމާ ބަޔަކު ހިތްހަމަ ނުޖެހިވެސްދާނެ އެކަމަކު މީ ވަރަށްގިނަ ދިވެހިންގެ ހާލު ވީމަ ބުނެލީ

    13
  3. ޓައްޕު

    ކަލޯގަޔާ ނަސީބެއްނު މަގޭ ބަފާގެ މުދަލެއް ނެތްކަންވެސް މަރުވި އިރު ގޭގަ ހުރީ ހުސްދަޅާ ހުސްފުޅިޔާ

  4. Anonymous

    އަހަރެންގެ ދޮށީ ބޭބެ އަހަރެންގެ އޭލެވެލް އެގްޒައިމް ނިމުނު ދުވަހު މާލެޔަށް އައިސް ބުނީ ހިނގާށޭ ރަށް ބަލާލަން ބައްޕަ ނިޔާވިތާ އެއިރި ވީ40 ދުވަސް އަހަރެންވެސް ވަރަށް އުފަލުން ބުރޯ ބުނީމަ ދިޔައީ ކުޑަ ދުވަސްކޮޅެއްވީމަ ވަޒީފާ ޔަށް އެނބުރި އައުމަށް ނިންމައިގގެން . އޭގެ ދެދުސް ފަހުން ބުރޯ މާލެ އައީ ދެހަފްތާ ފަހުން އެބަ އަންނަމޭ ކިޔާފަ ރަށުގަ މަ ބަހަށްޓާފަ އޭގެ 5 އަހަރު ފަހުން ބުރޯ ފެނުނީ . ބުރޯ ބުނީ ގޭގަ ތިބި ބަލަންޖެހޭ މީހުން ގެ ކިބައިން ފިލުމަށްޓަކައި މަ ހަމަ ގަސްތުގައި ކަލޭ ތާށި ކޮށްލިޔޭ ބުރޯ ގަސްތުގައި ފިލީ މަންމަ ބޮލުން ކަޓުވާލަން މީ ހަމަ ހަގީގަތުގައިވެސް މަގޭ ކިޔެވުން ހަލާކުވެ ކެރިއާ ގެއްލި ދިއަ ގޮތް . ބަޓް އިޓްސް އޯކޭ ﷲ އިރާދަ ކުރެއްވިއްޔާ އެހެންމީހުންނަށްޓަކައި ރިސްކު ނަގައި ގުރްބާނީ ދޭ މީހުން ﷲ މަތިވެރި ކުރައްވާނެ ކޮންމެސް ވަގުތަކު އެކަމަށް ޓަކައި އިންތިޒާރު މިކުރަނީ ކަތުވަޅި ގެއްލި މަރިޔަބު ގެއްލި ދިޔައަސް ކޮށި ދަނޑު ވަރަށް ބަރަކާތްތެރި އިންޝާﷲ

  5. އަލި ކަލޯ ބެ

    ކަލޯ މިހާރު މުސްކުޅި ވީމާ ބަންގާޅީ ބޮލަށް ކަނޑާލަނީ@ ދެން އުމުރުގެ ބާކީ ބައި ބަންގާޅީ ގެ ދަށުގައި ވޭންދެނިވި ވޭނުގައި ހުރެ މަރުވަނީ

    2
    1
  6. އައްޑޫ ލެއި

    އޭނާ އަތުގަ އޮށް ގޯތި ދައުލަތަށް ނަގަންވީ. އެހެންނޫނީ އަލިފުތު މަރުވުމުން ތިބުނާ ގޮތެއްފޮތެއް ނެއް ވާރިސުން ދުވާނެ ހޭބަލިވަމުން