(ފުވައްމުލައް ސިޓީ) މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު މި ރަށުގައި ހިނގައިދިޔަ ހާދިސާއަކީ އަދިވެސް އިއްޔެ ހިނގި ކަމެއްފަދައިން އެންމެންގެ ހިތްތަކަށް ހިތްދަތި އަސަރުކުރުވާ ހިތާމަވެރި ހާދިސާއެކެވެ. އެދުވަހު ނިޔާވި އުމުރުން 17 އަހަރުގެ އަޙްމަދު ފައުޒާން ޙަސަން ގެނބުނީ، ގެނބެމުންދިޔަ އެހެން ކުއްޖަކު ސަލާމަތްކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ. އިންސާނިއްޔަތުކަން އިސްކޮށް އަމިއްލަ ފުރާނައަށްވެސް ބެލުމެއް ނެތި ފަހުވަގުތާއި ޖެހެންދެންވެސް ފައުޒާން ދެއްކީ ހިތްތަކުން ދުވަހަކުވެސް ފިލައިނުދާނެވަރުގެ ލާމަސީލު ނަމޫނާއެކެވެ.
ފައުޒާންގެ އެންމެ ފަހު ވަގުތުކޮޅު ކަން ހިނގައިދިޔަގޮތް "ވަގުތު" އާއި ޙިއްސާކުރަމުން އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ، މުޙައްމަދު ޖައުޝް ބުނިގޮތުން، ގެއްލުމުގެ ކުރީންވެސް އޭނާކުރި ހިއްވަރަކީ އެކަމާއި މެދު އެންމެންވެސް ފަޚުރުވެރިވާނެ ކަމެއް ކަމަށެވެ. އަދި ގަދަފަދަ އޮއިވަރެއްގައި ޖެހި މާކަނޑެއްގެ ތެރެޔަށް ގެއްލި ދިއުމުގެ ކުރީންވެސް އެކުގައި ތިބި ރަޙުމަތްތެރީންނަށް ބާރުއަޅަމުން ދިޔައީ ހިއްވަރުކޮށް ޝަހާދަތާއި ހެޔޮއެއްޗެހި ކިޔުމަށް ކަމަށް ޖައުޝް ބުންޏެވެ.
"ހަމަ އެންމެ ފަހު ނޭވާދޫކުރަންދެން، ލައިކް ހެޔަށް ގޮތެއް ވަންދެންވެސް މަސައްކަތްކުރީ ދެންހުރި ކުއްޖާ ސަލާމަތްކުރެވޭތޯ. އޭނަ މަރުވީ ޝަހާދަތް ކިޔާފަ. އަދި ގެއްލުމުގެ ކުރީން މައްޗަށް އަރާފަ އެހެން ކުދިންގެ ގާތުގައި ވެސް ބުނި ޝަހާދަތް ކިޔާށޭ. އޭގެފަހުން އަނެއްކާވެސް ރާޅެއް ޖަހާފަ ދެން ވީގޮތެއް ނޭނގި ގެއްލުނީ،" އަސަރާއެކު ޖައުޝް ކިޔައިދިނެވެ.
ފައުޒާންގެ ފަހުބަސް ކަމަށް ބުނެ އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުންދާކަން ޖައުޝް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ހަޤީޤަތަކީ އޭނާ އެންމެ ފަހު ބަހަކަށް ކިޔާފައިވަނީ ޝަހާދަތްކަމާއި، ރަޙުމަތްތެރީންނަށް ވެސް ހެޔޮއެއްޗެހި ކިޔުމަށް ދިން ނަސޭޙަތް ކަމެވެ. އެހެންކަމުން އެންމެ ފަހު ވަގުތު ވެސް ފައުޒާން ދެއްކި ހިއްވަރާއި ނަމޫނާ، އެންމެ އެކުވެރި ޖައުޝް ސިފަކޮށްދީފައި ވަނީ ފަޚުރުވެރިކަމާއެކު އެވެ.
ޖައުޝް ބުނީ އޭނާގެ ލޯބިވާ އެންމެ ގާތް ރަޙުމަތްތެރިޔާ އަކީ "ގިވްއަޕް" ކުރާނެ ކުއްޖެއް ނޫންކަން ޔަޤީންކުރެވޭ ކަމަށާއި، އެކަން އޭނާ އެންމެ ފަހުވަގުތާއި ހަމައަށްވެސް އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ފައުޒާން ގެއްލިގެން ހޯދަމުން ދިޔައިރު އާއި އޭނާ ފެނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ތާއަބަދަށް ވަކިވާން ޖެހިދާނެ ކަމަށް ހިތަށްވެސް ނާރާކަމަށް ޖައުޝް ބުންޏެވެ. ނަމަވެސް ތަޤުދީރުގައި ކަންއޮތީ އެގޮތަށްކަމުން، ކެތްކުރާން އުނދަގޫވިޔަސް އެ ހަޤީޤަތް ޤަބޫލުކުރާކަން ޖައުޝް ހިތްވަރުކޮށްފައި ފާހަގަކުރެއެވެ.
ފައުޒާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހޮނިހިރު ދުވަހުގެ ހަވީރު 4:47 ހާއިރުއެވެ. އޭނާ ހޯދަމުން ދަނިކޮށް މޫދު އަޑިން ފެނުނީ ހަވީރު 5:50 ހާއިރު މިރަށު ޙުސައިން އިބްރާހީމް (ބޯވަ ހުސޭނު) އަށެވެ. ހުސޭނު ބުނިގޮތުން ފައުޒާން މޫދުއަޑިން ފެނުނުއިރު އޮތީ "އަޑީގައި ނުޖެހި"، ފޫޓެއްހައި މަތީގައި އުފުލިފައި ކަމަށެވެ. ނަމަވެސް އެވަގުތު އޭނާގެ އަނގައިން ވައި ބޭރުވިކަން ފާހަގަކުރެވުނު ކަމަށާއި، އެހެންކަމުން ފައުޒާން އޭރު ނިޔާނުވާ ކަމަށް ޤަބޫލުކުރެވޭ ކަމަށް ހުސޭނު ބުންޏެވެ. ފައުޒާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
Moodhu Adin Fauzaan Fenunu Hussain Ge Dhulun E Hiydhathi Vaguthukolhu https://t.co/l9nWytK9dX
— Vaguthu Online (@VaguthuOnline) January 12, 2021
މޫދުން ފައުޒާން ނެގިއިރު އޭނާގެ ނިތްކުރީގައި ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިހުރިކަން ފާހަގަކުރެވިފައި ވެއެވެ. އެހެންކަމުން އޭނާ ގެނބުނީ އެހެން ކުދިން ސަލާމަތްކުރަން މަސައްކަތްކުރި ވަގުތު ނެގި ބިޔަ ރާޅަކާއެކު ފަރުމަތީގައި ޖެހި އަނިޔާވެ "ހެޔަށް ގޮތެއްވެގެން" ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.
ފައުޒާން ގެނބުނު "މާނެރެ" ސަރަހައްދަކީ މީގެ ކުރިންވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާ އޮއިބާރު ސަރަޙައްދެކެވެ. މި ސަރަޙައްދަކީ އާދަކޮށް ކޮންމެ ހަފްތާއަކުވެސް ފައުޒާން އާއި އޭނާގެ ރަޙުމަތްތެރީން މޫދަށް ގޮސް އުޅުނު ސަރަޙައްދެއްވެސް މެއެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
އެސޮރުގެ ވާހަކަ ދަމަދަމާފަ ނުދައްކާ ހުއްޓަލަން ވެއްޖެއެއްނު؟! ހާދަ އަސަރެއް ކުރެއޭ..! ކަމެއް ކުރަންޏާ އެސޮރު އެދުނު ގޮތަށް ހެޔޮ ދުޢާ ކޮށްބަލަ..!
ދެން ތިވާހަކަތަށް ހުއްޓާކަށް ނުވޭތަ ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް. ތިވާހަކަތަށް ނޫހުގަ ކޮއްމެ ދުވަހަކު ކޮއްމެ ދުވަހަކު ޖަހާ ވަރަކަށް ފައުޒާންގެ އެކުވެރިން ނާއި އާއިލާ އަށް މި ލިބުނު ހިތާމައިން އަރައިގަނެވޭނެތޯ. އެމީހުންނަށް ހިންހަމަ ޖެހުމެއް ލިބޭނެތޯ. މިކަހަލަ ވަގުތުގަ އެއްމެންނަކީ އެހާ ހިއްވަރު ގަދަ ބައެއްނޫން. އެމީހުންނަށްވެސް އިހުތިރާމް ކުރަން ޖެހޭ. މާތްﷲ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އާއިލާ އާއި ރައްޓެހިންނަށް ކެތްތެރިކަން ދެވާށި! އާމީން.
ކަނޑުގެ އަޑިން ނެގިއިރު މަރުނުވާކަމަށް ގަބޫލުކުރެވޭ ކަމަށް ނެގި ފަރާތުން އެބަ ބުނޭ އަދި ހޮސްޕިޓަލަށް ގެންދިއުމާއި ދޭތެރޭގައި ވަރަށްގިނަ ވަގުތު ހޭދަވިކަންވެސް ބައެއް ހަބަރުތަކުން އެބަ އެނގޭ އެހެންވީ އިރު ސީޕީއާރު ދެވުނުތޯ އެއްވެސް ވަރަކަށް؟
ކޮންމެ މީހަކީ ސީޕީއާރު ދެވޭނެ މީހެއްނޫން.
ސީޕީރު ދޭން ވަކި ތަނެއް އޮންނާނެ ދޯ..
ކަނޑުމަތީ ކިހިނެއް ސީޕީރު ދެނީ..
މޮޔަވެބަލަ..🤣🤣🤣😂
މޮޔަ ގޮވަނީކީނޫން ކަނޑުގެ އަޑިން ނެގުމަށްފަހު ޑިންގީއަކަށް އެރުވި ވާހަކަވެސް ޙަބަރުތަކުގައި ލިޔެފައިވޭ ޑިންގީއެއްގައި ނޫނަސް އެއްގަމަށް އެކުއްޖާ ގެންގޮސް ހޮސްޕިޓަލަށް ގެންދަން ވަގުތު ނެގިކަމަށް ކުއްޖާ ކަނޑުގެ އަޑިން ނެގިފާރާތުން އެބަބުނޭ އަދި އޭނައަށް އެކުއްޖާ ސަލާމަތް ވާނެކަމަށް ހޯޕް އޮތްކަމަށްވެސް އޭނަ އެބަބުނޭ އަދި ބުނަން މިކަމުގައި އަހަރެންގެ ހިޔާލު ފާޅުކުރީކީ ބަޔަކާ ޖަދަލު ކުރާޖަށެއްނޫން ސީޕިއާރު އެއީ ކޮންމެ ތަނެއްގައިވެސް ދެވޭނެ އެއްޗެއް ރަނގަޅަށް މައުލޫމާތު ސާފުކޮށަލެއްވީމަ އެނގޭނެ މީހަކު އެއްޗެކޭ ބުނާއިރަށް ޖަދަލުކުރުން އެއީ ހެޔޮލަފާ އިންސާނުންގެ ކިބައިގައިވާ ކަމެއްނޫން
ކީއްކުރާނީ ޒިއްމާނަގަންޖެހޭ ފަރާތުން ހަނު ކުށްވެރިވާނީ އަބަދުވެސް ޢާމުން އެމީހުނަށް މިހިސާބަށް އާދެވުނީ ކީއްވެ ނިހިނެތް ކޮން ފަރާތެއްގެ ހުއްދަލިބިގެން މިކަމުގައި ޒިއްމާނަގަޖެހޭމީހުން މިކަމުން ރެކެންމި ފަހަރު ކީކޭބާކިޔާނީ؟؟؟؟؟؟؟؟؟؟؟
އިންސާނިއްޔަތަށްޓަކައި. ފުރާނައިން ގުރުބާނަވާ މީހުންގެ ވާހަކަ އަކީ ދުވަހަކު. ނިމުމެއް އަންނާނެ ވާހަކަ އެއްނޫން. އެއީ ތާއަބަދަށް ދެއްކޭނެ ވާހަކައެއް.މެދު ކެޑުމެއްނެތި އާކުރެވޭނެ ޒިކުރާއެއް.
ކުރިން އިން އާޓިކަލްގަ އިނީ ފަހުބަހަކަށް އަހަރެން ހާސް ނުވާށޭ އަހަރެން ކަލޭ ސަލާމަތްކުރާނަމޭ އޭ ބުނިކަމަށް އަދި ރާޅުގަޑުން އެ ގެންބެމުން ދިޔަ ކުއްޖާ ކޮށްޕާލުމަށްފަހު ރާޅުގެ އޮޔާއެކު ދިޔަކަމަށް.. މިހާރު ތި ބުނަނީ ފަހު ބަހަކަށް ޝަހާދަތް ކީ ކަމަށް... ފުށޫއަރާ އެބަ ... ފައުޒާން އަކީ ޝަހީދެއް ކަމަށް ޤަބޫލުކުރަން... ނަމަވެސް އެކި މީހުން އެކި އެއްޗެހި މި ކިޔަނީ....