ހެލްތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުރި ސަފިއްޔާ މުހައްމަދެވެ.

ސަފިއްޔާ ވަނީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މާސްޓާސް އޮފް އާޓްސް ހާސިލް ކުރައްވައިފައެވެ. އަދި ސަފިއްޔާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ސައިންސް އިން (ޖޮއިންޓް) ބިޒްނަސް ސްޓަޑީޒް އެންޑް ޖަޕަނީސް ސްޓަޑީޒް ހާސިލުކުރައްވާފައެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން ތިއްބަވައެވެ.