މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ވިސާ ނުހޯދާ އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި ދެކުނު އޭޝިއާގެ އެއްވަނަ ޕާސްޕޯޓުގެ މަޤާމް އަނެއްކާވެސް ދިވެހި ޕާސްޕޯޓަށް ލިބިއްޖެއެވެ.

މިއީ ޓްރެވަލް ފްރީޑަމް ލިސްޓުގެ އެއްވަނަ މަގާމު ދިވެހި ޕާސްޕޯޓަށް ޖެހިޖެހިގެން ލިބުނު މިއީ ތިން ވަނަ ފަހަރެވެ. ވިސާ ނުހޯދާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދަށް ބެލުމަށް ފަހު އެކުލަވާލާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެއަށް "ވިސާ ފްރީ ސްކޯ"ގެ ގޮތުގައި ދީފައި ވަނީ 85 ޕޮއިންޓެވެ. އެއީ ދިވެހި ޕާސްޕޯޓުގައި ވިސާއާ ނުލައި ދުނިޔޭގެ 85 ގައުމަކަށް ދަތުރު ކުރެވޭތީއެވެ.

އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓު ނުވަތަ ޓްރެވަލް ފްރީޑަމް ލިސްޓުގައި، ގްލޯބަލް ރޭންކިންގައި ރާއްޖެއަށް ލިބިފައިވަނީ 62 ވަނަ ކަމަށް ވާއިރު ރާއްޖެ ހިމެނެނީ އެ ލިސްޓުގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައެވެ.

އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި، އެ ލިސްޓުގައި ސަރަހައްދީ ގައުމުތަކުގެ އެއްވަނަ ރާއްޖެއަށް ލިބިފައި ވުމުގެ ސަބަބަކީ ދިވެހި ޕާސްޕޯޓުގައި އެކުލެވޭ ސަލާމަތީ ކަންކަމާއި ޕާސްޕޯޓުގެ ސައްހަކަން ދުނިޔެއިން ބަލައިގަތުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮރަލް

  ދަތުރު ކުރާނެ ފައިސާ އެއް ނެތެވެ.

  14
  1
 2. އައްޑޫ މީހާ

  ރައީސް ޔާމިނުގެ ދުރުވިސްނުން އޑޕ ކުދިން ސާފުތަ

  15
  5
  • ފާތުން

   ޔާމީން ފަނިގިރައިގެން ބޮއެބަލަ ދޯ..

   4
   7