އަންނަ މަހުން ފެށިގެން ރައީސް އޮފީހުން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ނިންމައިފިއެވެ.

އެކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި އޭނާ ބައްދަލު ކުރެއްވި ކަަމަށެވެ.

އަދި އެ ބައްދަލުކުރެއްވުމުގައި ތިން ކަމަަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ފެބްރުއަރީ މަހުން ފަށައިގެން ރައިސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއް ގަވާއިދުން ކުރިއަށްގެންދިއުމަށް މަޝްވަރާ ކުރެއްވިއެވެ.

އަދި މީޑިއާއަށް މައުލޫމާތު ދިނުމުގެ ކަންކަން ކުރިއަށްވުރެ ހަރުދަނާ ކުރުމާއި، ރިޔާސީ ޕްރެސް ކޯޕަރޭޝަން އުފެއްދުމަށް ކުރެއްވި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޭމްޖޭމް

    ހުޅުމާލޭގައި އަމިއްލަ ކުންފުނި ތަކުން ރިއަލް އެސްޓޭޓް އުސޫލުން އިމާރާތް ތައް ކުރަން ނުވެސް ޖެހޭނެ ބިން އެގޮތަށް ދީގެން ވެސް ނުވާނެ އެކަން ކުރަން ޖެހޭނީ ސަރުކާރުގެ ބޮޑު ހިއްސާ އެއް އޮންނަ އެމްޓީސީސީ އިންނޭ އެމްޓީސީސީގެ ރިއަލް އެސްޓޭޓް ޑިޕާރޓްމެންޓް މަސައްކަތް ނޮކޮށްގެން އުޅެނީ އެއީ މާލޭގައި ތިބި ކޮރަޕްޓް އަމިއްލަ ކުންފުނި ތަކުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ބޭނިގަނެގެން ރައްޔިތުންގެ ޖީބު ކަފަން އުޅޭތީއޭ މިކަން ކުރަންވީ ޗަންޕާރިއަލް އެސްޓޭޓް ކުންފުންނެއް ހަދައިގެން އެކުންފުނިންނޭ...