މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ޖެންޑާ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިއަދު ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

އެ ގޮތުން ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިނިސްޓަރ ޒިޔާރަތްކުރައްވަމުން ގެންދަވަނީ މި މަސައްކަތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއާއި، ވަކިން ޚާއްޞަ ގޮތެއްގައި މި ކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމުގައި ސީނިއަރ މެނޭޖްމަންޓުގެ ދައުރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މިނިސްޓަރ މިއަދު ބައްދަލުކުރައްވައިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެލައިޑް އިންޝުއަރެންސް، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީނިއަރ މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެވެ. މި ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެ ފަރާތްތަކުގެ އެއްބާރުލެއްވުން ބޭނުންވާކަން ފާހަގަކުރައްވައި، އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.

ޖެންޑާ މިނިސްތްރީން ވިދާޅުވީ، މި މަހުގެ ނިޔަލަށް ދައުލަތުގެ 15 އިދާރާ އަދި ކުންފުންޏަކާ ނޭޝަނަލް ޑްރަގް އޭޖެންސީން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް މިނިސްޓަރ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަބްދޫ

  މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާށޭ ކިޔާފަ ތިޔަ ކުންފުނިތަކާ ބައްދަލުކުރުމަކުން ހައްލެއްނާންނާނެ. ކޮންމެކަމެއްގެ ވެސް ހައްލު އަންނާނީ އެކަމުގެ އަސްލަށް ރުޖޫއު ވެވިގެން. މަސްތުވާތަކެތި ހައްލުނުވުމުގެ އެއްސަބަބކީ މިޑިޔާ އަބަދު ނުބައިކަމެއްގެ ވާހަކަދެއްކުން. ނުބައިކަމެއްގެ ވާހަކަ ތަކުރާރުކޮށްދެކެވެނަމަ އެ ނުބައިކަން އެގޭމީހުންގިނަވެ އަޖުމަ ބަލަން ބޭނުންވާ މީހުން ގިނަވާނެ. ދެވަނަކަމަކީ ޑްރަގް ރިހިބިލިޓޭސަން ސެންޓަރުތައް .މި ސެންޓަރުތަކަކީ ބޭނުންތަންތަނެއްނޫން. މިތަންތާގެ ބޭނުމަކީ ޑްރަގް މީހުން ޖަލުގަ ނުބައިތިއްބާ މިތަނުގެ ޒަރީޢާއިން މުޖްތަމައަށް ނެގެގެން ޑްރަގް ވިޔަފާރިއަށް ހީނަރުކަން ނާންނާނެގޮތަހެދުން.މުޖްތަމައުގަ ޑްރަގް ބޭނުންކުރާމީހުން ހުސްވެއްޖެ ނަމަ ޑްރަގް ވިޔަފާރި ހިގާނެތަ؟

 2. ޢަދުރޭ

  އަސްތާ ! އެއް ލަކިން މަސްތުވާތަކެތީގެ ކަންތައް ތި ޙައްލުވީ . ދެން ތިކަމާ ހާސްވާކަށް ނުޖެހޭނެ. ކުރިންވެސް ޖެންޑަރ މިނިސްޓްރީން ޒިޔާރަތް ނުކޮށްގެންނޭ ތިކަން ނުހުއްޓިފައި އޮތީ

  10
 3. އަބްދޫ

  ލޭލުންތެރިކުރަންޖެހޭނީ ރަނގަޅުކަންކަމަށް. ނުބައިކަންކަމަށް ހޭލުންތެރިކުރުވުމަކީ ނުބައިކަންކަން އާންމުކުރުން.

 4. ޓަކަފިރޯށި

  ބަލަ މަސްތުވާތަކެއްޗަށް ހުޅެވި ދޮރު ބަންދުކުރިތާ ކިހާދުވަހެއްވެއްޖެ؟!! ކެކެ ދެން ސާވޭކުރަންފަށާ!ބޯހިޔާވަހިކަމުގެ ސާވޭފަދައިން އ.ޑ.ޕ އަށް އެއްކަމެއްވެސް ނުކޮށްދެވޭނެ ހަދާނީ ދޮގާމަކަރު

 5. ރަބަރޭ

  ގައްލު އޮތީ އިސްލާމީ ޝަރިއަތުގާއި މިނޫން ގޮތަކުން ހައްލުކުރަން އުޅުމުން ގޮވާނީ އަތައް މިކަމުގެ މިސާލު ރަން 30 އަހަރު ގާއި އޮތީފެނިފަ ސުކޫލު ތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށާއި އެކިއެކި ފަރާތްތައް ލޭލުންތެރި ވެގެން ގޮސް މަސްތުވާތަކެތި ބޭނުން ކުރަން ފެށީ

  4
  1
 6. އޯކޭ

  ޑުރަގް ބޮސްޕާޓީ ބިރަކާނުލައި މަޖާކުރުން އޯކޭ ރާބުއިން އޯކޭ މަތުވާއެއްޗެއްސަށް ސައްކުކުރެވޭ އެއްޗެހި ރާއްޖެއެތެރެކުރު މާއި ވިއްކައިވިޔަ ފާރިކުރުން އޯކޭ ލާދީނީ ރިޕޯޓު ނެރުން އޯކޭ ކީރިތި ޤުރުވާނުގެ އާޔަތްކިޔުންމަނާކުރުން ވެސްހަމަ އޯކޭ އިސްލާމީ ވެރިކަމެއްގެ ސި ފަވެސްނެން ވެރިކަމެކޭކިޔާ ފަ ވައްކަންކުރުމުގައި ހައްދު ފަހަނައެޅުންވެސް ރައްޔިތުނަށް ހަމަ އޯކޭ ތޯ؟؟؟މުޅިރާއްޖެ ފަނާ ކުރާއިރުވެސް ރައްޔިތުންހަމަހަނު!

  • ާއަރަބި

   ޤުރްއާން*

 7. ވެރިން

  ިތިހެން މައުމޫނު ދައުރުގަ ސްކޫލް ކުދިިިިންނަށް ހިންގި ޕްރޮގޮރާމް ގެ ތެރެއިިން ގިނަޒުވާނުނަށް ކޯޗެއްކަން އެންގި ތޮކަމުގެ ތެރެޔަށް ވަނީ