އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން އަލީ ހަމަޖައްސަވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ޒޫމް މެދުވެރިކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަގާމުގެ ޒިންމާ ކުރިން އަދާކުރެއްވި ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އަށް ޚިދުމަތުގެ އައްޑަނަ ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ޚިދުމަތުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޤާނޫނަށްފައިންއެރި ރަންޑި ޤައުމުގެ ސަލާމަތީބާރުތައް ފައިދަށަށްލައިގެން ރައްޔިތުންހަނު

  އިސްލާމީ ޝަރިޔާއާއި ދެކޮޅަށް ވެރިކަން ކުރިހުރިހާ އެޖެންޑާ 19ރައިގެ ލީޑަރުންޖަލަށްލާންޖެހޭނެ މިވެރިކަން ބަދަލުވިދުވަހަކުން ރާއްޖެގެ ނިކަމެތީން މުޅިން ފަގީރުކޮށްލައި ފި މުއްސަދިން މަހުޖަނުންނަށްވެއްޖެ މަސްތުވާތަކެތީގެ ވިޔަ ފާރީން ނިކަމެތީންގެ ދަރީންތައް މަގު ފުރެދިއްޖެ

 2. ވާނުވާ

  ތިވެސް މިޤައުމުގެ ބައެއްތަ؟؟؟ ސަނާކިޔައި ސެލިއުޓް ތިކުރަނީ ކިހާ ފެންވަރެއްގެ މީހަކަށްކަން ހަމަނޭނގެނީތަ ތިމާރިޔާ ފަދަ ގޮތެއް. ފޮތެއްނެމީހާގަނޑެއް ލަދުހަޔާތުގެ ކަން ފުޅެއްވެސްނެތް މީހާގަނޑަކަށް ހަމަހޭގައި ހުރިހަމައެކަކުވެސް ސެލިއުޓެއްނުކުރާނެ!

 3. ހަނާ

  ސިފައިންގެ ފްލެޓް ކިހާހިސާބެއްގައިތަ މާރިޔާ

 4. ސަހީރު

  ތިޔަތާ ހުރީ ރިތަޔަރ ކުރަންޖެހޭ މީހަކު ތިޔަބުނާ އަހުދު އަބްދުﷲ....ގަވައިދާ ހިލާފަ އޭނަ ތިޔަ މަގާމުގަ 5 އަހަރު ބަހައްޓައި ފި އަނެއްކާ އަނެއް އަރައް ސައުދީއައް އަޅެމީ ބަލަދު އަރާ މީހެއްތަ..ކުރާކައްވެސް ކަމެއްނެއް..ދެބޯގެރިދުއްވުން ކަމަކީ. މި އަހުމަދު އަބުދުﷲ އަކީ ރައީސް ސޯލިހަގެ ކަޒިން ބުރޯއެކޯ ..މީނައަކީ ހިންނަވަރު މިހެއް ބޯހަލާކު..އައްޖަހާ....