ކޮވިޑް-19 އާ ގުޅިގެން މިހާރު މޮނިޓަރިންގެ ހާލަތުގައިވާ ގއ.ދެއްވަދޫ، ލ. ގަން، ފޮނަދޫއަށް ދަތުރުކޮށް ޖަނަވަރީ އެއް ވަނަ ދުވަހުގެ ފަހުން އައްޑޫ ސިޓީ އަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރަން އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިގޮތަށް ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް އެރަށެއްގެ އެސް.އެސް.ޑީ އަށް އަންގަން އެދޭ ކަަމަށެވެ.
އެގޮތުން އެ ފަރާތްތަކުން އެސް.އެސް.ޑީ ގެ ނަމްބަރުތަށް ގުޅައި ހިއްސާ ކުރުމަށް އެދިފައި ވެއެވެ.
- ހިތަދޫ އެސް.އެސް.ޑީ – 7789042
- މަރަދޫ އެސް.އެސް.ޑީ – 7789043
- މަރަދޫ ފޭދޫ އެސް.އެސް.ޑީ – 7789045
- ފޭދޫ އެސް.އެސް.ޑީ – 7789044
- ހުޅުދޫ އެސް.އެސް.ޑީ – 7789046
- މީދޫ އެސް.އެސް.ޑީ – 7789041
އައްޑޫ ކައުންސިލުން ބުނީ، މިކަމަކީ ރާއްޖޭގެ ރަށްތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން އައްޑޫ ސިޓީގެ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށެވެ.
އަދި މިފަދަ ކަންތައްތަކުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާ ކުރާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެރަށު ކައުންސިލުން ތިން ރަށަކަށް ދިޔަ މީހުން ތިބީިތޯ ބެލުމަށް އިއުލާނު ކުރިއިރު، މިއަދު ވަނީދެއްވަދޫ އާއި ގއ. ވިލިގިނލި ކަރަންޓީންކޮށްފައެވެ.އަދި އެެ ރަށްތަކުން ފައްސި ވޭދަނަތަކެއވެސް ފެނިފައި ވެއެވެ.
ސުކޫލް ތަން ހުޅުވޭނީ ކޮންއިރަކުންތަ ހުޅުވޭނީ
އެޗްޕީއޭގެ ފިޔަގަޑު މާދިގުވެއްޖެ ސައިޒަށް ފިޔަ ބަހައްޓަން ޤާނޫނު އިސްލާހުކުރަން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއެބަޖެހޭ، މާދެން ކަންކަން އެގޭ ބަޔަކަށް ހެދިގެން އިންސާނުން މަގުފުރައްދާން އުޅޭ ބައިގަޑެއް ޢައިރު މުސްލިމުންނާއި ގުޅިގެން އެމީހުންގެ ފިކުރުގައި !