ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 20 މަގެއް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލު ކޮށްފިއެވެ.

އެޗްޑިސީން ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އަދި އެކި ސަބަބުތަކަށް ހުޅުމާލޭ ޒިޔާރަތްކުރާ ބޭފުޅުންގެ އަދަދު ގިނަވެފައިވާއިރު، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ފަސޭހައިން ބޭނުންކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކައި އެ ކޯޕަރޭޝަނުން ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މި ޕްލޭންގެ ދަށުން ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް (ވަންވޭ) ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެެވެ.

ހުޅުމާލޭގައި އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުގެނައި މަގުތަށް

އެ މަސައްކަތުގެ ތެރެއިން މިހާރު އެ ކޯޕަރޭޝަނުން ވަނީ 20 މަގެއް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައެވެ.

އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައިވާ މަގުތަކުގެ ތެރޭގައި ޗަނބޭލީމަގު 1،2،3،4،5،6،7،8،9 ނަންބަރު ގޯޅިއާއި، ރަބަރުގަސްމަގު 1،2،3،4،5،6،7،8،9 ނަންބަރު ގޯޅި އަދި ބުރެވިގަސްމަގާއި ބޯގަންވިލާމަގު 1 ނަންބަރު ގޯޅި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާދިރާ

    މިލިއަން ޑޮލަރުގެ މަޝްރޫއެއް ނިންމާއިފި

    14
    1
  2. ުއުނދުޅި

    ހުޅުމާލެތީ ވަކި ސަރުކާރެއްގެދަށުން ހިންގާތަނެއް އެޗް ޑީ ސީ އެއީ ބޭކާރުތަނެއް

    4
    1
  3. ކަދުރޭ

    އެންމެ ފަހުން ހުޅުމާލޭ ގައި ޖޫރިމަނާ ނުކުރެވޭތީ މިހާރު ތިކަން ކުރަން ފުލުހުން އިތުރު ގޮތަކުން މަޅިއެއް ޖެހީ ދޯ.🤔🤔

    1
    2