އިއްޔެ ރޭ ކ. މާފުށިން މޫދަށް ވެއްޓުނު ކާރުގައި ތިބި މީހުން ސަލާމަތް ކުރި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އެ އިދާރާއިން ތައުރީފުކޮށްފި އެވެ.

މާފުށީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓުނު ހާދިސާގައި ދެ މީހަކަށް އަނިޔާވިއެވެ.

ފުލުހުން ވިދާޅުވީ، އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ރޭ 12:46 ހާއިރު ކަމަށެވެ.

ކަރެކްޝަންސް އިން މިއަދު ވިދާޅުވީ، މާފުށީ ފަޅު ތެރެއަށް ދިޔަ ކާރުގައި ތިބި ތިން މީހުން ސަލާމަތްކޮށްދިނުމުގައި ދެއްކި ނަމޫނާ ފަހުރުވެެރި މަސައްކަތަށް އެސިސްޓެންޓް ސުޕްރިޓެންޑެންޓް އޮފް ޕްރިޒަން އަބްދުލް ޣަނީ އާއި ފްރައިވެޓް ހުސައިން ސޮލާހަށް ސެލިއއއުޓް ކުރާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި ތިބި މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ޖެހުނު ކަމަށާއި، އެ ދެ ލޯންޗަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ކާރުގަ ބަޔަކު ތިބި ނަމަ އެބަޔަކީ ކޮބާ ތޯ އެވެ ؟

    11
    3
    • ޔާގޫތު

      ނަން ހާމައެއް ނުކުރޭ. ތިން ޖިންނި

      12
      3
  2. ޖަލާބި

    ތަންކޮޅެއް ޖީބު ބޮޑެތި ތިން މީހުންނަށް ވާތީ ނަންތައް ނުޖެހީ. ރަނގަޅަށް ވިއްޔާ ތިއްބަވާނީވެސް ތަންކޮޅެއް ގިނައިން ކޮފީ ބައްލަވައިގެން