މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 48 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 19 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދު ރިސޯޓްތަކުން 14 މީހުން ފައްސިވިއެވެ. މިއަދު އަތޮޅުތެރޭގެ ރަށްތަކުން 15 ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު 48 މީހަކު ފައްސިވެފައި ވަނީ 3314 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 25 މީހުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން އަންނައިރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދާއި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު އަންނަނީ މަތިވަމުންނެވެ. މިހާރު ކޮވިޑް-19 ޖެހިފައި 806 މީހުން އެބަތިއްބެވެ. އޭގެތެރެއިން 58 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ޑިސެމްބަރ މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން އަންނަނީ އިތުރު ވަމުންނެވެ. ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާތީ އެޗްއީއޯސީ އިން މިރޭ ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު