މާލޭގައި ހުންނަ ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން ކޮވިޑް-19 ފެތުރި އުފެދުނު ކައިވެނި ޕާޓީ އިހަލުން (ކްލަސްޓާ) އިން މިހާތަނަށް 100 މީހުން ފައްސިވެފައިވާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ޝީ ބިންޑިންގައި ބޭއްވި ކައިވެނި ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 68 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އެމީހުންނާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓްވި) މީހުންގެ ތެރެއިން 32 މީހަކު ވަނީ ފައްސިވެފައި ކަމަށެވެ.

ކައިވެނި ޕާޓީ އިހަލާއި ގުޅިގެން މިހާތަނަށް ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) 300 މީހުން ހޯދިފައިވާއިރު 401 މީހެއްގެ ސުންކު ނަގައި ޓެސްޓް ކޮށްފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ނުވަ މަހުގެ ކުއްޖަކު ވެސް ހިމެނެއެވެ. އަދި ދެތިން ހަތަރު އަހަރުގެ ވަރަށް ގިނަ ކުދިން ވެސް ހިމެނެއެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ، ކޮވިޑް-19 ޖެހިއްޖެނަމަ ހާލަތު އިތުރަށް ގޯސްވެދާނެ މީހުން ވެސް މިއިހަލުގައި ހިމެނެއެވެ. މިއިހަލުން ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީ އިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ޕާޓީ ބޭއްވީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތައް ކަމަށް ޕާޓީ ބޭއްވި މީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބަކަރި

  ރޯޔަލް ކޮވިޑުތައް އުނދުހެނީ.. ޒިންމާ ނުނަގާތި

  8
  1
 2. ޖަޒީރާވަންތަ ހިމާރު

  އެމްޑީޕީ އެއްޗެހިންނަކީ ގައުމަށްޖެހިފައޮތް ވަބާއެއް

  5
  5
 3. ސައުޝާދުޒަމީރު

  މި ދެމީހުންގެ މައްޗަށް ދައުވާ ކުރެވެން ޖެހޭ.. އާންމު ނުރައްކަލަކަށް ވެއްޖެ ވިއްޔާ

  8
  1
 4. ރޯޔަލް ކުރަފި

  ރޯޔަލް އިހާ ރޯޔަލްކަމުން ބަލި ނުވާ ކަމަށް ހީކުރީ

 5. ކާޖާ

  މިކަލޭގެ ކިތަންމެ ރުޅިއަޔަސް ޕާޓީއިން ބަލި ނުފެތުރޭކަމަކަށް ނުވާނެ

  11
 6. ހަގީގަތް

  ކޭސްތައް އެހާމަދުވެފަ އޮއްވަ މިފާޑެއްގެ "ރޯޔަލް" ކައިވެންޔަކައްފަހު ކޭސްތައް މާގިނަވެގެން މިއުޅެނީ މި ވަރުންވެސް މި ރޯޔަލް ބޭފުޅުން ޒިންމާނުނެގިތާނގަ އެހެން މީހުންގެ ކުއް ފެނޭތޯ އަތްފުނާއެޅީ.