23:29

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިއަދުވެސް އިތުރު 1280 މީހަކު މަރުވެއްޖެ.

22:01

ރާއްޖެ އިން އިތުރު 50 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

20:45

މިހާރު މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާ ގއ އަތޮޅުގެެެ ރަށްރަށުގައި ދަތި ހަލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި.

19:47

ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު އއ. އުކުޅަހަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިއެއްގެ ދަރިފުޅު، އެރަށުގައި ހުންނަ އުކުޅަސް ސްކޫލަށް ކިޔަވަން ގެންދާތީ އެކަމާއި ބެލެނެވެރިން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި.

18:30

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން 999 މީހަކު މަރުވެއްޖެ.

16:19

15:33

14:52

11:40

ލ.ގަމާއި ފޮނަދޫން ނެގި ހުރިހައި ސުންކުތަކެއް ވެސް ނައްސިވެއްޖެ.

00:28

ގއ.ދެއްވަދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެ އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 43 އަށް އަރައިފި.


ކޮވިޑް-19 އާއިއެކު ދިރިއުޅެން މަޖުބޫރު ވުމުން ކޮވިޑް-19 ޖެހި ތަހައްމަލް ކުރަން ޖެހިދާނެ ވޭނާއި، މިބަލީގެ ސަބަބުން ފުރާނައަށް ނުރައްކާ ވެދާނެކަން ބައެއް މީހުންގެ ހަނދާނަކު ނުހުރެއެވެ. ނަތީޖާއަކަށް ވެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދެވޭ ސަމާލުކަން ކުޑަވުމެވެ. އަދި ބަލި އިތުރަށް ފެތުރިގެން ދިއުމެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު އިތުރުވެ ކޮވިޑް-19 އަށް ދުވާލަކު ފައްސިވާ މީހުންގެ އެވްރެޖް އަދަދު މިވަނީ ޑިސެމްބަރ މަސް ފެށުނުއިރާއި އެއްވަރުވެފައެވެ. އެހެންކަމުން ހާލަތު މިދަނީ އަނެއްކާވެސް ގޯސްވަމުން ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

އަދަދުތަކަށް ބަލާއިރު ތިންވަނަ ރާޅެއް އެރުމުގެ ކުރިން ދިވެހިން މިވަނީ ރައްކާތެރިކަމަށް އަނެއްކާވެސް އިތުރު ސަމާލުކަމެއް ދޭން ޖެހިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާިަައައިސާ

    ޑިސެންބާ ނިމި ނިއުއިޔާ ވެސް ނިމުނީނު ދެން ދާނީ މައްޗައްކަން ތީ އަހަރުމެންނައް އިނގޭ ހަގީގަތެތް.ރިސޯޓް ތަކައް ގޮސް ބޮޑުން މަޖާ ކޮއްލަން ރާވައިގެން ދެއްކި ދަޅައެއް އަބަދު ވެސް ރައްޔިތުންނައް އޮޅުވާލުން ނޫން ކަމެއް ނުކުރާނެ