ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަދި އެއަރޕޯޓާ ގުޅިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ބުރަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ. އެ މަނިކުފާނު އިއްޔެ ހަވީރު ވަނީ ވީއައިއޭއަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި މަސައްކަތްކުރައްވާ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް މިދިޔަ އަހަރު އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ސްޕީޑް ވަނީ އޭގެ ކުރީ އަހަރަށްވުރެ ބޮޑުތަނުން ހަލުވިކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ފުރަތަމަ މަހުގެ ނިޔަލަށް ޕީކް ސީޒަންގައި ފްލައިޓްތަކުގެ ހަރަކާތްތައް ވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި ވީއައިއޭއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލްއަށް ވަޑައިގަންނަވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި، އެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ކޮވިޑްގެ ހާލަތުގައި އެ މުވައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ޚިދުމަތްތެރިކަން ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މުވައްސަސާތަކަށް ކުރިމަތިވާ ދަތިތައް އޮޅުއްފިލުއްވައި، ކުރިއަށް އޮތް ތަނުގައި ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ސްޕީޑް އަވަސްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވި ކަމަށާއި އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެއަރޕޯޓުގެ ފިއުލް ފާމް، ކާގޯ ޓަރމިނަލް، ކާރގޯ ޖެޓީ، އޭޕްރަން، ވީއައިޕީ ބިލްޑިންގ އަދި ސީޕްލޭން ޓަރމިނަލަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ވެއެވެ. އަދި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފު ކުރެއްވިއެވެ.
ރައީސް އޮފީހުން އިއްޔެ ވަނީ އެއާޕޯޓް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ބައެއް ތަފްސީލްތަކާއި އަދާހަމަ (އަޕްޓޭޑް) ގެނެސްދީފައެވެ. އެގޮތުން ވީއައިއޭ ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމްގެ ގިނަ މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައި ކަމަށް ވިދާޅުވެފައިވެއެވެ. އިތުރު ތަފްސީލްތައް ހާމަކުރަމުން ވިދާޅުވެފައި ވަނީ މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ޖެޓް އޭވަން) އެއަރޕޯޓުގައި ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން، ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު 1 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. ހަމައެއާއެކު، ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ.
ކާގޯ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ކާގޯ ބިލްޑިންގްއާއި ކާރގޯ ހާބަރުގެ އިތުރުން ކަމާގުޅޭ އޮފީސްތައް ބިނާކުރުން ހިމެނެއެވެ. މިހާރު އަހަރެއްގެ މައްޗަށް 50،000 ޓަނު ކާގޯގެ މުޢާމަލާތްތައް ކުރާ ޓަރމިނަލް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ނިމުމުން، އެ އަދަދު 120،000 ޓަނަށް އިތުރުވެގެންދާނެއެވެ.
އެއަރޕޯޓްގެ އޭޕްރަން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް އިތުރުކުރި އޭޕްރަންގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ ކުރީގެ އޭޕްރަން އައުކުރުމުގެ މަސައްކަތެވެ. އޭޕްރަންތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އޭޕްރަންގައި ޕާކިން ސްޕޭސްގެ ގޮތުގައި ބޭނުންކުރަމުންދިޔައީ 86،000 އަކަމީޓަރުގެ ސަރަޙައްދެކެވެ. ނަމަވެސް މި މަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމޭއިރު އެއަރޕޯޓްގައި މަތިންދާބޯޑު ޕާކުކުރެވޭ ޖާގަ 212،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ.
ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވީ.އައި.ޕީ. އަދި ސީ.އައި.ޕީ.ގެ ޖާގަ ވެސް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. ހަމައެހެންމެ މިހާރުގެ ޕަސެންޖަރ ޓަރމިނަލް އަކީ 26،000 އަކަމީޓަރުގެ ޖާގައިގެ ތަނެއް ނަމަވެސް، މުޅި ޓަރމިނަލްގެ މަސައްކަތް ނިމުމުން އެ ތަނުގެ ޖާގަ 78،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ވީ.އައި.އޭ.ގެ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތްތަކުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެ ތަނަށް ސީޕްލޭންގެ އޮޕަރޭޝަންތައް ބަދަލުކުރެވުމުން ސީޕްލޭން އޮޕަރޭޝަނަށް ލުއިފަސޭހަކަން ލިބުމުގެ އިތުރުން ވެލާނާ އެއަރޕޯޓްގެ މައި ރަންވޭ ބޭނުންކުރަން ފެށި، މުޅި އެއަރޕޯޓްގެ އޮޕަރޭޝަން އިތުރަށް ފުރިހަމަވެގެން ދާނެއެވެ.
ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަޝްރޫޢެކެވެ. މިމަޝްރޫޢު ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މިމަޝްރޫޢުގައި ހިމެނޭ ޓާމިނަލް މަސައްކަތް ފިޔަވައި އެހެން ބައެއް މަސައްކަތްތައް ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ވަނީ ނިމިފައެވެ. އަދި އޭގެތެރެއިން ނުނިމި ހުރި ގިނަ މަސައްކަތްތައް ވެސް އޭރު ވަނީ ބޮޑުބައި ނިންމާފައެވެ. ޓާމިނަލް އެޅުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖައްސައި، ކޮންޓެކްޓަރާއި މަސައްކަތް ހަވާލު ކުރީވެސް ޔާމީންގެ ވެރިކަމުގައެވެ.
ތައުރީ ފް ކުރާނެ ކަމެއް ނެތް. އެންމެ ގިނަވެގެން މުސާރަ އެއް ގޮތުގައި ގެއަށް ގެންދަން މި ލިބެނީ -/10000 ރު ފިޔާ
ރައީސް މީހާ ލަދެއް ނުގަނޭތަ
އެއަރ ޕޯޓުގެ ހުރިހާ މުވައްޒަފުންވެސް (ޕައިލަޓުންނާ އިމންޖިނޭރުންނާއި ޖުމްލަކޮށް އެންމެން) އެކުރާ މަސައްކަތައް އަޅުގަނޑުމެން ރައްޔިތުން ޝުކުރު އަދާކުރަންޖެހެނީ މިސަރުކާރުން އެމުވައްޒަފުންގެ މުސަރާތައް ކަނޑާ ތިރިކޮށް ނިކަމެތިކޮށްފައި ވަނިކޮށްވެސް ގައުމީ ޚިދުމަތުގައި ދެމިތިބެ އެއަރޕޯޓުގައި ބާރުބޮޑުވި ދުވަސްވަރުވެސް ޝަކުވާއެއްނެތި ދިމިތިބީތީ!! މިމީހުން ހުޅުލެ އެއަރޕޯޓުންނާއި ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި އަދި ގައުމުގެ އެކިއެކި ދިމަދިމާލުން ޔާމީންގެ ފަސް އަހަރު ކޮށްފައިވާ މަސައްކަތާއި އަދި ނުނިމި ކުރިއަށްދާ މަސައްކަތްފެނި އަދި މާލެއާއި ހުޅުމާލެ އާއި ދޭތެރޭ އެއޮތް ބުރިޖް ފެނި ހިތައް ގެނެވޭ އިޙްސާސްތަކުގެތެރެއިން ފުރަތަމަ ރައިސް ޔާމީންއަށް ޝުކުރު އަދާކުރަންޖެހެނީ!! އެކަންކުރަން ފަސް މިޖެހެނީ ކީއްވެ؟ ޔާމީން ނުޙައްގުން ޙަރާމް ޙުކުމެއް ކުރުވައިގެން ޖަލަށް ލައިގެން ތިގެންގުޅެނީ ވަރަށް އަނިޔާވެރިކޮށް!! އެކަން ހަނދާން ބަހައްޓާތި މިކަން ކުރި އެންމެންވެސް!! ފަނޑިޔާރުން ފެށިގެން ރައިސް އޮފީހުގެތެރެއިންނާއި ޖުޑިސަލް ސަރވިސް ކޮމިޝަންގެތެރެއިންނާއި ރައިސް ނަޝީދު އާއި ޕީޖީވެސް!! އަދި ބޮޑު ޚިޔާނާތުގެ ދެ ވެރިން (އަދީބު، ޒިޔަތު) ގޭގައި ބައިތިއްބައިގެން އެމީހުން ލައްވާ ސަރުކާރުން ބޭނުންވާ ގޮތަކަށް ބަޔާން ހަދާ އެކަންކުރަން އުޅޭ މަދު ދެތިން ފުލުހުންވެސް!! މިރާއްޖޭގެ މިފަހުގެ ތާރީޚުގައި ދުށް އެންމެ ކެރޭ ހިތްވަރުގަދަ ދުރުވިސްނޭ ތަަރައްގީގެ ބާނީ ރައިސް ޔާމީނަށް ތިކުރާ އަނިޔާ ހުއްޓާލަންޖެހޭ!! އެމަނިކުފާނު މިނިވަންވާނެ!! އެކަން ހަނދާން ބަހައްޓާތި!! އަބަދަކު މިސަރުކާރެއް ނުބާއްވާނެ ރައްޔިތުންނެ!! މަސްވެރިންނަށް ހެދީ ދޮގު!! ރައްޔިތުން ކުރިމަތީ ވެރިކަމަށް އަންނަންހ ހެދީ ބުހުތާން ދޮގު ވަޢުދު!! އެއްކަމެއް ނުކުރެވުނު ދެ އަހަރު ނިމިގެން ދިޔައިރު!! ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑު! މިރާއްޖޭގެ ޖީޑީޕީ ޔާމީންގެ ސަރުކާރުގެ ބުރަމަސައްކަތުން 6000 ޑޮލަރުން 10000 ހާސް ޑޮލަރަށް މަތިކޮށް ޑޮލަުވެސް ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރަށް ލިބޭގޮތް ހަދާ އޭޓީއެމްތަކުންވެސް ޑޮލަރު ލިބޭގޮތް ހަދާފައިވަނިކޮށް މިނާގާބިލް ސަރުކާރު އައިސް މިހުރިހާކަމެއް އަނެއްކޮޅަށް ޖަހައިފި!! މިހާރު ބޮލަކަށްޖެހޭ ނިސްބަތް އޮތީ 6000 ޑޮލަރަށްވުރެން ދަށުގައި!! ޑޮލަރު ލިބޭކަށް ނެތް!! ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ޒަރޫރީ ބޭނުންތަކަށް ޑޮލަރެއް ހޯދަން އުޅޭ ފަރާތްތަކަށް މިޖެހެނީ ބްލެކް މާކެޓުން 19 ރުފިޔާއަށް މަގުން ޑޮލަރު ގަންނަން!! މިއީ މިސަރުކާރުގެ ނާގާބިލްކަން!! މިކަން ބަދަލުކުރަން ބޭނުންވާނަމަ ރައްޔިތުންޖެހެނީ ވޯޓުން މިސަރުކާރަށް ނޫނެކޭ ބުނަން!! އެއީ މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުންނާއި 2023 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުން!! ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ!! އެކަމަށް ރައްޔިތުން ތައްޔާރުވާންޖެހޭ!! މިމީހުން ދައްކާ ދޮގުވާހަކަތަކަށް ދެން ދޭންޖެނީ ބީރު ކަންފަތެއް!!
ރައީސް ޔާމީން އަށް ފަށް ފަށުން ޝުކުރީއްޔާ. މަނިކު ފާނުގެ ދުރު ވިސްނުން ފުޅާ ހިކުމަތުއަމަލީން ގައުމަށް ގެނެސްދެއްވި ތަރައްގީއަކީ ދުވަހަކު ވެސް ބަދަލުވާނެކަމެއް ނޫން
5 އަހަރު ތެރޭގަ ނުވެސް ފެށި އޮތް ކަމެއްތީ.. ރަންވޭ އަޅާފަ ރޮލަށް އޮތީ ކަޑަޖެހުން ފިޔަވާ ހުރިހާ މަސައްކަތެއް މި ސަރުކާރުން.. ކުރެޑިޓު ޔާނަށް.. މަދު ކަމެއް ފިޔަވާ ހުރިހާކަމެއްވެސް މި ބީދައިން ހުރީ.. އެހެންވީމަ މިސަރުކާރުވެސް ފަހު ދޮޅު އަހަރު ބިންގާ އެޅުމާ ކަޑަޖެހުން ގިނަކުރަންވީ، އެހެން ބައެއް ހޮވި އެއިން ކަމެއް އެ ސަރުކާރަކުން ކޮށްފިނަމަ މެޑަލް ޖަހާލީމަ އެވީތާ ދެއްތޯ..
ކަލޭމެން އަނގައިން ދެރަނުވާތި
ދުރުވިސްނޭ ހިންގުތެރި ގައުމުތަރއްގީ ކުރުމުގެ ފުތިހަމަ ގާބިލްކަން ހުރި ރައީސް އަކީހަމަ ރ ޔާމީން ކަން މިއަދު އިބޫސޯލިހަށް ވެސް ގަބޫލް ކުރެވެންޖެހޭ . މުޅިއެއާޕޯރޓް ،ދިގު30އަހަރު ވެރިކަން ކުރިމީހާ މިފެންވަރައް ތަރއްގީކުރިނަމަ ކޮންފަދަ ކުރިއެރުން މުޅިގައުމައް ގެނެވިފަވާނެތޯ؟ އެކަމަކު އެކަންކުރާކަށް ނުކެެރުނު. ކަހަނބުސްޕީޑް ގަހިންގަމުން ދިޔަ އެއާރޕޯރ މިއަދު ތަރއްގީވެގެން މިދިޔައީ އެންމެބާރައް ދުވާ ޖެޓްސްޕީޑްގަ. ރ ޔާމީން ޖަލައްލުމުގެ ފަރުދާގަ ވަނީ މުޅިންވެސް މިފަދަ ކިރިއެރުމާ ތަރައްގީ
ޔާމީނު ހާދަ ގަދައޭ ހިތަށް އެރި ދޯ ތިމަންނައަށް ވާވަރު ކަމެއް ނޫނޭ ޔަގީން ރޭހަތަރު ދަމު ކީރިތި ކުރެއްވުމުގައި އުޅޭނީ
ތީގަ ނެތް ރައީސް ޔާމީން މަސައްކަތް ނޫން އާ އެއްވެސް ކަމެއް .ސުކުރިއްޔާ އިއްޒަތްތެރި ރައީސް ޔާމީން އަބްދުލް ގައްޔޫމް.
ފުރަތަމަ ރައިސް ޔާމީންއަށް ޝުކުރު އަދާކޮށްބަލަ.
ކަލޯމެން މިމަސައްކަތް ބަލާފަ ތިތިބެނީ އާސޯޚުވެފަ!! ހުޅުލެ އެއަރޕޯޓް ތަރައްގީކުރުމާއި އެމަސައްކަތް އެއީ ވަގުތުން ވަގުތައް ކުރަންޖެހޭ ކަމެއްކަން އެނގި އެވިސްނުމާއި ތަރައްގީގެ މުޅި ފޯކަސް މުޅިން އެހެންދިމާލަކަށް ބަދަލުކޮށް ލެއްވި ބޭފުޅަކީ ތިބޭފުޅުން ނުޙައްގުން ޖަލަށް ލައިގެން ބަންދުކޮށްގެން ތިގެންގުޅޭ ރައިސް ޔާމީން!! ހުޅެލޫގައި މިސަރަޙައްދުގައި ނެތް ފެންވަރުގެ މުޅިން އާ ރަންވޭ އަކާއި، ހުޅުލެ ފިއުލް ފާމާއި، ހުޅުލެ އާކޯގޯ ފެސިލިޓީއާއި، ހުޅުލެ އާ ވީއައިޕީއާއި، ހުޅުލެ އާސީޕްލޭން ޓާމިނަލްއާއި، ހުޅުލެ މުޅިން އަލަން ހަދަމުން އެގެންދާ ދެބުރި ޕަސިންޖަރ ޓާމިންއާއި މިތަންތަނަކީ ޔާމީންގެ ތަރައްގީގެ ދުރުވިސްނުން!! މުޅިއަކު 900 މިލިޔަން ޑޮލަރު ޚަރުދުވާ މިމަޝްރޫޢު ތަކަކީ އޭގެ މަސައްކަތްތައް 2016 ވަނަ އަހަރުގައި ފެށި ފަންޑުވެސް ހޯދާ މިދެންނެވި ހުރިހާ މަޝްރޫއެއްގައި 2016 އާއި 2019 އަހަރުގެ މެދަކާއި ހަމައިން ސޮއިކުރެވި ކުރިއަށް ގެންފެވޭ މަޝްރޫޢުތަކެއް!! މިމަޝްރޫޢުގެތެރެއިން ބައެއް މަޝްރޫއުތައް ލަސްވެފައިވަނީ މިސަރުކާރުން އައިސް އެމަސައްކަތްތައް 6 ހުއްޓުވާފަ އޮތުމަށްފަހު އަލުން ކުރިއަށް ގެންދަން އެންގުމުން!! ރައިސް ޔާމީން އެވަނީ ބުރިޖް އަޅާ ދީފަ!! މީގެއިތުރުން ރައިސް ޔާމީން އެވަނީ ހުޅުމާލޭގައި 58 މެގަވޯޓުގެ މުޅިން އާއިންޖީނުގެއަށް އަޅާދީ އެއިންޖީނުގެއިން މާލޭގެ އިންޖީނުގެއާއި ދެމެދު ކޭބަލް އެޅުމަށް ނިންމާ އެމަސައްކަތްވެސް ޙަވާލުކޮށްފަ!! ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ މަގުތައް ރަގަނޅު ފެންވަރަށް ހަދާ 7000 ފްލެޓް އަޅާފަ!! ހުޅުމާލޭގައި ފެންވަރު ރަގަނޅު ދުވާ ޓްރެކެއް އަޅ ސްވިމިންގް ޕޫލެއް ހަދާ ނިންމާފަ!! މިކަހަލަ އެތައް މަޝްރޫޢުއެއް!! ހަމަ މިކަންކަން ބަލާ އާސޯޚުވުންނުން އެހެންކަމެއް ނުވާނެ މިސަރުކާރަށް!! ދިވެހި ރައްޔިތުން ކުރަންވީކަމަކީ ރައިސް ޔާމީން ސަލާމަތްކުރުން!! އެއީ މިފަދަ މަޝްރޫޢުތަކާއި ތަރައްގީ މިގައުމަށް އަލުން ގެނަސް ބޮލަކަށްޖެހޭ ޑޮލަރުގެ ނިސްބަތް އިތުރުކުރަން!! ރައިސް ޔާމީން ވެރިކަމާއި ޙަވާލުވިއިރު ބޮލަކަށް ޖެހޭ ޑޮލަރުގެ ނިސްބަތް ހުރީ 6000 ޑޮލަރުގަ!! ވެރިކަން ނިމުނުއިރު ބޮލަކަށް ޖެހޭ މިންވަރު 10000 ޑޮލަރަށްވަނީ އިތުރުކޮށް މިރާއްޖެ މުއްސަނދިކޮށް ޑޮލަރު އެއްވެސް ދަތިކަމަކާ ނުލާ ރައްޔިތުންނަށް ލިބޭގޮތް މިރާއްޖޭގެ އިކޮނޮމީ ވަރުގަދަކޮށްފަ!! މިބަލާވެރިކަން އައިސް މިހާރު ބޮލަކަށް ޖެހޭ ވަރުވަނީ 6000 ޑޮލަރަށް ތިރިވި ޑޮލަރު ލިބުން ދަތިވެ މިރާއްޖޭގެ އިކޮނޮމީ ފުންވަޅުގަނޑަކަށް ވެއްޓިފަ!! ވައްކަމާއި ކޮރަޕްޝަންވެސް ހަމަ އެބައޮތް!! ރައްޔިތުން ވިސްނާ ގޮތް ނިންމަންޖެހޭ!!
ދުރުވިސްނޭ ހިންގުތެރި ގައުމުތަރއްގީ ކުރުމުގެ ފުތިހަމަ ގާބިލްކަން ހުރި ރައީސް އަކީހަމަ ރ ޔާމީން ކަން މިއަދު އިބޫސޯލިހަށް ވެސް ގަބޫލް ކުރެވެންޖެހޭ . މުޅިއެއާޕޯރޓް ،ދިގު30އަހަރު ވެރިކަން ކުރިމީހާ މިފެންވަރައް ތަރއްގީކުރިނަމަ ކޮންފަދަ ކުރިއެރުން މުޅިގައުމައް ގެނެވިފަވާނެތޯ؟ އެކަމަކު އެކަންކުރާކަށް ނުކެެރުނު. ކަހަނބުސްޕީޑް ގަހިންގަމުން ދިޔަ އެއާރޕޯރ މިއަދު ތަރއްގީވެގެން މިދިޔައީ އެންމެބާރައް ދުވާ ޖެޓްސްޕީޑްގަ. ރ ޔާމީން ޖަލައްލުމުގެ ފަރުދާގަ ވަނީ މުޅިންވެސް މިފަދަ ކުރިއެރުމާ ތަރައްގީ . ފ އަތޮޅުމަޝްރޫއު ކުރިއަށް ދިޔަނަމަ މިއަދު މިގައުމުގެ ރައްޔިތުންނައް ލިބިގެންދާނެ ކުރިއެރުން ބުނެދޭންވެސް ނޭންގޭހާކިރިއެރުން ގައުމައް އަންނާނެކަން އެނގި އެމްޑީޕީ އަށް ވެރިކަން ނުލިބި ރ ޔާމީންއަށް އޮތް ތާއީދް އިތުރުވެގެން ހިނގާދާނެތީ ވިއްކަނީއޭ ގަންނަނީއޭ ކިޔާގެން ތެޅިބޭލީ. އެކަމަކު މިއަދުވެސް މިފެންނަނީ ރ ޔާމީންގެ ހަރުދަނާ ސިޔާސަތު ތަކުގެ ފޮނިމީރުކަން ކަން ކަށަވަރު.
ޝުކުރިއްޔާ ރަޢިީސް ޔާމިން
ރައިސް ޔާމިންގެ ދުރުވިސްނުން.
އަޅުގަނޑަށް ވަރަށް ކީރިތި ކުރެވުނު މަޝްރޫޢުތައް ފެނިފައި. އަޅުގަނޑުގެ ނައިބުވެސް ދޭތެރެއަކުން އައިސް ފޮޓޯކޮޅު ނަގާލާނެ. މިވަރު ކަމަށް ނުބުނޭ. ޝުކުރިއްޔާ ވިޝަނަރީ ލީޑަރ ރައީސް ޔާމީން.
ތިތައުރީފް ހައްގުވެވެގެންވާ ފަރާއްތަކުގެ ތެރޭކުރީގެ ރައީސުން ހިމަނަން ވެރިއެއްގެ ނެއްތަހުޒީބެއް ގައުމަކައްނައައްނާނެ އެކަންރޭގަނޑުގެ އަނދިރި ކަމުގެތެރެއިން ފެއްނަ އަލިތަކުން އެގިގެން ދާނެ އެގައުމެއްގެވެށިން .
ރައީސް ޔާމީން އަށް ތައުރީފުކޮށްބަލަ ކަމެއް ނުވާ ބައިގަނޑު
ގަމާރު ރައީސް!
ތީ ކަލޭމެން ވިންޑިޔާ އައް ވިއް ކާލާފަ އޮތް ތަނެއް މިއަދުއަރާ ކޮންވާހަ ކައެއް ދިވެހިންނައް ތި ކަންވާނެ މަނި ކުފާނު ކިހިނެއްތޯ ނުވަތަ އެމްޑީޕީ ކިހިނެއްތޯ ޅަދަރިޔަ ކައް ކިރުދޭނީ އެއީ ވާނެ ކަމެއްތޯ ވެދާނެ ގޮތެއް ބުނެދީފާނަން ބުއްފުޅިޔެއް ވާގަނޑެއް ޖަހާ ބަނދެފަ ޅަދަރި އަނގަ އޭގަ ޖައްސާ ހޭބުއްދި ނުޖެހޭ ކުއްޖަ ކު ހީ ކޮއްފާނެ ތީމަންމަ ކަމައް އެ ކަމު ބުއްދި ސަލާމަތުން ހުރި މީހަ ކު ގަބޫލެއްނުކުރާނެ ހީހީހަލާ ކުވާނީ އެއީ މިސަރުކާރުގެ އަމަލުތައް ހުރިހާލަ ކީ
ޔާމީނުގެ މަސައްކަތް ބައްލަވާ ލައްވަން ވަޱައިގެންނެވީތީ ޝުކުރިއްޔާ
ލަދެއް ހަޔާޔެނެތް މީހަ ކަށް ކުރަންވާނެ އިތުރު އުއްމީދެނެތް....ވިސްނާ ތިއެއާރޕޯޓު ހެދަން ރޔާމީން ނިންމުމން ނު ކިޔާއެއްޗެނެތް... އެއްމެ ކުޑަމިނުން މަސައް ކަތާހަވާލުވި ބިންލާދިންގްރޫޕަށް ވެސް އެވަރަށް އެއްޗެހި ކީ...ވެރި ކަމާ ހަވާލުވެފަ އެއާރޕޯޓުގެ ކުރެހުމެނެތޭ ފަތެނެތޭ ކެހެރިއެއްނެތޯ ގޮވީ ތިމީހާ..އަމިއްލަޔަށް ގެނެވުނުމަޝްރޫއެއްނެތުމުން ރޔާމީންގެ މިންނެތް މަސައް ކަތުގެ ފޮނިބޮނީ..އިސްތިއުފާ އިބުރާހީމާ...
ކިނބުލާ ލަދުން ނުކެރުނީ ދޯ ޔާމީން ޤައުމަށް ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށްލަން ހަހަަހަ ފިނޑި ގޮލައެއް ދެން ރޮއެ ހޭރިގަނޭ ޔާމީން ވައްކަން ކޮށްފިއޭ ކިޔާފަ
އަދި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަދީބްވެސް ޒިޔަތުވެސް އިބޫވެސް ޖަލަށް ލެވޭނެ ދުވަހެއް އަންނާނެ
އެއަރޕޯޓް ބެގެޖް ހެންޑްލިންގްއިން ވަޒީފާ ދެނީ؟
ދަތިކަމުގެ ތެރޭގައި ވެސް މަސައްކަތް މި ކުރަނީ ރާއްޖޭގެ އިގްތިސާދުގެ ރިކަވަރީއަށް ކަމަށް ޗައިނާގެ ސަފީރު ވިދާޅުވާއިރު ތިޔާ ކަން ސަރުކާރުން ބަލައިގަނޭތޯ އެއީ މަމެން ތަމެން ގާތުން ކޮށްލަން ބޭނުންވާ ސުވާލަކީ ސަބަބަކީ ރައްޔިތުންގެ މަޖްލީހުގެ ރައީސް ނުބެހޭ ކަމެއް ސަރުކާރުގެ ތެރޭގައި ނުހިނގައޭ އޭނާ ސަރުކާރުގެ ދަރަންޏަށް އޭނާ ޒިންމާވާން ނުޖެހޭ އިރު ވެސް އޭގެ ތެރެއަށް ބޭނިގަނެގެން އިންޑިއާ އަތުން ކަޓް ޖައްސައިގެން ގުޅިފަޅު ބަނދަރު އިންޑިއާގެ ފަޑުއްކަ ކުންފުންނަކަށް ދީގެން ކެނެރީގެ ނަޝީދާއި އޭނާގެ އެކެބަނޑެ ބެއްޔާ މެންނަށް ބައިއަޅާ ގޮތަށޭ ކަންކަން ކުރަނީ ރައްޔިތުން ބަނޑަށް ޖެހެނީއޭ ދެން ތަމެން ކަމަކީ ރައީސް އޮފީސް ތެރެއަށް ބޭނިގަނެގެން ތިބެ ތަމެން ތިޔާއީ ޕޮލިސީ ސެކްރެޓަރީއޭ ބުނެ އިގްތިސާދުގެ އަލިފުބާ ވެސް ނޭގޭ އިރު ވެލާނާ އެއާރޕޯރޓްގެ ސީޕްލޭން ޓާރމިނަލް ތަމެންގެ މަތިކިބަ ނަމުގައި ކުންފުންނެއް ހަދައިގެން ކޮމިއުނިކޭޝަން ކަޓްގެ ގޮތުގައި 25 މިލިއަން ޑޮލަރު ބަނޑު އަޅާލާ އެއާރޕޯރޓް
ދަތިކަމުގެ ތެރޭގައި ވެސް މަސައްކަތް މި ކުރަނީ ރާއްޖޭގެ އިގްތިސާދުގެ ރިކަވަރީއަށް ކަމަށް ޗައިނާގެ ސަފީރު ވިދާޅުވާއިރު ތިޔާ ކަން ސަރުކާރުން ބަލައިގަނޭތޯ އެއީ މަމެން ތަމެން ގާތުން ކޮށްލަން ބޭނުންވާ ސުވާލަކީ ސަބަބަކީ ރައްޔިތުންގެ މަޖްލީހުގެ ރައީސް ނުބެހޭ ކަމެއް ސަރުކާރުގެ ތެރޭގައި ނުހިނގައޭ އޭނާ ސަރުކާރުގެ ދަރަންޏަށް އޭނާ ޒިންމާވާން ނުޖެހޭ އިރު ވެސް އޭގެ ތެރެއަށް ބޭނިގަނެގެން އިންޑިއާ އަތުން ކަޓް ޖައްސައިގެން ގުޅިފަޅު ބަނދަރު އިންޑިއާގެ ފަޑުއްކަ ކުންފުންނަކަށް ދީގެން ކަޓް ޖައްސަނީއޭ ކެނެރީގެ ނަޝީދާއި އޭނާގެ އެކެބަނޑެ ބެއްޔާ މެން ވެގެން ދެން ތަމެން ކަމަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ނަމުގައި ފެންވަރު ނެތީސް އެމަގާމް ދަމައިގަނެގެން ކޮމިއުނިކޭޝަން ކަޓްގެ ގޮތުގައި ވެލާނާ އެއާރޕޯރޓްގެ ސީޕްލޭން ޓާރމިނަލް އިންޑިއާގެ ބަނގުރޫޓް ވެފައިވާ ކުންފުންނަކަށް ވިއްކާލާ 25 މިލިއަން ޑޮލަރު ބަނޑުއަޅާލުމެއް ނޫންތޭ...
ކެނެރީގެ ނަޝީދު ޖެހޭނީ އެކޮޅު ކޮޅުން ހިނގަން މަގުމަތީގައި އިންޑިއާ އަށް ރާއްޖޭގެ ޑީޕް ބްލޫސީގައި ބްރިޖް އެޅޭނަމަ މަމެން ހުވައޭ އިންޑިއާ އަށް ރާއްޖޭގެ ޑީޕް ބްލޫ ސީގައި އެޅޭނެ ބްރިޖެއް ނުހުންނާނެއޭ އިންޑިއާ ޖެހޭނީ އެފަދަ ފިރިހެންވަންތަ ކަންކަމުގައި މަހަށް ދާންއޭ ޗައިނާ އިން ރާއްޖޭގެ އިގްތިސާދުގެ ހިތް ކަމުގައިވާ މާލެ ސަރަހައްދު ތަރައްގީ ކުރަން އެމެން ވަމުންދާ އެހީ ތަކަކީ އިންޑިއާ މަރުފަލި ޖެހިނަމަވެސް އިންޑިއާއަށް ވާނެކަމެއްނޫނޭ އިންޑިއާގެބާބޯޓް ގަނޑު އައްޑޫ އަށް ގެންދޭ ތަމެން...
ރައީސް ޔާމީންވަރެއް ހަމަނެތް ގައުމުތަރަށްގީ ކޮށް ގައުމުހެއްވާލަދިނީ ރައީސްޔާމީން މިއަދު އަޅުގަނޑުމެން ބޭނުމީ ރައީސްޔާމީން ކިނބުލަކަށް ވެރިކަންކުރާކަށް ނޭނގޭ އެނގެނީ ވަގަށްލާރިކާން އެކަނި އެކަންއެބަކުރޭ ފޯރީގައި.
މަށަށް ރޮވިއްޖެ! ހަމަރީއްޗަށް ވެސް ރޮވިއްޖެ..😥😥
އިބްރާހީމް ކޮންމެ ދިމާލަކުން ބަލާލިޔަސް ތިޔަ ފެންނަނީ 2014 ން 2019 އާހަމައަށް ރާއްޖޭގައި ވެރިކަންކުރެއްވި ހިންގުންތެރި ވެރިޔެއްގެ ދުރުވިސްނޭ ލާމަސީލު މަސައްކަތްތައް! ކުޅުބޮކި ވއްޓިފައި ހުންނާނީ މި މަންޒަރުތައް ފެނުނީމަ! ދެން ރިބަން ކަނޑަން ތައްޔާރުވޭ!