ރިސޯޓްތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ޓްއަރިޒަމް ދާއިރާ އިން އަމަލު ކުރަން އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ބައެއް ރިސޯޓްތަކުން އަމަލު ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ބަލީގެ ޢަލާމާތްތައް ހުންނަ މީހުން ބައެއް ރިސޯޓްތަކުގައި ޓެސްޓްނުކުރާކަން ވެސް ފާހަގަކުރެވޭކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ޢަލާމާތް ހުންނަ މީހުން ބައެއް ރިސޯޓްތަކުން ޓެސްޓްނުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. ބަލީގެ އަލާމާތްތައް ހުރި މުވައްޒަފުން ޓެސްޓް ނުކުރި ރިސޯޓްތަކުގައި ވަރަށް ބޮޑަށް ބަލި ފެތުރިފައިވާކަން ފާހަގަ ކުރެވޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ބަލީގެ ޢަލާމާތެއް ކިތަންމެ ކުޑަކޮށް ހުރިނަމަވެސް އެމީހަކު ވިހާވެސް އަވަހަކަށް އެކަހެރިކޮށް ޓެސްޓްކުރުމަށް ޑރ.ނަޒްލާ އިލްތިމާސްކުރެއްވިއެވެ. އެފަދަ މީހަކު ފެނި ރިޕޯޓް ނުކޮށް ލަސްކުރުމުގެ ސަބަބުން ބައެއް ރިސޯޓްތަކުގައި ވަރަށް ބޮޑަށް ބަލި ފެތުރިފައިވާކަން ޑޮކްޓަރ ނަޒްލާ ފާހަގަކުރެއްވިއެވެ.
"ޓޫރިޒަމް އިންޑަސްޓްރީގެ ގައިޑްލައިންގެ ކަންކަމަށް ސަމާލުކަން ދިނުން މުހންމު، ބައެއް ފަހަރު ގެސްޓުން އުޅޭ އޭރިޔާއަށް ސްޓާފަކު ވަޑައިގަންނަވާއިރު މާސްކްއަޅާފައި، ސްޓާފުންގެ އޭރިޔާގައި މާސްކު ނާޅާ ގައިދުރުކަން ނުބަހައްޓާކަން ފާހަގަކުރެވިފައިވޭ. ވަރަށް މުހިންމުކަމެއް އެއީ ރޫމް ޝެއަރކޮށް، އެއް ކެންޓީންނަކުން ކައިހަދާއިރު ހުރިހާ ސްޓާފުންވެސް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުން." ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވަނީ ރިސޯޓްތަކުގެ މެނޭޖުމަންޓުންވެސް އަދި މުވައްޒަފުންވެސް ބަލިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެ ފަތުރުވެރިން އަންނަ ޢަދަދު އިތުރުވެފައިވާއިރު، މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅަށް ހިނގައި ގަނެވުނީ ގައިޑްލައިން ހިފެހެއްޓުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މިހާރު ރާއްޖެއަށް އަންނަ ގިނަ ޓޫރިސްޓުންނަކީ ދުނިޔޭގައި މިބަލި އެންމެ ބޮޑަށް ފެތުރޭ ޤައުމުތަކުން އަންނަ މީހުންކަމަށާވާއިރު، އެއީ މިވަގުތު އޮތް އިތުރު ނުރައްކަލެއްކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސްފަތުރުވެރިންގެ ގައިން މުވައްޒަފުންނަށް މިހާތަނަށް ކޮވިޑް-19 ފެތުރިގެން ގޮސްފައިވާކަން ފާހަގަ ނުކުރެވޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ ކުރިންވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން ފައްސިވެފައި ވާއިރު ވެސް މުވައްޒަފުން ގިނައިން ފައްސިވެފައި ނުވަނީ އެ ގައިޑްލައިންގައި ހިފެހެއްޓުމުން ކަމަށެވެ.
ރިސޯޓްތަކުން ކޮވިޑް-19 އަށް ފައްސިވާ އަދަދު އިތުރުވެފައި ވާއިރު މިހާރު ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 205 އަށް އަރައެވެ.
ނޫން! ސަބަބު އިނގޭ! ހުޅުވުން ސަބަބަކީ! ނަމަވެސް ރިސޯޓްތައް ހުޅުވުމަކީ ކުރަންވެސްޖެހޭކަމެއް!!! ނަމަވެސް ކަމާބެހޭ އިދާރާތަކުގެ އިހްމާލު ވަރަށްބޮޑު. ރިސޯޓއތަކުން ކުރިއަށް އޮށްތަނުގައި ފައްސިވުންގިނަވާނެ!..މި ގުރޫޕުގެ ޝީނާ ކޮންމެވެސް ނޫހަކަށްބުނި މީ ލާފާ މި މީހުން ލަފާކުރިމަށް!
ސްކޫލްތަކުންވެސް ފެތުރޭނެ!..މި ބޭފުޅުން ވިދާޅުވާފަދައިން ގިނަމީހުން އެއްތަނަކަށް އެއްވުމަކީ ބަލި ފެތުރޭ އެންމެ ބޮޑުސަބަބު!..ވީމާ ސްކޫލުން މި ފެތުރޭނެ ކަމަށް ބަލަންޖެހޭ!
ދުވާ ޓްރެކް ހުޅުވުނޮވެސް އޮތީ ކުރިއަށް..!! ރޭވެސް ކުޑަކުދިންނާއެކު ރިހާސަލް!..އަނގަމަތީ މާސްކު އެޅުމުން މުޅިނންް ފުދުނީތޯ!!..
ވިސްނަވާ!
ރައްޔަތުންގެ ޓެކުސްފައިސާއިން މުސާރަނަގާގެން ފިނިކޮޓރޭގަ ތިބެގެން ކަލޭމެންކިޔާހާއެއްޗެ އަޑުއަހާނެ ބަޔަކު ތިބިހެނެ ހިއެއްނުވޭ ރައްތުން އުޅޭހާލު ކިހާވަރަކައްތޯ ތިބާމީހުނައްއެގެނީ ލޯނުމާފުކުރިއޭކިޔާފަ ތިބާމީހުނައް ބޮޑެތިފައިދާވާގޮތައް އިޓުރެސްޓު އަރުވާފަ މިހާރުލިބޭ ބައިކުޅަބާ މުސާރަކޮޅުޖަމާވާއިރައް ކަޑާގަންނަނީ އަބިދަރިން އެތިބީބަޑައް ދެންވެސްހަދަންވީކަލޭމެންބުނާގޮތެތޯ ނުވާނެތިކަމެ
އޮޅުވާނުލާ ރިސޯޓްތަކުން ރިސޯޓްގެ އޯނަރުންނަށް ބޭނުންތަނަކަށް ބޭނުން އިރަކު ގޮސްއާދެވޭ ސޭޓް ކޮންމެދުވަހަކު މާމިގިއްޔަށްއަރާ. ރިސޯޓްގަހުރެފަ. ކޮބާބާ ކައުންސިލަރުން. ކަމާބެހޭ މުއައްސިސާތައް. ސްޓަރފުން މުސާރަ ދައްކޮއްފަ އަދަގޮޑިޖަހާފަ ހުރިހާ މުއްސަދިންނަށް ބޭނުންތަނަކަށްވދެވޭގޮތައް ތިއޮންނަނީ.