ރާއްޖޭގެ އެކި ރަށްތަކުން ކޮވިޑް-19 ފަތުރަމުން ދަނީ ސަރުކާރުން ކަމަށް އިދިކޮޅު އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން މިހާރު އެކި ރަށްރަށުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ ސަރުކާރުގެ ވަފުދުތައް އެކި ރަށަށް ގޮސް އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމަކާއި ނުލައި ރައްޔިތުންނާ ބައްދަލުކޮށް، ގޭގެ އަށް ވަދެ، ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ. މިއަދު ރާއްޖޭގެ އެކި ރަށްރަށުން އިންތިހާ އަށް ކޮވިޑް ފެންނަމުންދާ ކަމަށާއި، މި ސަރުކާރަކީ ކޮވިޑް ފަތުރާ ސަރުކާރު ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ މިކަންކަމާއި. މި ސަރުކާރަކީ ކޮވިޑް ފަތުރާ ސަރުކާރު. އެންމެ ފުރަތަމަ މި ރާއްޖެ އަށް ކޮވިޑް ގެނައީ ވެސް އިބްރާހިމް މުހައްމަދު ޞާލިހު އިސްވެ ހުރެގެން މި ސަރުކާރުން. އަޅުގަނޑުމެން އޭރުވެސް އާދޭސް ކުރީމު މި ރާއްޖޭގެ ބޯޑަރު ބަންދުކޮށްދޭށޭ. އާދޭސްކޮށްކޮށް އޮއްވައި އެކަން ނުކުރީ. ކޮވިޑް ފެތުރުނީ." އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން އަދުރޭ ވަނީ ކޮވިޑްގެ އާ ވޭރިއަންޓެއް އިނގިރޭސިވިލާތުން ފެނިގެން އުޅޭއިރު ވެސް އެގައުމުން މީހުން ރާއްޖެ އަށް އައުން މަނާ ނުކުރާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާ. އަދިވެސް ރާއްޖެ އަކުން މަނައެއް ނުކުރޭ. އިނގިރޭސިވިލާތުން އަމިއްލަ އަށް މަނާކޮށްފި އެގައުމުގެ ރައްޔިތުން އެހެން ތަންތަނަށް ނުދާން. މިހާ ހިސާބަށް ދިޔައިރު ވެސް މި ސަރުކާރަކަށް ނުކުރޭ އެކަން ކުރާކަށް. މިކަންކަމާއި ރައްޔިތުން ވިސްނައިވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ކުރަނީ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިރޭ ވެސް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވެއްޖެނަމަ ސަރުކާރުން ބޮޑު ބައްޔަކުން ބަލި ކުރަން އިދިކޮޅު ފަރާތްތައް ތައްޔާރަށް އޮތް ކަމަށެވެ.
ކޮވިޑް 19 ކޮވިޑް 20 މީ މުޅިންވެސް ސިޔާސީ ލޭބަލް !
ދޮން ކަލޯ އެހެންވީމާާ އަވަހަށް ކޮވިޑު މަތީގައި ޓިނު ޖަހަން އުޅޭ އިނގޭ!!!
އަދުރޭ ބުންޏަސް މިފަހަރު ތިބުނީ ތެދެއް!!!
އަދުރޭ😘💕💋💖❤️😍😚😙😗😘
ސާބަހޭ ސާމީ
ހަމަރަގަޅަ އަދުރޭތިޔަވިދާޅުވީ ހަގީގަތް ލޯމަތީފެންނަން އެބަހުރި ޕޮޒެޓިވު ވާމީހާއުޅޭކޮޓަރި ބަދުކުރެވެނީ އެކުގަ މަސަކަތްކުރާމީހުން އެމާހަުލަކައްދޫކޮއްލާފަަމިތިބެނީ މީއަހަރެން އުޅެމުންމިދާރަށުގެ ހާލަތުމިއަދުވެސް
އަދުރޭވެސް ތިއުޅެނީ ކޮވިޑް ފަތުރަން ހުއްދަ ނުދީގެންނު!
ތީ އަސްލު ވަރައް ރަނގަޅު ވާހަކައެއް ކެރަފާ އަދި ސިއްކަގޭ ބާގީ ބައިގަނޑު ބޭނުން ވަނީ ރައްޔިތުން މަރާފަވެސް ވެރިކަން
މިއީ މިއުޅޭ ޓްރަމްޕް ގެ ދަރިވަރެއް ތަ ؟
މުޅި އުމުރުގާ ވެސް އަދުރޭ ބުނި އެންމެ ތެދުވާހަކަ .އެއީ ހަގީގަތހެއް.މިގައުމުގެ ރައްޔިތުން ކޮވިޑުން ރައްކާތެރި ވެވޭފަދަ ފިޔަވަޅެއް ސަރުކާރަކުން ނެޅޭ. މުޖްތަމައުގެތެރޭން ކޮވިޑް ނައްތާލާކަށް ޓެސްޓް ނުކުރެވޭ. ޑަބްލިޔު އެޗްއޯ އިން ބުނަނީ ގިނައިންޓެސްޓް ކުރަށޭ .ރާއްޖޭގަ ވަރަށް ގިނައިން ޓެސްޓް ކޮށްފި.މުޅިމާލެ 4 ބުރަށް އެންމެން ޓެސްޓް ކުރވޭމިންވަރަށް ޓެސްޓް ކިޓް ބޭނުންކުރެވިއްޖެ. ދިވެހިން ބުނާ އަމާބުނީތީ ފަރަށްދިއުން. ދަރިފުޅުގާތު މަންމަބުނީދަރިފުޅަ ފަރަށް ގޮސްބަލަށޭ ދަރިފުޅު ދިޔައީފަރަށް ހަވިރު ދަރިފުޅު ފަރުންއައީ މަ މަންމަދަރިފުޅުކުރެންއެހި ދަރިފުޅު ހިލި ބޮލިތައްކޮބާހޭ ދަރިފުޅުބުނީ ބަޮލިހިލާކަށް މަންމަ ނުބުނަމެއްނޫންހޭ. ރާއްޖޭގެ ކޮވިޑް ޓެސްޓް ހެދެނީ ވެސް މިގޮތަށް ބޭރުގެ މާހިރުން ބުނަނީ ގިނައިންޓެސްޓް ކުރުމަށް ޓެސްޓް ރުން ވަރަށް ގިނަ. އެކަމަކު ޓެސްޓް ކުރަނީ މުޖްތަމައުން ބަލި ނައްތާލުމަށް އެހީތެރިވާ ފަދަޔަކުންނޫން. މިކަމުގަ ސިއްހީ އެހީތެރިންގެ މައްސަލައެއް ނެތް. ފުރަތަމަ ފަށައިގެން ސިއްހީ އެހީތެރިން ވަރަށް ފުރިހަމަކޮށްކަންކަން ފެށި އެކަމަށް ވަނީހުރަސް އެޅީފަ އޭނަ ބޭނުންވާގޮތަށް ސަރުކާރުން ވެސް ވަނީ ދިލަލާފަ. މިމިސްރާބުން ދާނަމަ 10 އަހރު ވިޔަސް ދިވެހި ގައުމުން ކޮވިޑް ފިލުވައެއްނުލެވޭނެ.
ދެން ޓިނުތައްވެސް އުޅޭނީ ކޮޅިގަނޑުގެ ބޭނުންހިފަން ސިޔސީގޮތުން..
ހަޤީގަތަކީ ސަރުކާރަށައި ކާރުގެ ގިނަ ފަރާތްތަކަށް އެބަ އިހުސާސްކުރެވޭ ދުނިޔޭގެ ފެންވަރުގަ ޖައްގައިގެން މިއުޅެ ސްޓަންގެ ހަޤީގަތް. ބަސްބުނަން ކެރޭ މީހަކު ނެތީ. މިންވަރަށްވުތެ އަޅުވެތިކަން ބޮޑުވީ! ތަންތަނުން ލިބޭ ލާރީގެ އެދުންވެރިކަން ގަދަވީ. މުހިންމީ ޤަުމުގެ މުސްތަޤްބަލެއްނޫން. މުހިންމުވެގެން އުޅެނީ މުސްތަޤުބަލުގައި "ތިމާ"!
ދުވަސްވަރަކީ 1990 ގެ ފަހުކޮޅުގެ އަހަރުތަކުގެތެރެއިން އަހަރެއްގެ ދުވަހެކެވެ. އަހަރެން ލ. އަތޮޅު އޮފީހުގެ ސެކްރެޓަރީއެއްގެ ވަޒީފާގާހުރެ އަތޮޅު އޮފީހުން ލާރިނެގީ އޭރުގެ އެޓޯލްސް މިނިސްޓަރ މަރުޙޫމް ޢަބްދުﷲ ޙަމީދު ، ލ. އަތޮޅަށް ވަޑައިގަންނަވާތީ ފޮނަދޫގައި ގިޑިގެތަކެއް ހެދުމަށެވެ. ނަމަވެސް ލާރިނެގުމަށްފަހު އެ ގިޑިގެތަކެއް ނުހަދަމެވެ. ލާރިގަނޑުގެ ބޭނުން އަމިއްލަ ބޭނުމަށް ބޭނުންކޮށްލުމަށްފަހު ވަޑައިގަންނަވަން އޮތް ދުވަހު ކުޑަކުދިންކޮޅެއް ހައްދާލައިގެން ހަޑިއެއް ހާވަނިކޮށް އަތޮޅުއޮފީހުން މީހަކު އައިސް ފްލައިޓްޖައްސަތީ ކައްދޫއަށް ދާން އެންގީމަ އަހަރެން ވަގުތހުނ ހޭނެތުނުކަމަށްހެދިގެން ވެއްޓިގަތީމެވެ. ގާތުގަތިބި މީހުންނާއި ދުރުން އައިމީހުން ފެންއުނގުޅާ ދަންނަހާ ބޭހަކާ ފަނޑިތައެއް ހެދިއިރުވެސް އަހަރެން ހޭއަރާކަމަކަށް ނުހަދަމެވެ. އެހެން އޮއްވާ ފްލައިޓް ކެންސަލްވިކަން އަތޮޅުއޮފީހަށް އެންގުމުން އެތަބުގައި ހުރި ބޮލުގައި ތެތްކަންހުރި މީހަކު އައިސް އަހަރެންގެ ގާތަށް ހުއްޓިލާފައި އަހަރެންގެ ކޮނޑުގައި ކޮއްޓާލާފައި ފްލައިޓް ކެންސަލްވެއްޖޭ ، ހަމީދެއް ވަޑައެއް ނުގަންނަވައޭ ބުނެފިއެވެ. ހަމަބުނުމާއެކު އަހަރެންނަކު ކުއްލިއަކަށް ހޭއަރައި އިހުހުރި ބާރާއެކު ފުންމައިގެން ތެދުވެ 'ނޯން ހަމަ ތެދެއް ޅޭ" އޭ އަހާލައިފީމެވެ. އެނާ އާއެކޭ ހަމަ ތެދެކޭ އެޓޯލްސްއިން އަންގައިފިއޭ ބުނުމާއެކު އަހަރެން ދުވެފައިގޮސް އަތޮޅުވެރިޔާގެ އެހީތެރިޔާ ގާތަށްގޮސް ' ހެދި ގިޑިގެ ، ހަމީދު ވަޑައިނުގަންނަވާކަން އެންގުމާއެކު ހަލާކުކޮށް އެއްލާލައިފިމޭ ' ބުނެފީމެވެ. އެކަލޭގެ ' ދެން ކެރާން ކަމެއް ނެތެއްނުދޯ ' އޭ ބުނީމަ ' އެވަރަށް ޚަރަދުކޮށްގެން ގިޑިގެ ހަދާފަ ނައިމަ ވަރަށް ދެރައޭ ' ކިޔާފަ ނުކުމެއްގައިމެވެ. އޭނާ މަށަށްވުރެ ގަމާރީކަމަށްވީއެވެ.