ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު އއ. އުކުޅަހަށް ޗުއްޓީ ހޭދަކުރަން އައި ފަތުރުވެރިއެއްގެ ދަރިފުޅު، އެރަށުގައި ހުންނަ އުކުޅަސް ސްކޫލަށް ކިޔަވަން ގެންދާތީ އެކަމާއި ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ސްކޫލަށް ވައްދާފައި ހުރީ ބިދޭސީ ދަރިވަރުން ސްކޫލަށް ވައްދާ އުސޫލުންނެެވެ. އެމީހުންނަކީ ދިގު މުއްދަތެއްގެެ ވިސާގައި އައިސްގެން އުޅޭ ބައެއް ކަން އެނގިފައި ވެއެެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ބެެލެެނިވެރިއަކު ބުނީ އެެކުއްޖާ ވަނީ ސްކޫލަށް ފޮނުވާފައި ކަމަށާއި، މިކަމުގެެ ސަބަބުން ދަރިވަރުންނަށް ބަލި ޖެހުމުގެ ހިރާސް ވަރަށް ބޮޑު ކަމަށެވެ. އަދި މިފަދަ ނިންމުމެއްް ސްކޫލުން ނިންމާ އެކުއްޖާ ސްކޫލަށް ފޮނުވުމުގެ ހުއްްދަ މެެނޭޖްމެންޓުން ދީފައި ވަނީ އެއްވެސް ވަރަކަށް ވިސްނުމެއް ނެތި ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން ވަރަށް ކަންބޮޑުވޭ މިކަން ސްކޫލުން ކުރީމަ. އެކުއްޖާ ފައްސި ވެެއްޖިއްޔާ ދަރިވަރުންނަށް ވަރަށް ގެެއްލުން ބޮޑުވާނެ" އެރަށުން ވާހަކަދެއްކި ބެލެނެވެރިޔާ ބުންޏެވެެ.

މި މައްސަލަ އެރަށުގެ ސިއްހީ މަރުކަޒަށްވެސް ބެލެނިވެރިން ވަނީ ހުށަހަޅާފައެވެެ. އެ ސިއްހީ މަރުކަޒުން ވަނީ މިފަދަ މައްސަލައެއް ހުށަހަޅާފައިވާކަން "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެެ. ހޮސްޕިޓަލުގެ މެެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ މިފަދަ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، އެކަން މިހާރު ވާނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެެވެ.

ނަމަވެސް ސްކޫލުން ވަނީ މިކަން ދޮގުކޮށްފައެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެރަށު ސްކޫލު ޕްރިންސިޕަލް ޝަހުލާ އިމާދު ވިދާޅުވީ، މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.

ޝަހުލާ މިކަން ދޮގުކުރި ނަމަވެެސް އެރަށު ސްކޫލްގެ ޓީޗަރަކާއި، ބެލެނެވެރިންވެސް މިހާރު އެކަން ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަން "ވަގުތު"އަށް ވަނީ އެނގިފައެވެ.

އެ ކުއްޖާއަކީ ގްރޭޑް ދޭއްގައި ކިޔަވަމުންދާ ކުއްޖެއްކަންވެސް އެނގިފައި ވެއެވެ.

އެނގިފައިވާގޮތުން މިހާރު އެކަން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، އެއީ މީގެ އެއް ހަފްތާ ކުރިން އެ ރަށަށް އައި ބައެކެވެ. އެ ކުއްޖާއާއެކު އޭނާގެ ބައްޕަ އާއި މަންމަވެސް ހުރީ އެރަށުގައެވެ. އެ މީހުން ރާއްޖެ އައިސްފައި ވަނީ ޓޫރިސްޓް ވިސާގައެވެ. އެއީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެރިންތަކެކެވެ.

އއ. އުކުޅަހުން މިހާތަނަށް ހަތް ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަހްމަދު

  ރާއްޖެތެރޭގައި ކޮވިޑް ފެތުރެމުންދާ ދުވަސްވަރެއްގާ ބައެއް މުއައްސަސާތަކުގެ ވެރިން އެއްގޮތަކަށްވެސް ނުވިސްނާ ރަސްގެތީމުގެ ކަުންސިލުންވެސް މިދުވަސްވަރު ގެސްޓް ހައުސް ހިންގަން ހުއްދަ ދިނުމަކީވެސް ކުރެއްވިގޯސް ކަމެކެވެ. ގެސްޓް ހައުސް އަށް އަންނަ ފަތުރުވެރިއަކު ކޮވިޑަށް ފައްސި ވެއްޖެނަމަ މުޅިރަށް އެބަންދުވީ. އިތުރު މީހުނަށް ޖެހުމުގެ ފުރުޞޮތުވެސްބޮޑު.

  11
  3
 2. ގަމާރުން

  ޑައިރެކްޓް ކޮންޓެކްޓެއްވެސް މިހާރު ކަރަންޓީންވާންޖެހެނީ 14 ދުވަސް އޭނަ އައިތަންވެސް 2ހަފްތާއޭ އެއީ 14 ދުވަސް ދެން އެކުއްޖާ ސުކޫލައްވެއް ދީމަ ކޮބާ މައްސަލައަކީ އެމީހުންނަކީ އުމުރުދުވަހު ކޮވިޑް ޖެހިފަ ތިބޭ ބައެއްތަ؟

  29
  5
  • ާއަސޭލަރ

   ދޮގެއްވާނޫން. ދެން ދިގުމުއްދަތަކަށް ތިބޭނަމަ. ދަރިން ސްކޫލަށް ލާނެދޯ

 3. މޮހޮރީ

  ސްކޫލް ޕްރިންސިޕަލް ދޮގުފުޅު ހެއްދެވީ ކީއްވެތޯއެވެ.؟

  11
  1
 4. ދިރާސާވެރިޔާ

  އުކުޅަސް ރީދޫ މީހުންގެ ވަރަށްވެސް އަރިސް ރަށެއް.. އެމީހުންގެ ފިކުރު މަޑުމަޑުން ރާއްޖޭގެ ކުދި އާބާދީތަކަށް ވާސިލުކޮށް، ރާއްޖެގެ ޅަ ޖީލު ޔޫރަޕުގެ ގޮތްގަނޑަށް ބައްޓަންކުރަން ހިންގާ އަޑިނޭގޭ ޖަރީމާ.. ޢިނގިރޭސި ވިލާތަކީ ރާއްޖެއަށް ޓެސްޓު ޕޭޕަރ ފޮނުވާ ގައުމު. ދުނިޔޭގެ އެންމެ މޮޅު ކުދިން ކިޔަވާ ޔުނިވަރސިޓީއާއި ސުކޫލުތައް އެތަނުގައި ހުއްޓައި މުތަނަށް ޗުއްޓީއެއްގެ ނަމުގައި ސުކޫލަށް ދަރި ފުޅު ފޮނުވަންޖެހޭ ސަބަބެއް ސާ ފުވާން ޖެހޭ..

  12
  4
 5. ކުޅަނދު މަދީ....

  އެކުއްޖާ އަށް ކޮވިޑް ޖެހިފައި ނެތިއްޔާ ސްކޫލަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތެވެ. ދުނިޔޭގެ ގިނަ ގައުމު ތަކުގައި ކިޔަވާ ޢުމުރުގެ ދަރިން ގޮވައިގެން ބެލެނިވެރިން އެކި ކަންކަމުގައި ތިބޭ ތިބުމުގައި އެކުދިން ތަޢުލީމުން މަޙުރޫމް ވިޔަ ނުދިނުމަށްޓަކައި އެގައުތަކުގެ ސްކޫލް ތަކުން ފުރުޞަތު ދިނުމަކީ ހިނގާ ކަމެކެވެ. މި ރަށްފުށުގެ ބައެއް މީހުންނަކީ މަވަރު ނެތިފައި ތިބޭ ބުރާންތިންނެވެ. ހަމަ ޙަޤީޤަތުގައި ވެސް ފަސްކުޅަނދު މަދީއެވެ.

  19
  8
 6. ޙ

  ފަތުރުވެރިނގެ ދަރިން ސްކޫލަށް ގެނދެވެންޏާ ދަތުރު ވަރިއެއްގައި މާލެގޮސްތިބޭ މީހުންގެ ދަރިން މާލޭ ސްކޫލްތަކަށް ގެންދިޔުން މާއައުލާވެގެންވެ

  14
  1
 7. ގޯސް

  އިންޑިޔާ އަދި ޔޫކޭމީހުންނަށް ހުރިހާކަމެއް ހުއްދަވާނެ.

 8. ކޮރަލް

  އެމްޑީޕީ އަށް ތާއިދު ކުރާ މީހުން ގިނަ ރަށެކެވެ. ޑޮލަރާ ހެދި މޮޔަވާ ބަޔަކު އުޅެ އެވެ. މަގުމަތީ ޓުރިސްޓުން އޮރިޔާމާ އެކީ އުޅޭތި އެއްޗެކޭ ބުނީމަވެސް ގެސްޓް ހައުސް ހިންގާ ބައެއް މީހުންނަށް ގޯސް ވަނީ އެބުނާ މީހާ އެވެ.

 9. Anonymous

  ތިޔަށްވުރެ ތާހިރުވިސް ކޮވިޑްގެ ސަބަބުން ހާލުގަ ޖެހިގެން ސްކޫލް ތަކުން ވަކިވެގެން ރަށަށް ބަދަލުވި ކުދިން ނަށް އެހީވިނަމަ މާލޭގެ މަޝްހޫރު ސްކޫލެއްގެ ލީޑިންގ ޓީޗަރަކު ބުނީ އޭނަގެ ސްކޫލުންވެސް ގިނަ އަދަދެއްގެ ކުދިން ރަށަށް ގޮސްފި ކަމަށް ގޭ ކުއްޔާ ބިލް ތަކާ ނުދެއްކޭ ހާލުގަ އޮންލައިންކޮށް ކިޔަވާނީ ކިނެތް ނެޓް ނުލިބެންޔާ ކޮބާ ބޭނުމަކީ މާލޭގަ ވަގުތު ބޭކާރު ކުރުމުގެ' ބަޔަކު ގަބޫލު ނުކުރިއަސް ދެކޮޅު ހެދިޔަސް ހަމަ ހަގީގަތް މީ ހަމަ އެކުދިންގެ ވެސް ގައުމް އެކުދިންގެ މައިންބަފައިންވެސް ހަމަ ޓެކްސް ވެސް ސަރުކާރަށް ދައްކަޔެވެ ބަޔަކު ހެވި ދިލިގެން އުދުހޭ އިރު އާދައިގެ ރައްރިތު މީހާ ގިސްލާ ރޮނީ

 10. ލާދީނީ އަންނި

  ތިމައްސަލަ ބެލިޔަކަ ނުދޭނަން.