ޒަހާ ހޮސްޕިޓަލްގައި
ޒަހާ ހޮސްޕިޓަލްގައި

ލޭގެ ކެންސަރު ޖެހިފައިވާ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށްވާ ޒަހާ ޒަރީރުގެ ހާލަތު ދަށްވަމުންދާ ކަމަށް އޭނާގެ އާއިލާ އިން ޑޮކްޓަރުންނާއި ހަވާލާދީ ބުނެއެވެ.

ADS BY OOREDOO

ޒަހާގެ ކެންސަރު ބަލި ރަނގަޅު ކުރުމަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި މިހާރު އޮތް ޒަހާގެ ހާލަތު ދަށްނަމަވެސް އެކުއްޖާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ.

އެންމެފަހުން ޒަހާ ބަލިއެނދުގައި އޮވެ ވެސް ޒަހާ ހިތްވަރު ހޯދަނީ އީމާންތެރިކަން އިސްކޮށްގެންނެވެ. އޭނާ އޮތީ ﷲ އަށް ދުޢާ ކުރުމުގައެވެ. އެއްވެސް ޝަކުވާއެއް ނެތެވެ. މިއަދު ޒަހާ ވަނީ "ވަގުތު އެހީ" އަށް ވަރަށް އަސަރުގަދަ ފޮޓޯއެއް ފޮނުވާފައެވެ.

ޒަހާ ކުރަހާފައިވާ އެފޮޓޯގައި ފެންނަނީ އިންޖެކްޝަނަކާއި ބަލި ވެފައި އޮތް މީހެއްގެ އަތާއި މީހެއްގެ ހިތާއި ބޭހެވެ. ފޮޓޯގެ މެދުގައި ލިޔެފައިވެއެވެ. لا بأْسَ طَهـورٌ إِنْ شـاءَ الله ދެރަނުވާށެވެ. ތިއީ މާތްﷲ ތިބާއަށް ދެއްވި ޠާހިރުކަމެކެވެ. މިއީ ބަލިމީހުންނަށް ޒިޔާރަތް ކުރާ މީހުން ކިޔުމަށް ވާރިދުވެފައިވާ ދުޢާ އަކާއި އެދުޢާގެ މާނައެވެ.

ޒަހާ މިއަދު ވެސް އެދެނީ އޭނާ އަށްޓަކައި އަޅުގަނޑުމެން ހެޔޮ ދުޢާ ކޮށްދިނުމެވެ. އެއީ އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ލިބޭ އުފަލެއް ކަމުގައި ހައްދަވަމާ ހިންގަވާށެވެ.

ޒަހާ ފޮނުވި ފޮޓޯ
ޒަހާ ފޮނުވި ފޮޓޯ

ޒަހާގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެކަނިވެސް 750000 (ހަތްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ ވަރު ޚަރަދު ވާނެ ކަމަށް ބެލެވެއެވެ. އަދި އިންޑިއާގައި ކުރަން ޖެހޭ އިތުރު ޚަރަދުތަކަށް ވެސް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެއެވެ. ޒަހާގެ އާއިލާގައި އެފަދަ ބޮޑު ޚަރަދެއް ކުރެވޭނެ މާލީ ތަނަވަސްކަމެއް ނެތެވެ. އެހެންކަމުން އާއިލާ އިން އެދެނީ ފޯރުންތެރިކަން ހުރި ކޮންމެ ފަރާތަކުން ވެސް އެފަރާތަކަށް އެހީގެ ގޮތުގައި ފޯރުކޮށްދެވޭނެ މިންވަރެއް އާއިލާ އަށް ފޯރުކޮށްދިނުމަށެވެ.

ޒަހާގެ ހާލަތު މިހާރު ވެސް ދަށްވަމުން ދާއިރު މިހާރު ވަރަށް ގަދައަށް ހުންއައިސްގެން ޒަހާ އަށް ފަރުވާ ދެމުންދާ ކަމަށް އާއިލާ އިން މައުލޫމާތު ދެއެވެ.

ޑޮކްޓަރުން ވިދާޅުވެފައި ވަނީ މަހެއްހާ ދުވަސް ތެރޭގައި ބޯންމެރޯ ޓްރާންސްޕްލާންޓް ނުހަދައިފިނަމަ ޒަހާގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ.

ADS BY SHEESHA

ޒަހާ އަށް އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން އޭނާގެ މަންމަ، ފާތިމަތު ރަޝީދާގެ ބީއެމްއެލް އެކައުންޓް (7703246659001) އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ. އަދި ޒަހާ އަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، ރަޝީދާގެ އިންޑިއާ ފޯން ނަމްބަރު (917994422264) އަށް ގުޅުމަށް އާއިލާއިން އެދެއެވެ.

ADS BY ASTERS

22 ކޮމެންޓް

 1. އަވަސް ޝިފާއެއް ދެއްވާށި..އާމީން...

 2. لا بأْسَ طَهـورٌ إِنْ شـاءَ الله. ހައްދަވާ ގެންގުޅުއްވާ އިލާހް.. ޒަހާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާންދޭވެ. އާމީން.

 3. ޢަވަސް ސިފާއަކަށް އެދެން

 4. شفاك الله تعالى وبركاته

 5. لا بأْسَ طَهـورٌ إِنْ شـاءَ الله. އިރާދަކުރެއްވިއްޔާ މާތް ﷲ ޒަހާއަށް އަވސް ޝިފާއެއް ދެއްވާނެ. ޢާމީން

 6. لا بأْسَ طَهـورٌ إِنْ شـاءَ الله

 7. أسأل الله العظيم رب العرش العظيم أن يشفيها

 8. أسأل الله العظيم رب العرش العظيم أن يشفيه

 9. لا باس طهور ان شاء الله

 10. ޢިރާދަ ކުރެއްވިޔާ ރަގަޅު ވާނެ ޒާހާ އަކީ ވަރަށް ހިވަރުގަދަ ކުއްޖެ އަވަސް ޝިފާއެއް ދެއްވާފާދޭ އާމީން

 11. لا بأْسَ طَهـورٌ إِنْ شـاءَ الله

 12. لا بأْسَ طَهـورٌ إِنْ شـاءَ الله އަވަސް ޝިފާއެއް ދެއްވާށި. އާމީން.

 13. އަވަސް ޝިފާއެއް ދެއްވާށި. އާމީން لا بأْسَ طَهـورٌ إِنْ شـاءَ الله

 14. އަވަސް ޝިފާއެއް ދެއްވާށި. އާމީޏް

 15. شفاك الله تعالى وبركاته

 16. އަވަސް ޝިފާ ދެއްވާށި.

 17. އަވަސްޝިފާ އަކައް އެދެން ވަރައް ދެރަވެއްޖެ ވަރައް ވަރައް ދެރަވެއްޖެ ތިހަބަރު ކިއުމުން

 18. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ޒަހާއަށް އަވަސް ޝިފާއެއް ދެއްވާދޭވެ. ޒަހާއަށް ކެއްތެރިކަން ދެއްވާށި އާމީން

 19. އިންޝާﷲ ޒަހާގެ ހާލުރަނގަޅުވާނެ. މާތްﷲ ޒަހާގެ ބައްޔައް އަވްސް ޝިފާއެއްދެއްވާން ދޭވެ.

 20. އަވަސް ޝިފާއެއް ދެއްވާށި. އާމީން

 21. އަވަސް ޝިފާއެއް ދެއްވާށި. އާމީން

 22. އަވަސް ޝިފާއެއް ދެއްވާށި. އާމީން