އަދާލަތު ޕާޓީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ވަގުތު އިމޭޖްސް : އަބްދުﷲ އަބީދު
އަދާލަތު ޕާޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް – ވަގުތު އިމޭޖްސް : އަބްދުﷲ އަބީދު

އަންނަ އޭޕްރިލް މަހުގެ 08 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިނުވާން އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީ އިން ކައުންސިލް އިންތިޚާބު ބޮއިކޮޓް ކުރީ ރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

ކައުންސިލް އިންތިޚާބު ބޮއިކޮޓް ކުރުމަށް ފަހު އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރައްޔިތުންގެ ކިބައިން ނުހައްގުން އިންތިޚާބެއް ނިގުޅައިގަތުމަކީ ދިވެހި ރައްޔިތުންނާއި، ދިވެހި ދައުލަތާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ދެކޮޅަށް ހިންގޭ އިމެއް ނެތް ބޭއިންސާފު ޖަރީމާއަކަށް ވާތީ، މި އެންމެހައި އަނިޔާވެރި، ގާނޫނާ ޚިލާފު، ބޭއިންސާފު ޖަރީމާތަކަށް އިންކާރުކޮށް، އިހްތިޖާޖުކޮށް ކުށްވެރިކުރާ ހާލު، 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 8 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަނުކުރުމަށް ނިންމައިފީމެވެ."

އަދާލަތު ޕާޓީން ބުނީ، އެގޮތައް ނިންމީ ދިވެހިރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ޚަރާބުކޮށް، ސަރުކާރު ހިންގާ ފަރާތަަށް ލާބަހުރި ގޮތަށް މެނުވީ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާތީއެވެ.

އެޕާޓީން ބުނީ އޭޕްރީލް 08 ވަނަ ދުވަހު އިންތިޚާބު ބާއްވަން އިއުލާނުކޮށްފައި ވަނީ، ގާނޫނުއަސާސީގެ ދަށުން އިންތިޚާބު ބޭއްވުމުގެ ބަދަލުގައި ވަކިމީހަކު އަންގާ ބަޔަކަށް ކައުންސިލްތަކުގެ މަގާމު ހަވާލުކުރުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ކަމަށެވެ.

ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ ތާރީޚަށް، ކައުންސިލްތަކުގެ އިންތިޚާބު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ގަސްތުގައި އިހްމާލުވެ، އެ އިންތިޚާބު ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ކަމަށާއި، އެހެންކަމުން މި ފަހަރުގެ އިންތިޚާބުގައި ވާދަކުރުމަކީ ނުހައްގުން ފޭރިގެންފައިވާ އިންތިޚާބެއްގައި ސައްހަކަމުގެ ސިއްކަ ޖަހައިދިނުން ކަމަށްވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

ADS BY ASTERS

11 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    މާތް ﷲ އަށް އުރެދުމެއްނުވާ ކޮންމެކަމެއްގައިވެސް ވެރިންނަށް ކިޔަމަންވުމަށް އަންގަވާފައިވާއިރު، ބަކަރި އައިނުގެ ތެރެއިންވެސް މިނިކާވަގު ޖަހައިގެން ގެންދަނީ، އެކަހެރިކޮށް އުޅޭ ބަކަށްޓެވެ. އިންތިޚާބުގައި ބައިވެރިވުމާއި ބައިވެރިނުވުމުގެ ޙައްޤަކީ، ނުވަތަ އިލެކްޓޯރަލް ރައިޓަކީ، ޤާނޫނުގައި ކަށަވަރު ކޮށްދޭ ޙައްޤެކެވެ.

  2. އެއްގޮނޑިވެސް ނުލިބޭނެ ވިއްޔަ

  3. ދެން ނިމުނީ ހުރިހާކަމެއްޗޮކުން އެންމެން ސަރުކާރާއެއްކޮޅަށްވޯޓުދީ އިސްތިއުމާރު ނަމޫނާ

  4. ތީ ހަމަ އަދާލަތު ޕާޓީ އަށް އެއްމެ ފައިދާ ހުރިގޮތްކަމަށް ފެނޭ. އަދި ތިޔައީ ޕާޓީ ގެ އެއްމެހައި މެންބަރުން ގެ އަތުން އިންތިހާބެއް ފޭރިގަތުން ކަންވެސް ފާހަގަ ކުރަން

  5. ތިންމީހުނާ ފަޅި ހަމަނުވިޔަސް ހާދަވަރަކަށް ފުއްޕައޭދޯ ޒާހިރުމެން، އެއީ ރީނދޫ މީހުންގެ ފަހަތުގައި ތިބީމަ ވާރުތަވާ ކަމެއް. ބޮއިކަޓް ކުރުމާ ކޮންމެކަމެއް ގަދަބާރުން ކުރެވޭތޯ އުޅުން.

  6. ކަލޯމެން ބައިވެރިވިޔަސް ނުހޮވޭނެ ބޮޅެއްޖެހޭނީ ލަދެއް ގަންނަން ޖެހޭނީ

  7. ސާބަސް އަދާލަތު. ގައުމުގެ ހައްގުގައި ރަނގަޅު ކަމެއް ތިކުރީ. މިވަގުތު މި ބޭއްވޭ އިންތިހާބުގައި ބައިވެރިވުން ވާނީި އިލެކްޝަންއިނ ްއެކުރާ ކަންތައްތަކުގައި ބައިވެރިވުން

  8. ޙަފުޞާ / މާލެ

    40 ކުރިމަތިލިޔަސް 40ވެސް ވާނީ ފެއިލް! ވޯޓުދޭނޭ މީހަކު ނެތް! ރަގަޅަށް ތިހެދީ!!!!!!

  9. ދީނީ ބަޔަކު ކަމުގައި ވާނަމަ ވެރިންނަށް ކިޔަމަން ވާޖެހޭނެ މިކަމަކީވެރިމީހާ ކުފުރުވާކަމެއް ނޫން މިއީ އަހަރެން ވެސް ގަބޫލު ކުރި އަދާލަތު ޕާޓީ އެކަމަކު މިހިސާބުން ދުރުވާން ޖެހޭނެ ސަބަބަކީ ﷲސުބުހާނަހޫ ވަތަޢާލާގެ އަމުރު ފުޅާއި ހިލާފު މިވިސް ނުން ބަދަލުކޮށް ވެރިމީހާ ކުފުރަކަށް އަމުރު ނުކުރާހިދަކު ވެރިންނަށް ކިޔަމަންތެރި ވުމަށް އަދާލަތު ޕާޓީޔަށް ގޮވާލަން އަދި ސަރުކާރާއި އެއްކޮށް މަސަތްކަ ކޮދެވުމަށް ވެސް އެދެން

  10. ވަރަށް ރަގަޅު ނިންމުމެއް- ވޯޓް ބައިބައިނުވެ ކުރިމަތިލާ ކެނޑިޑޭޓުންނަށް އިތުރު ވޯޓް ލިބުމަށް މަގުފަހިވެގެންދާނެ

  11. ކަމުދާ ބައެއް ނޫން ތީކީ. ރަގަޅީ ވެސް ނުވިއްޔާ