ބ. އޭދަފުށީގައި ކަރަންޓީންގައި ތިބި ދެ ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށު ކައުންސިލް ރައީސް ޠަލާލް ޢަބްދުއްރަޙްމާންޠަލާލް ޢަބްދުއްރަޙްމާން ވިދާޅުވީ, އެ ދެ ޓީޗަރުން ފައްސިވެފައިވާ ކަން އެނގުނީ ކަރަންޓީން މުއްދަތު ހަމަވެ މީގެ ދެ ދުވަސް ކުރިން ޓެސްޓު ކުރުމުން ކަމަށެވެ. އެ މީހުން ޓެސްޓްކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

"އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވާދޭ ދެ ޓީޗަރުން, 10 ދުވަސް ހަމަކޮށް ސުންކު ނެގީ. އޭގެން މި އެނގުނީ" އޭނާ ވިދާޅުވިއެވެ.

އެރަށުން ފައްސިވީ އިންޑިއާ ދެ ޓީޗަރުންނެވެ.

މީގެ ކުރިންވެސް އެރަށުން ބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެއިން މިހާތަނަށް 14277 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފަްެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތޭ

    ކޮންގައުމެއްގެ ޓީޗަރުންތަކެއް ބާ؟

    1
    4
    • ރަދީފް

      އެ އޮތީނު އިންޑިޔާ ދެ ޓީޗަރުންނޭ ލިޔެފަ. ނުފެނޭތަ؟

    • ސަަތޭކަ އެކާވީސް

      ހަބަރުނުކިޔާ މޮޅުކޮށްލަން ކޮމެންޓް ކުރެވޭތޯ ދޯ ބަލަނީ.

    • Saabahey kaleyney

      Eyga india dhe teacharunney ebain jahaafa saabaheyy kaleyneyy..

  2. މުނިޔާ

    މަހީކުރީ ކޮވިޑް އަރާފާނެތީ އަތޮޅު ރަށްރަށުގެ މީހުން ބަތްޕެން އައިލޭންޑަށް ނޭރުވީމަ ކޮވިޑް ނާރާނެކަމަށް.

    5
    2