އއ.އުކުޅަހުން އިތުރރު ފަތުރުވެރިޔަކާއި, އެ އަތޮޅު މާޅޮހުން ދެ މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ.

އުކުުޅަހުން ފައްސިވެފައި ވަނީ އެރަށު ގެސްޓް ހައުސްގައި ހުރި ފަތުރުވެެރިއެކެވެ. މީގެ ކުރިންވެސް އެރަށު ގެސްޓް ހައުސްތަކުން ފަތުރުވެރިން ފައްސިވެފައި ވެއެވެ. މިއަދު ގެސްޓް ހައުސް އިން ފައްސިވީ ރަޝިއާ ފިރިހެން ފަތުރުވެރިއެކެވެ.

މާޅޮހުން ފައްސިވެފައި ވަނީ ޓީޗަރަކާއި އޭނާގެ ފިރިމީހާއެވެ. އެ މީހުން ފައްސިވެފައި ވަނީ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ.

ފައްސިވި އެ ދެ މީހުންނަކީ އިންޑިއާ ދެ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އުޅެނީ 14000 އިން މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މާޅޮހު މީހާ

  ޓީީޗަރަކާއި އޭނާގެ ފިރިމީހާ ފައްސިވީ

 2. ދޮންކާނަ

  ތި ޔަ ފަތުރުވެރިން ނާ އެކިކަން ކޮޅުތަކުން ރާއްޖެ އައުން ނުހުއްޓުވާހާ ހިނދަކު މިކަމަކައް ނިމުމެއް ނޯންނާނެ

  1
  1
 3. ރުކޭ

  މާފުށީގަ އާއި އެހެން ރަށްރަށުން ވެސް މީހުން ޕޮޒިޓިވް ވި... އެކަމަކު އެތަންތާނގެ ނަމެއް ނުޖަހާ... ދިސް އިޒް ސޯ އަންފެއާ...

 4. ފެކްޓް

  ކިހަ ބޮޑު މުސީބަތެއް! ކޮން ވައިރެހެއްގެ ވާހަކަތޯ ތި ދައްކަނީ ވާނުވާގަ ތިބެގެން! އެއް ނޭފަތުން ހަދާ ޕސރ ޓެސްޓު ޕޮސިޓިވް އަނެއް ނޭފަތުގެ ނަތީޖާ ނެގެޓިވް ވާ ޕސރ ޓެސްޓަކުން ނިންމާ ނިންމުގެއްގެ ވާހަކަ ތި ދައްކަނީ.
  އިންސާނާގެ ހަށިގަނޑުގައި ގުދުރަތުން ލެއްވިގެންވާ އެއްޗެއް ޓާގެޓަކަށް ހަދައި އެއެއްޗެެއް ޓްރޭސް ކުރާ ޕްރޮސެސް އެއްގެ ވާހަކަ ތިދައްކަނީ. މިދުނިޔެ ދެމިއޮވެ މިތާ މީހުން ތިރި ތިބިހާހިނދަކު ޕޮޒިޓިވްތަކަށް ނިމުމެއް އަންނާނެތޯ! މިބުނާ ކޮވިޑެއް ގެނައުމުގެ ކުރިންވެސް ތި ތެސްޓް ހެދިނަމަ ތި ޕޮޒިޓިވްތައް ވާނެކަން ނުވިސްނޭތޯ!
  ރާއްޖެއިންވެސް ވެއްޖެއެއްނު ސިއްޙަތުސަލާމަތުންތިބި 100 އަކަށް މީހުން ގެ ސާމްޕަލް ނަގައި ތިކަމުގެ އަމިއްލަ ދިރާސާއެއް ކުރަން. އަމިއްލަ ޒިންމާ އަދާކުން! ޑަބްލިޔުއެހްއޯ އަކީ ތިމާމެންގެ ސިކުނޑިއަށްވެފަ މިއޮންނަނީ. އެހާވެސް ނިކަމެތި އަޅުވެތިކަމެއްގަ މިއުޅެނީ

  4
  3