ޅުމާލެ ދެވަނަ ފިޔަވަހީގައި މޫދަށް އެރ އުމުރުން 86 އަހަރުގެ މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވީ ހުޅުމާލޭ ފޭސް ދެވަނަ ފިޔަވަހީގައި މޫދަށް އެރިއުޅުނު 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެފައި ވެއެވެ.

ފުލުހުން ވިދާޅުވީ އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:20 ގައި ކަމަށެވެ.

ފުލުހުން ވިދާޅުވީ, މި މަރާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.