ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަނުވާ ކަމަށް ބުނެ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށްފިއެވެ.

އެކަން ހާމަކޮށް އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު)ގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް ހަފސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަމަށެވެ،

އެހެންކަމުން އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަމަށް މިދިޔަ ބުދަ ދުވަހު އެ ކޮމިޝަނުން ކަނޑައަޅައި، އެ ފަރާތުގެ ކެންޑިޑެސީ ވަނީ ބާތިލްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު އެ ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ކަށަވަރު ވަނީ ކަށަވަރުވެފައެވެ. އެމްޑިޕީގެ ފަރާތުން އެ ގޮޑިއަށް ކުރިމަތިލާަފައި ވަނީ އަހުމަދު ރީހާނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލޫ

    މާލޭ ސަރުކުާރުން އަތޮޅުތެރޭގެ ގޮނޑިތަށް އެދާއިރާގެ ރައްޔިތުން ކުރެއް އަހާލުމެއް ކަހާލުމެއް ނެތި ފޭރެނީ. އެމް.ޑީ.ޕީ ކުދިން ވިދާޅުވަނީ މިކަންވެސް މިކުރީ އިންސާފުން ކަމަށް

    31
    1
  2. ތޮރާ

    ތިއީސީންހިންގި ބޮޑު ޖަރީމާއެއް އެއީ ތިގޮޑި އެމްޑީޕީ އަށް ދޭންކުރިކަމެއް އީސީ ވަގު ވޯޓު

    37
    1
  3. ނަައީމް

    ދުވަހަކުވެސް ގައުމު ނުދެކޭ އެތަކެއް މަކަރު އިބޫސަރުކާރުން ހަދާނެ ރައްޔިތުންނޭ ހޭއަރާ /////
    ވަރަށް ވާހަކަ ފުނަކޮށް ވިސްނާ

    25
  4. ނަައީމް

    ދުވަހަކުވެސް ގައުމު ނުދެކޭ އެތަކެއް މަކަރު އިބޫސަރުކާރުން ހަދާނެ ރައްޔިތުންނޭ ހޭއަރާ /////
    ވަރަށް ވާހަކަ ފުނަކޮށް ވިސްނާ އައްނުދުވަހަކުވެސް ދިވެހިންނަކަށްރަގަޅެއްނުވާނެ

    17
  5. ހަނި

    އެމްޑިޕި މިހުން އަމިލައަށް ނަންއަބުރާނަގަތި އެގެބަދަލް ހިފުމުގެގޮތުން އިލެކުސަނު ޕިޕިއެމް މިހުންގެ ކެޑެސީ ބަތިލުކުރަނި ރައިތުންގެ ސަޕޯޓް ގެލުނީމާ ބަރުގެެބެނުންކުރަނީ ތިއީ ތަން ކޮ ޅެން ބޮޑް ވަރު

    30
    1