ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބަކުން ފަސް ކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅި އެމްޑީޕީގެ އިތުރު ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި، ނަން އަނބުރާ ގެންގޮސްފައި އަށް ކެންޑިޑޭޓުންނަކީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމި ފަރާތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑިޕީ ފަސް ކެންޑިޑޭޓުންނާއި، ޕީޕީއެމް ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމްޑީޕީ ތިން ކެންޑިޑޭޓުންނާއި، އަމިއްލަގޮތުން ވާދަ ކުރާ ދެ ކެންޑިޑޭޓުންނެވެ.

ކައުންސިލް އިންތިހާބު ބޭއްވުން ފަސްކޮށްފައިވާއިރު، ނަން އަނބުރާ ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް އީސީން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.

އީސީ އިން ހުޅުވާލާފައިވާ އެ ފުރުސަތުގައި އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ ވެސް އެންމެ ގިނަ ކެންޑިޑޭޓުންގެ ނަން ހުށަހެޅި އެންމެ ގިނަ މެންބަރުން ތިބި އެމްޑީޕީއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙްމަދު

    މަގާތަށް ހިނިއަންނަނީ!

    19
  2. މުޙައްމަދު

    ޖަމީލު އަސްލު ބޭނުމެއް ޔާމީން މިނިވަން ވާކަށް.
    ޖަމީލު ބޭނުންވަނީ ޕީ ޕީ އެމް ގެ ވެރިކަން.

    1
    20
  3. ބެއްޔާ

    ރައްވެރި ފަތިހޭ! ބަލަ ނަސީދޫ ތިޔަ ފަތިސް މާލެއަކަށް ނުވޭ! އެޗްޑީސީއޭ މިކިޔާ ބިންކާ ކޮންޕެނީއަށް މާލެ ސަރަހައްދު ވިއްކާލާފަ ކަލޭ އަދި އެބަބުނެދޯ ނަސީދު މާލޭ މީހުންނަށް ނޯޅޭނެ ކަމަށް މިފަހަރު ރަގަޅަށް އޮޅުވާލާނަން! ކަލޭ ހީކުރީ ކަލެއަށް އަދިވެސް ވަރަށް ގިނަ ދިވެހިން ތާއީދު ކުރާނެކަމައްދޯ؟

    30
  4. އައްޑޫ ލެއި

    އިންތިހާބް އަލުން އިއުލާން ކުރަން ފެންނަނީ. ޕާޓީ ތަކުގެ ޕްރައިމަރީ އަލުން ބޭއްވުމަކީ ރަނގަޅުކަމެއް. މިހާރު މި އޮށްގޮތައް ވޯޓްލައިފީޔާ އެތަށް ބައެއްގެ ހައްގު ގެއްލިގެން ދާނެ.

    15
    4
  5. ހަސަން

    ބަލަ ރީނދޫ ކުލަ އަކީ ފައްޅި ތަކުގަ ހުންނަ ކުލައެއް. މީހުންނަށް އެކަންއެގުނީމަ ފެޔަށް ދާނެ.

    19
    1
  6. ގުލްފިޝާމް

    ޕާޓީ ތަކުގެ ޕްރައިމަރީ އަލުން ބާއްވަން ދެކޮޅު ހަދާނީ އެމްޑީޕީ ކަމަށް ހެދިގެން އުޅޭ ބޯވަތަށް. އިންތިހާބް އަލުން އިޢްލާން ކޮށް އެހެންމީހުންނަށް ފުރުސަތު ހުޅުވުމަކީ ރަނގަޅު ކަމެއް.

    11
    2
  7. ނާޝިޒް

    ބޮލާ ފޮށާ އެޅިދާނެތީ އަވަހައް ނަންނެގީ އިނގޭ މިފަހަރު ސަލާމަތެއް ނުވާނެކަން ...

    9
    1
  8. ރަނީ

    އެމްޑީޕީ ބޮޑުތަނުން ފެއިލް ނިކަން ބަލާ ވެރިކަން ވެސް އެމީހުން އަށް މަޖިލިސް ވެސް އެމީހުނަށް އިދިކޮޅު ލީޑަރު ހައްޔަރުގަ ސަރުކާރަށް ކޮށް ދެވުނު ކަމެތް ފެންނާކަށް ނެތް..

  9. ސަންގޯރު އަހުމަދު

    އަދިވެސް އެތައް ބަޔަކު އެބަތިބި ރެޑީގަ ވާނުވާ ބިލަން