މިހާރު މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާ ގއ އަތޮޅުގެެެ ރަށްރަށުގައި ދަތި ހަލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ, މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ އެރަށްރަށުގައި ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުަޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ގއ.އަދި ލ.އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުަޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ވަނީ ފެށިފައި
— Ministry of Gender, Family and Social Services (@MoGFSSmv) January 15, 2021
އެ މިނިސްޓްރީން ކެއާ ޕެކޭޖްތައް ފޮނުވަން ނިންމާފައިވާއިރު، މިހާރު މޮނީޓަރިންގގައި ވަނީ ގއ އަތޮޅުގެ ތިން ރަށެކެވެ. އެއީ ގއ. ދެއްވަދޫ، ދާންދޫ އަދި ވިލިނގިލި އެވެ. މި ރަށްތަކުން ކޮވިޑް-19ގެ ވޭދަނަތައް ވަނީ ފެނިފައެވެ.
މީގެ ތެރެއިން މިހާތަނަށް ދެއްވަދޫން 43 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ގއ. ދާންދޫން ދެ މީހުންނާއި ގއ. ވިލިނގިލިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
މީގެ ކުރިން، ލ ފޮނަދޫ އާއި ގަން އޮތީ މޮނީޓަރިންގގައެވެ. އެހެންނަމަވެސް މި ދެ ރަށުން ވަކި ތަރުތީބެއް ނެތި ސުންކުތައް ނައްސިވުމާއި ގުޅިގެން މި ރަށްތައް ވަނީ ހުޅުވާލާފައެވެ.
ރާއްޖެއިން މިހާތަނަށް 14000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.