(ފުވައްމުލައް ސިޓީ) ޏ. ފުވައްމުލަކު ސިޓީގެ ނެރުތައް ބަންދު ކުރަން ޕްލޭނެއް ތައްޔާރުކޮށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހައުސިން، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެ ރަށުގެ ބަނދަރު ހެދުމުގެ ކުރިން ރަށަށް ފޭބުމަށް ފަރު ގޮއްވައިގެން އަށް ނެރެއް ކޮނުނުއިރު، އޭގެ ތެރެއިން އަދިވެސް ބަންދު ނުކޮށް ހަތަރު ނެރެއް އެބަ އޮތެވެ. މި ނެރުތައް ބަންދު ކުރުމަށް ގޮވާލައި ސިޓީ ކައުންސިލަށް ދާދި ފަހުން ވެސް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ.

މި ޕެޓިޝަނަކީ އެ ރަށު "މާނެރެ" ނެރު ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހު އޮޔާ ދަމައިގަނެ ގެނބިގެން އެ ރަށު ޔޫރޯ، އަހުމަދު ފައުޒާން ނިޔާވި ހާދިސާ ދިމާވެފައިވަނިކޮށް އޭނާގެ އެކުވެރިން ހިމެނޭ ގޮތަށް "ވަން ފުވައްމުލައް" ޖަމިއްޔާއިން ހުށަހެޅި ޕެޓިޝަނެކެވެ.

ރަށުގެ ރައްޔިތުންގެ ފަރާތުން ވެސް މި ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރު ވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް އެޑްރެސްކޮށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރް ސޮއިކުރައްވާފައިވާ ސިޓީއެއް "ވަގުތު" އަށް ލިބިފައިވެއެވެ.

ސިޓީ ކައުންސިލްގެ އެ ސިޓީގައިވާ ގޮތުން އެ ރަށުގެ ހަތަރު ނެރު ބައްދަން އޭރު އެދެފައިވަނީ ފުވައްމުލަކުގައި ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ވެސް ހައްލު ކުރުމަށެވެ. އަށް ނެރުގެ ތެރެއިން ހަތަރު ނެރެއް މީގެ ކުރިން ވެސް ބެއްދުމުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ ކުރިއަށް ވުރެ ރަނގަޅު ވެފައިވާ ކަން އެ ސިޓީގައިވެއެވެ.

ފުވައްމުލައް ސިޓީ ކައުންިލުން ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީގެ ބައެއްގައި ބަންދު ނުކުރާ ހަތަރު ނެރު

އެ މަސައްކަތަކީ ބޮޑުހިލައާއި ހެވީ ވެހިކަލް ބޭނުންކޮށްގެން ކުރެވޭނެ މަސައްކަތެއް ކަމުން އެމްޓީސީސީގެ އެކި މަޝްރޫއުތައް އެ ރަށުގައި އޭރު ހިނގަމުން ދާތީވެ، އަދި އެ ކުންފުނިން ބަނދަރު ހެދުމުގެ އެކި މަޝްރޫއުތައް ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގާތީވެ، އެ މަސައްކަތަށް ބޭނުންވާ ތަކެތި އިތުރުވެފައިވާ ކަމަށް ބެލެވޭތީ އެ ތަކެތި ބޭނުންކޮށްގެން ދައުލަތަށް ޚަރަދު ކުޑަވާނެހެން މަޝްރޫއު ހިންގައިދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރު ހަމަދު އަބްދުﷲ ވަނީ އެ ސިޓީ އަކީ ސައްހަ ސިޓީއެއްކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ހަމަދު ވިދާޅުވި ގޮތުގައި އެ ސިޓީއަށް މިހާތަނަށް ވެސް ޕްލޭނިން މިނިސްޓްރީގެ ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާނަމަ ތިމާވެއްޓަށް އަސަރު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އޭގެ ސަބަބުން ވެށި އިތުރަށް ހިމާޔަތް ވާނެ ކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކުރާތީވެ، އެ ކަމަށް ދިރާސާއެއް ބޭނުން ވާނެ ކަމަށް ބެލެވެއެވެ.

އެކަމަކު މަޝްރޫއު ހިންގައިން ތިމާވެއްޓަށް ކުރާނެ އަސަރުތަކުގެ ދިރާސާއެއް ފަށަން ވެސް މިހާތަނަށް އަންގާފައި ނުވާ ކަމަށް ހަމަދު ވިދާޅުވެފައިވެއެވެ.

ފުވައްމުލަކުގައި ބަންދު ނުކޮށް މިހާރު އޮތް ހަތަރު ނެރު ސަރަހައްދުގައި މީގެ ކުރިން ވެސް ހިތާމަތެރި އެކި ހާދިސާތައް ހިނގާފައިވެއެވެ. ހޮނިހިރު ދުވަހު ހިނގި ހާދިސާއަށް ފަހު، މި ނެރުތައް ބަންދު ކުރުމަށް ގޮވާލައި އަޑު ރަށު ތެރޭގައި ވަނީ ގަދަވެފައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަށްވެހި ފަތިސް

  ގިނަ ރައްޔިތުން އެދުމުން ވެސް އަޅާނުލި ސަރުކާރު ލަދު ގަންނަން ޖެހޭނެ

  18
 2. އާސިދާ

  އެއްވެސް ކަމެއްހަ ×ިންމާ އެއް ސަރުކާރަކުން ނުނަގާނެ ނޮޓް ނިވް ތިން...

 3. ވގ ޔނ

  މޮޔަފުޅުވީތޯ އެތަނައްނޭރި ނުތިބެވެނީތަ އެކަން ނޭގޭ މީހަކު ތި މުލަކުގަނޫޅެ ދެން

  5
  1
 4. ލޮލްލޮލް

  ސަރުކާރަށް ފެލުމުގެ ކުރިން ތިމާމެންގެ ޒިންމާ އަހަބާލަ. ސަރުކާރު ކަމެއްދޯ އެވަރުތަނެއްކަން އިނގިތިބެ އެވަރުކަންކަން ވާކަން އެނގި ހުރެ ގޮސް އެރެނީ. މި ދައްކަނީ މަޖީދީ މަގު މެދުގަ އޮތް ވަޅުގަނޑެއްވާހަކަ އެއްނޫން.. ރަށެއްގެ ފަރުމަތިވާހަކަ..ތިތަން ބެއްދިޔަށް އެރޭ ގަމާރުން އެރޭނެ. ދަރިން ދަަނީ ކޮންތާކަށްތޯ ބަލާލުމުގެ ޒިންމާ އިން ތިމާމެން އެއްކިބާ ވީމަ މިކަހަލަ ކަންކަން ވާނެ. ސަރުކާރަށް ފެލެވޭތޯބަލާ....

  3
  1
 5. އިބްރާހީމު

  އެތައް އަރެއްވަންދެން (17 އަހަރު) ވަންދެން މައިންބަފައިނާއި އިސްކޫލުން ދެމުންދިޔަ ތަރުބީއްޔަތު ގޯސްނުވެ، ގޯސްވީ ސަރުކާރެވެ.