ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދު ކުރި ފަހުން، އެ ގައުމުގެ ހާއްސަ ހުއްދައާ އެކު، 3،000 އަށް ވުރެ ގިނަ ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރުކޮށްފައިވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.

ރާއްޖެ އާއި އިންޑިއާގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފަށައި، އިންޑިއާގެ ބޯޑަރުތައް ބައިނަލްއަގުވާމީ ދަތުރުތަކަށް ރަސްމީކޮށް ބަންދު ކުރެވިފައި ވަނިކޮށް ދިވެހިންގެ ތެރެއިން ހާލު ދެރަ ބަލި މީހުންނާއި އެހީތެރިންނަށް ބޭސްފަރުވާ އަށް އިންޑިއާ އަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި ދަތުރު ކުރުމުގެ ހުއްދަ އަށް އެދި ހައި ކޮމިޝަނަށް ފުރަތަމަ ހުށަހެޅީ މިދިޔަ މަހުގެ މެއި މަހުގެ ފަހުކޮޅެވެ. އިންޑިއާގެ ހައި ކޮމިޝަނުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާ އަށް ފުރާލެވުނު ފުރަތމަަ ބެޗުގައި 37 ހާލު ދެރަ ބަލި މީހުން ހިމެނެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިންޑިއާގެ ބޯޑަރުތައް އެއްކޮށް ހުޅުވިފައި ނެތް ނަމަވެސް މިހާތަނަށް 3،000 އަށް ވުރެ ގިނަ ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި ރެގިއުލާ ވިސާ ބަންދުކުރެވިފައިވާ މި ދަނޑިވަޅުގައި ބަލި މީހުންނަށާއި އެހީތެރިންނަށް ވީއެންމެ އަވަހަކަށް ވިސާ ފޯރުކޮށްދިނުމަށް ހައި ކޮމިޝަންގެ މުވައްޒަފުން އިތުރު ގަޑީގައި އާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ކެނޑިނޭޅި މަސައްކަތް ކޮށްފައިވާ ކަމަށް ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

ހައި ކޮމިޝަނުން ދެކޭ ގޮތުގައި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދު ކުރެވިފައިވާ މި ދަނޑިވަޅުގައި އެތައް ހާސް ދިވެހިންނަށް ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރު ކުރެވުނު ކަމަކީ ރާއްޖެ އާއި އިންޑިއާގެ މެދުގައިވާ ބައިލެޓްރަލް ގުޅުމުގެ ވަރުގަދަ ކަމާއި ބަދަހިކަން ސާބިތުކޮށްދޭ ހެއްކެކެވެ.

ދިވެހިންނަށް ބޭސް ފަރުވާ އަށް އިންޑިއާ އަށް ދަތުރު ކުރުމަށް މަގުފަހި ކުރުމުގެ އިތުރުން އެ ގައުމުން ވަނީ 5.5 ޓަނުގެ ޒަރޫރީ ބޭސް ހަދިޔާކޮށްފައެވެ. އަދި އިންޑިއާގެ އެކި ޝަހަރުތަކުން 6.3 ޓަނުގެ ޒަރޫރީ ބޭސް ޝިޕްމަންޓެއް ވަނީ އެއާލިފްޓްކޮށްފައެވެ.

އަދި މިދިޔަ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރުގައި ކޮވިޑް-19 އިން އަރައިގަތުމާއި ގުޅޭގޮތުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށާއި، ސިވިލް ސާވިސް މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމް ތަކެއް ވަނީ ހިންގިފައެވެ.

މިދިޔަ ޑިސެމްބަރު މަހުގައި ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްއަށް ދިމާވި ބީސީޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށް، ވެކްސިންގެ 2400 ވައެލް (ކޮންމެ ވައެލްއެއްގައި 10 ޑޯޒް) ވަނީ ހަދިޔާކޮށްފައެވެ.

މީގެއިތުރުން އިންޑިއާގެ ސްރީ ޗިތުރަ ޓިރުނަލް އިންސްޓިޓިއުޓް ފޯ މެޑިކަލް ސައެންސަސް އެންޑް ޓެކްނޮލޮޖީ (އެސް.ސީ.ޓީ.އައި.އެމް.އެސް.ޓީ) ގައި ކާޑިއޯ އިލެކްޓްރޯ-ފިޒިއޮލޮޖީއިން ޕޯސްޓް ޑޮކްޓޯރަލް ފެލޯޝިޕް ހެދުމަށް ރާއްޖޭގެ ފުންނާބުއުސް ކާޑިއޮލޮޖިސްޓް، ޑރ. އަލީ ޝަފީޤް ހޮވިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާކަނި

    އެހެންވެތާ ރ.ޔާމީން ސިއްޙީ ދާއިރާ ތަރައްގީ ކުރައްވަން މަސައްކަތް ކުރެއްވީމާ ގެރިގުއި ސަރުކާރަށް ކަންބޮޑުވަނީ. ލިބޭހާ ލާރިއެއް އިންޑިޔާގެ ހޮސްޕިޓަލްތަކަށް. ދަރުމަވަންތަ ހޮސްޕިޓަލް ވީރާނާކުރަން ދޫކޮށްލާފަ ހުންނަނީ. ފާފާވެރިވާނެ މުދަލައް ގެއްލުންދޭ ވެރިން.

    8
    2
  2. އައްޑޫ މީހާ

    އިންޑިއާއަށް ފައިސާދޭން ރައްޔިތުން ފެލާލަން އެތަނަށް ފޮނުވީމަ ދާންތާ ޖެހޭނީ އަޅެ މިގައުމަކީވެސް ސިއްޣީގޮތުން ފުދުންތެރި ގައަކަށް ހަދަން ރައީސް ޔާމިނު އަޅާދިން ހޮސްޕިޓަލުން ކެންސަރަށާއި އެހެނިހެން ބައްޔަށް ބޭސްފަރުވާ ކުރެވޭނެގޮތް އެބަޖެހޭ ހަދަން ކިތަންމެ ކުޑަކަމެއްގަވެސް އިންޑިއާއަށް ނުގޮސް ވާނެގޮތެއްނެތް ވިސާޖަހަން އެހާ އުނދަގުބޮޑު ކޮޗިންއަށް ދަތުރުކުރާ އިންޑިގޯއަކީ ދިހަމިނެޓުން ދިހަމިނެޓުން ޓިކެޓް އަގުބޮޑުކުރާ ތަނެއް އާސަންދަ މޯލްޑިވިއަން ހޮލިޑޭ ކިޔާތަނަކީ ރައްޔިތުންނަށް އެހާވަރަށް އުނދަގު ޖައްސާތަނެތް އިންޑިއާއަށް އެބުނާ އަމުރީތާއަކަށް ފޮނުވީމަ ބަލިމީހާއަށް ހަދަނީ ހަދާނެ އެއްޗެއް މިހެންގޮސް ކިޔަންޏާ ކިއިދާނެ ވަރަށް ގިނަވާހަކަ އާސަންދައިން ބޭސްފަރުވާއަށް ކުރާ ހަރަދަށްވުރެ އަތުންދާ ހަރަދުބޮޑު މިކަމަށް ހައްލެއް މިވެރިކަމުގައި ނުހޯދޭނެ