މޫސާ މުހައްމަދު މިއަދު ވެސް ހުޅުމާލޭ "އަޒީޒާ މޫސާ" މިސްކިތައް އެރީ އޭނާ އަށް އާދަޔާއި ހިލާފު ބޮޑު ނުރައްކަލަކާއި ކުރިމަތިވެދާނެ ކަމަށް އެއްވެސް ވަރަކަށް ވިސްނައިގެންނެއް ނޫނެވެ. ނަމަވެސް މިސްކިތައް ވަދެ ނަމާދު ކުރަން ސަފައާއި ހަމައަށް ނުދެވެނީސް އޭނާގެ ކުރިބެއްދީ އިންޑިއާ މީހެކެވެ.

އިންޑިއާ މީހާ ކަންތައް ކުރިގޮތް މޫސާ މުހައްމަދު ވަނީ "ހަތާވީސް" އޮންލައިނަށް ކިޔައިދީފައެވެ. މޫސާ މުހައްމަދު ކިޔައިދިން ގޮތުގައި މިސްކިތައް އެރިތަނުން އިންޑިއާ މީހާ އޭނާ ކައިރިން ފުރަތަމަ އެހީ "ހެލްޕެއް" ބޭނުންތޯއެވެ. "އަސްރު ނަމާދުގެ ފަހު ރަކުއަތް ލައްވާލާތޯ ބަލަން އަވަހަށް މިސްކިތަށް މި އެރީ. ދޮރު މައްޗަށް އެރިތަނާ މީނަ [އިންޑިއާ މީހާ] ކިޔައިފި، ކީއްކުރަންހޭ. އަޅުގަނޑު ބުނެފިން ނަމާދަށޭ. ދެން ބުނީ "ހެލްޕެއް" ބޭނުންހޭ. އަޅުގަނޑު ބުނީ ކީއްކުރާ ހެލްޕެއްހޭ، ގޮނޑި ހިފައިގެން އައިސް އިށީންދެވޭތޯ މި ބެލީ [ޖަމާއަތް] ލައްވާލާތޯ. ދެން ކުއްލިއަކަށް މިތާ [ކިރުވާނުގައި] ހިފައިފި." މޫސާ މުހައްމަދު ބުންޏެވެ.

މޫސާ މުހައްމަދު އާއި މިއަދު "އަޅައިގަތީ" ކުރިންދުއް، އަދި ދެކެފަރިތަ ދަންނަ މީހެއް ނޫނެވެ.

"ވަރަށް ބާރަށް ހިފަހައްޓާފައި ބުނެފި، ޖަހާނީއޭ، އަޅުގަނޑު ބުނެފިން ޖަހައިގެން ނުވާނެއޭ. ކީއްކުރަންހޭ ޖަހަނީ. ޖަހާކަން ނުޖެހޭނޭ އަހަރެންގެ ގައިގައި. އަހަރެން މި އަރަނީ ނަމާދަށޭ. ކަލެއާ މަށާ ކޮބާހޭ އޮތް ގުޅުމަކީ. ކޮބާހޭ ކިޔާފައި ވަރަށް ރުޅިއައިސްގެން ހުރެފައި ދޫކޮށްލައިފައި ކިޔައިފި، މީނަ ޗެކްކުރާށޭ،" މޫސާ މުހައްމަދު "ހަތާވީސް" އަށް ކިޔައިދިނެވެ.

އަސްރު ނަމާދުގެ ފަހު ރަކުއަތް ނިމި ޖަމާޢާތުގައި ތިބި މީހުން ސަލާންދިންއިރު ވެސް މޫސާ މުހައްމަދަށް ބިދޭސީ މީހާގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. އެހެންކަމުން ޖަމާޢަތުގައި ނަމާދަށް ތިބި މީހުން ވަނީ ސަލާމްދިނުމާއި އެކު އިންޑިއާ މީހާގެ ކިބައިން މޫސާ މުހައްމަދު ސަލާމަތް ކުރުމަށް އަވަސްވެގެންފައެވެ.

ފުލުހުން ވިދާޅުވީ ވިދާޅުވީ ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހަކުގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެ މީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ލިބިފައިވާ ކަމަށެވެ. މި މައްސަލާގައި އިންޑިއާ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މޫސާ މުހައްމަދު އަސުރު ނަމާދުން ފޭބި ވަގުތު "ހަތާވީސް" އޮންލައިންގެ ނޫސްވެރިން އޭނާ އާއި ބައްދަލު ކުރުމަށްފަހު ބުނީ އިންޑިއާ މީހާ އެ ބުނާ ކަހަލަ އެއްވެސް ކަމެއް މޫސާ މުހައްމަދުގެ ކިބައިން ފާހަގަ ނުވާކަމަށާއި ނުބައި ބަހެއް އޭނާގެ ގައިން ނުދުވާ ކަމަށެވެ. "އުނދަގުލެއްވާކަހަލަ ވަހެއް ވެސް ނުދުވެއެވެ. ބޭބެ ހުރީ ހުކުރު ދުވަހަށް ނަލަވެލައިގެންނެވެ." އެނޫހުގައި ބުނެފައި ވެއެވެ.

މޫސަ މުހައްމަދަށް ހަމަލާދިން މީހާ ޑީޕޯޓް ކޮށްލުމުގެ ބަދަލުގައި ދައުވާކޮށް އޭނާ އަށް އަދަބު ދިނުމަށް މީސް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ބުލްޑިޔާގެބުލްޝިޓުން

    ގެރި ގުއި އުނގުޅައިގެން ތިބޭ ގުއިވަސް ދުވާ އަދި ކަރުކާށިތެޔޮ ވަހުގެ މީހުން އެހެން މީހުންގެ ގައިން ވަސްދުވައޭ ކިޔާ ހަންފަތުރަން މި އުޅެނީ.. ލަދެއް ހަތާތެއް ނެތް ކިބުރުވެރި ބައިގަނޑެއް އުޅޭ ތަނެއް ތި އިންޑިޔާއަކީ.. އޮސްޓްރޭލިޔާ ތަންތާނގަ ވެސް މި މީހުންނާ ފޮށި އަނުޔާ ކުރަނީ ބޮޑާ ކަމާ ދުއްޕާން ބޮޑުކަމުން.. ތިއީ ބުލްޑިޔާގެ ބުލް ޝިޓުން

    144
    2
  2. އަހަރެންގެ ޚިޔާލު

    އިންޑިޔާ މީހުން ހީކުރަނީ ރާއްޖެއަކީ އެމީހުންގެ ސުޓޭޓެއް ކަމަށް. ކަޝްމީރަށް ވީހެން މިގައުމަށް ނުވަނީސް އިންޑިޔާއާމެދު ދައުލަތުގެ ވެރިން ހުޝިޔާރުވާންޖެހޭ. އިންޑިޔާއަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭ. އިންޑިޔާ ނޫނަސް މިގައުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ބައިވަރު ގައުމުތައް މިސަރަހައްދުގައިވެސް އެބަހުރި. ހަމައެކަނި އިންޑިޔާއަށް ބަރޯސާވާކަށް ނުޖެހޭ.

    173
    1
  3. އާދަމުގެދަރި

    ވަރަށް ނަލަކޮށް ރީތިކޮށް ހުރީ. ނުބައި އެއްވެސް ވަހެއް ނުދުވާ. އިންޑިޔާ މީހާ އެހަދަނީ މުޅިން ދޮގު. އިންޑިޔާ މީހާ އެ ބޭބެއާ ދިމާކޮށްލިއިރު އެތައް ބަޔަކު އަޞްރުނަމާދުކުރަން ތިބި. މިސްކިތުތެރޭގައި ހުރެގެން އެމީހާ ބާރަށް ވާހަކަދައްކަނީ. މިސްކިތުގެ ހުރުމަތް ކަނޑާލި. ނަމާދުން ސަލާމް ދިނުމާއެކު އެއްބަޔަކު ނަމާދުކުރަން ތިބި. ވަރަށް މުޑުދާރު އަމަލެއް އެމީހާ ހިންގީ.

    151
    1
  4. ތައްހާނު

    ވަހެއް ދުވާތީއެއްވެސް ނޫން.. ހަމަ ފޮނިކަން ގައްޑާކަން ދައްކާލީއެ. އޭނަހިތުން އޭނައަށް ހިންދީ ފިލްމެއްގެ ތަންކޮޅެއް ކުޅެވުނީ.

    130
  5. ބޭޗާރާ

    އެ މީހާއަށް މިރާއްޖޭގެ ފަސްގަނޑުން ޖާގައެއް ދީގެން ނުވާނެ. އަދި އުމުރަށް ޑީޕޯޓްކޮށްލަންޖެހޭނެ.

    145
    1
  6. ޢަދުރޭ

    ބަނގްލަދޭޝް މީހުން ހަދާ ރާ ( ޝަބްޒު) ލިބޭ 200 އަށް މިނެރަލް ވޯޓަރ ކުޑަފުޅިއެއް ، އިންޑިއާ މީހުން އެ ގަނެގެން ބޮއެގެން ބައެއް ފަހަރު ހިޔަންޏަށް މުޑިނަގާ ގޮތްވެ

    85
    2
  7. ބޭކާރު

    އިންޑިޔާ މީހާއަށް އަދަބު ދީފިއްޔާ މިވެރިކަން ވެއްޓޭނެ.
    ކިތައް ހާދިސާ ؟
    ސްކޫލްކުދިންނަށް ޖިސްމާނީ ގެއްލުން، އަންހެނުންނާއި ބެހި މަގުމަތިން ދިމާކޮށް، ރާބޮއިގެން ދީނަށް ފުރައްސާރަކޮށް އަދި ވަޒީފާތަކުގައި އުޅޭ ދިވެހިންނަށް އެހާވަރު ކުރީމާ ޑިޕޯޓް ކޮށްލަނީ މައްސަލަ ބަލަން ނުކެރޭތީ.
    ހީވަނީ ވެރިކަން ދިނީ މޯދީ ހެން.

    132
    2
    • ގެރި

      ވެރިކަން ހޯދަސިނީ މޯދީ!!!

      11
  8. ފުއާދު

    ތި މޫސައަކީ އަހަރުމެން ވަރަށްރަނގަޅަށް ދަންނަ މީހެއް.
    އޭނާ ހުކުރުދުވަހަށް ވަކިންބޮޑަށް ރީތިވާ މީހެއް.
    އަބަދުހެން މިސްކިތުން ދިމާވޭ. ދުވަހަކުވެސް އޭނަގެ ގައިން
    ވަހެއްދުވާކަމަށް ފާހަގަނުވާމީހެއް.
    އަހަރެމެން އޭނައަށް ކިޔަނީވެސް “ސްޓިކާ މޫސަ”

    44
    1
  9. ޣޯސް

    ކިހާބޮޑު ކަމެއް. އިންޑިޔާމީހުން ގަސްދުގައި ފުލުހުން ޓެސްޓްކުރަނީ މިއީ އަދި ސޮފްޓް ފެށުމެއް. އިންޑިޔާ ނޫންގޮތެއް އިންޑިޔާ އައުޓް.

    66
  10. އުލިގަމު އިސްޓައިލް

    ދެފަރާތުގެ ވާހަކަ އަޑުއެހުން މުހިންމު. އިންޑިޔާ މީހެއްކަމަކު މިސްކިތަށް އަރާނީ ނަމާދަށް. ބައެއްފަހަރު ދިވެހިން ގެ ފުރައްސާރައިގެ ޝިކާރައަކަށް ބިދޭސިން ވޭ...އެންމެނަކަށް ރުޅި ކޮންޓްރޯލެއް ނުކުރެވޭނެ.

    5
    74
    • އެހެން؟

      އިބްރާހިމް މިސްކިތުގައި ކާންވެސް ތި ޖާހިލުން ތިބި

      31
      1
    • އެހެން؟

      އިބްރާހިމް މިސްކިތުގައި ކާންވެސް ތި ޖާހިލުން ތިބި.. މިސްކިތުގގ ހުރުމަތް ކަނޑަނީ

      24
    • ފާއިޒު

      އިންޑިޔާ މީހާގެ ނަމާދަކީ އެތަނަށް އަރާ ކޮންމެވެސް މުސްކުޅިއަކަށް އެހީވުން ދޯ. އެހީ ވުމޭ ކިޔާފައި އޭނާއާއި މާރާ މާރީހިންގުންބާ؟ އިންޑިޔާ މީހާ ނަމާދަށް އަރާފައި ޢަސުރު ނަމާދު ނިމެމުން ދަނިކޮށް އޭގެ ފަހު ރަކުޢަތާއި ހަމައިން ނަމާދުގައި ބައިވެރި ނުވެ އެހެން މީހުނަށް އެޙިވީމާ ދޯ ގިނަ ސަވާބު ލިބެނީ. އުލިގަމު އިސްޓައިލްވެސް ހަދަނީ އެހެންދޯ؟

      28
      1
  11. މުސްތަފާ

    މިބޭބެގެ މަތިމަސްބާލާ ފަ ހުރީމަ އެކަމާ ހިންހަމަ ނުޖެހުނީހެން ހީވަނީ..

    23
    3
  12. ސޯލިހު ބިން މޯދީ ސަރުކާރު

    ރައްޔިތު މީހާ ބޭނުން ވިސަރުކާ މިއޮތީ ގެނެސް ފަ. އަމިއްލަ ދު ފާތަބައް މައްޗަ ފައިން އެރުނީމަ ދެން ކޮންއިންޑިޔާ އައުޓެކޭ ކިޔާކަށްތަ؟ މީ ރަނގަޅު ކުރަން ވ.އުނދަގޫ ކަމެށް ދެން އެހެން ވީމާ އަދިވެސް ބަސް އަހަައި ގެން ތިބޭ އޭރުން ހަތަރެސްކަން ހަމަވީ

    ވިސްނުމެއް ނެތި ކޮއް ފި ކަމަކުން އެންމެ ފަހަރަކު ދޭހުގާ
    ގިސްލަމުން ހިތިކަރުނަ އޮހޮރަންޖެހޭ މުޅި އުމުމުރުގާ.

    41
  13. ނޫރީ

    # އިންޑިއާ އައުޓް... އެހެން އެއްވެސް ޗޮއިސް އެއްނެތް.

    51
  14. ޙާލަތު

    މިހާރު އޭނަޔަށްވަނީ ފުލުހުން ޙިމާޔަތް ދީފަ ދޯ... މީ ވާނެވަރަކީ މި ސަރުކާރަށް... އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް

    51
    1
  15. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    މީދިވެހިންބޭނުންވި ދުވަސް މިދަނީ ފެނަނަމުން ތީގެކިތައްމެ ކަމެއްހިގައިގޮސް ފި ދިވެދިންނަކީ ނަޖިސްބަޔަކަށް ހެދީހަމަދިވެހީން ދެންރޯނެކަމެއްނެއް އިންޑިއާ މީހާ 400000ދިވެންއެއްކޮށްމަރާލިއަސް ކުއްވެރިވާނީ މަރުވެދިޔަހުރިހާ ދިވެހިން ސުކުރިއްޔާ ރައީސް ސޯލިހް މަރިހަބާ ރައީސް ނަސީދު ސާބަސް ވެރިކަންކުރާ ކޯލިސަންގެ ވެރިން އަލާނުލާ

    26
  16. ކޮރަލް

    ފުލުހުން މޫސަ ގެ ބަހެއް ނުހޯދާ މޫސަގެ އަގު ވައްޓާލީ އެވެ. މިއީ ވ ދެރަ މައްސަލަ އެކެވެ.

    20
    1
  17. Anonymous

    ރޭޕިސްތާންގެ ބަލާވެރިކަން މިޖެހެނީ. ކަޝްމީރައް ވިހެން ވާނެ އަޅާ ނުލާ ތިބެއްޖ ކަމުގައި ވަންޏާ

    24
  18. މިއަދު

    އެމީހާހުންނާނީ ޕޮލިހުންގެ ބެލުމުގެދަށުގައި ދުވަސްކޮޅެއްފަހުން ނޫސްވެރިން ސުވާލުކޮށްލީމަ ޕޮލިހުންބުނާނެ އެމީހާ މިހާރު ރާއްޖެއަކުނެތޭ އޭނަ ފުރިގޮތެއްބަލަމުންނެމިދަނީ

    22
  19. ޙޮއޮން

    އިންޑިޔާގެ ރައްޔިތުންނަށް މިގައުމުގައި އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ގޮތަށް އެއްބަަސްވުމެއް އެކުލަވާލެވި ފައިވޭ. މިހާރު ތިދިޔައީ މާމައްޗަށް މިސްކިތްތަކަށް އަރައި ވައްތަރު ޖައްސާ ހިސާބަށް ދިޔައީމައި އެއީ އޯވަރ..ތިމީހާއަށް ދައުވާކޮށް ރާއްޖޭގެ ޖަލުގައި ދިގު މުއްދަތަށް ބޭއްވޭނެ ގޮތަށް ހުކުމް ކުރެވޭނެ. ޢެކަން ނުކޮށް ފިއްޔާ މިގައުމުގެ ފަނޑުޔާރުގެތަކަށް މުހިއްމީ މިސްކިތައްވުރެ ދައުލަތުން ގެއްލޭ ފައިސާ ހޯދުމައި އިންޑިޔާ މީހުން. މިސްކިތުގެ ހުރުމަތް ކަނޑާލީމައި އަންނަ އަދަބު ބޮޑުވާންޖެހޭނެ.

  20. ސަލާމް

    އިންޑިޔާމީހުން ފުރަތަމަ އަމިއްލަ ގައިގައި ދުވާވވަސް ކޮންޓްރޯލް ކޮށްބަލަ.އަދި ވަހެއްދުވިޔަސް އޭނާ އަށް ކީއްތަ؟ ތިކަމުންވެސް އިންޑިޔާމީހުން މިރާއްޖެއަށް ގަދަވެފާވާމިންވަރު އެނގިއްޖެއެއްނު؟މިނިވަންކަމާއެކު އުޅެވޭކަށްވެސް ނެތީތާ.

    14
  21. އަދި

    ނުބައި ވަހެއް ދުވިޔަސް ގައިގަ އަތްލެވިގެން ނުވާނެ

  22. ޖސޖސ

    މިސަރުކާރުން އިންޑިޔާ މީހަކަށް ރާއްޖޭގެ ޤާނޫނެއްގައި އޮތް އަދަބެއް ނުދޭނެ. އޭނާޔަށް ނިޝާން ޤާޟީގެ ލަގަބުދީފަ ގައުމަށް ފޮނުވާދޭނީ ބިޒްނަސް ސްކޫލްގައި. މީ އެމް.ޑީއެން އާއި މޯޑީގެ ރޭވުމުގެ ތެރޭން މީހުން މިސްކިތައް އަރަން ބިރުގަންނަވަރު ކުރުމުގެ ގޮތުން ފުރަތަމަ ސްޓޭޖް. އަދި މިޔަށްވުރެއް ބޮޑު ވަރުވެސް ވާތަން ދިވެހިންނަށް ފެނުން އެކަށީގެންވޭ. އެދުވަސް ބަލަން ބޭނުން ނުވަންޏާ އަވަހަށް ރައްޔިތުންގެ ބާރު ރައްޔިތުންގެ ކިބައިން ނެރެދައްކާލަން ވީ. ވޯޓުންނާއި އެހެންވެސް ގޮތްގޮތުން ޤާނޫން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި.

  23. ސަންގޯރު އަހުމަދު

    ތިޔަ ހަބަރު ހަބަރަކަށް ވެސް ނުވި އިންޑިޔާ މީހާ މިސްކިތައް ވަނީ ނަމާދު ކުރަންބާ ؟
    ސަފައް އެރިތަނާ ޖެހިގެން ހުރި މީހަ ގައިން ވަހެއް ދުވާ ކަމުގެ ޝަކުވާ އާއެކު އަތްއިސް ކުރީބާ ؟

    3
    2
  24. ދެރަވޭ

    އިންޑިޔާގެ ރޯ އެޖެންޓުންގެ ބަލާވެރިކަން މިޖެހެނީ ، އެމީހުން މިސްކިތައްވެސް އަރާނެ ދިވެހިން ކުރާހުރިޔާ ކަމެއްގައި ބައިވެރިވެވޭތޯވެސް ބަލާނެ ،އާހިރު ނަތީޖާ ވަރަށް ހިތިވާނެ! ކީކުރާނީ މިނޫންގޮތެއްވެސް ނެތް ؟ ފިޔަވަޅެއް އަޅައިފިއްޔާ ދެންވާނެގޮތް.....

  25. ނައިބޮލި

    ބެންކޮކްގެ ރަންޑިންވެސް އިންޑިޔާ މީހުން ފާހަގަ ކޮށްލާނީ އެމީހުން ގައިން ދުވާ ބަބުރުވަހުން. މީގެ މީހަކު ދިވެއްސެއްގެ ގައިން ނުބައިވަސްދުވައިގެން މިއުޅެނީ.

  26. ހިރެސް

    އިންޑިޔާގެ ކަންތައްތައް މިހާރު ތިދަނީ ތަންކޮޅެއް މައްޗަށް. ފުރެންޑުސިޕް އެސޯސިއޭސަން އޮފު އިންޑިޔާ (ފޭމު) މިޖަމިއްޔާގެ އިސްމީހުން ލަދެއް ނުގަނޭތަ ޖަމިއްޔާ އަދިވެސް ހިންގާކަށް؟؟؟؟؟ އިންޑިޔާއަކީ އިހުގެ ކަލްޗަރަލް އިންޑިޔާއެއް ނޫން މިހާރު. އެމީހުން މިހާރު އެއުޅެނީ ނޭޕާލަށާ ބޫޓާނަށް ހެދިގޮތް މިތަނަށް ހަދަން. ވަގުތު ނޫޙުން ޕްލީޒް ދިރާސާއެއް ހަދާބަލަ. ދިވެހި ރައްޔިތުން މިކަމަށް ހޭލައްވާ ދީބަލަ.