23:21

ކޮވިޑް-19 ޖެހިގެން މިއަދުވެސް އިނގިރޭސިވިލާތުން އިތުރު 1295 މީހަކު މަރުވެއްޖެ.

22:23

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި 87 މީހުންގެ ތެރެއިން 32 މީހުންނަކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކޮވިޑް-19 އަށް ފައްސިވި މީހުން.

22:00

ރާއްޖެ އިން އިތުރު 87 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:49

18:38

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 590 މީހުން މަރުވެއްޖެ.

16:52

ގއ. ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ހާލުދެރަވި ތިން މީހަކު މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން ދާކަމަށް ވިލިނގިލީ ކައުންސިލުން ވިދާޅުވެއްޖެ.

 

16:36

ޖަމާލުއްދީން ސްކޫލްގެ ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

16:33

ޣާޒީ ސްކޫލްގެ ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެ، އެ ސްކޫލްގެ 12 ޓީޗަރުން ކަރަންޓީން ކޮށްފި.

15:11

އައިލެންޑާސް ގްރޫޕުން މާލޭގައި ހިންގަމުންދާ ބިލަބޮންގް ސްކޫލްގައި ކިޔަވަމުންދާ 4 ދަރިވަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

14:49

ލ. އަތޮޅު އިސްދޫގައި، ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

12:48

ރާއްޖޭގެ ރަށްރަށުގައި ކޮވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނުވާތީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކަންބޮޑުވުން ފާޅުކޮށްފި.

11:51

އެއް މަސް ދުވަހުގެ ޗުއްޓީއެއް އިނގިރޭސިވިލާތުގައި ހޭދަކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން ކަރަންޓީން ވުމަށް ބ.އަތޮޅުގެ ރިސޯޓަކަށް ވަޑައިގެންފި.

11:40

ދެއްވަދޫން އިތުރު 11 މީހުން ފައްސިވެއްޖެ.

11:19

އައިސްކްރީމްތަކުން ކޮވިޑް-19 ވައިރަސް ފެނި، ބިރުވެރިކަން އިތުރުވެއްޖެ.

10:44

މޮހިތު މާލިކު ކޮވިޑަށް ފައްސިވެއްޖެ.

09:26

ކޮވިޑް-19 ޖެހިގެން ދުނިޔެ އިން މަރުވި މީހުންގެ އަދަދު ދެމިލިއަނަށް އަރައިފި،


ކޮވިޑް-19 ކޮންޓްރޯލް ކުރަން ދިވެހިން ވަރަށް ގިނަ ގުރުބާނީތައް ވެއްޖެއެވެ. އޭގެ ނަތީޖާ ވެސް މިހާތަނަށް އައީ ފެންނަމުންނެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު ވެސް ބަލި ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެވިއްޖެނަމަ ކުރިން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެދާނެއެވެ.

ކޮވިޑް-19 އަށް މިއަދު ވެސް ރާއްޖެ އިން 50 މީހަކު ފައްސިވިއެވެ. ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު 845 އަށް އަރައެވެ. ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު އިތުރުވާން ފަށާފައި ވަނީ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު އެކްޓިވް ކޭސްތަކުގެ އަދަދު 499 އަށް މަދުވުމަށް ފަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އެކްޓިވް ކޭސްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާސިދާ

    ދެންވެސް މީސް މީހު ނައް ކޮވިޑް ގެ މަސަެއްކަތާއި ގުޅިގެން ސަރުކާރުން ދޭންޖެހޭ ފައިސާތައް ދީބަލަ..