ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ނަމުގައި ފާސްކޮށްފައިވާ ޤާނޫނެކެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޞާލިޙް، ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ނ. މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފް، އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ އިއްޔެ ޢައްޔަންކުރައްވާފައިވާ ކަމަށެވެ. މި ތިން ބޭފުޅުން އެ މަޤާމުތަކަށް ޢައްޔަންކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު ގެ ހަވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީންނެވެ.

ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބްދުއްސަލާމް ޢާރިފަކީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެއް ކަމަށާއި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛާ ޖިހާދާ އަނީސް އެންމެފަހުން އަދާކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ކަމަށާއި އޭގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިތުރުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގެ އިސް މަޤާމުތަކެއް އޭނާ ފުރުއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަލްއުސްތާޛާ ޖިހާދާ އަނީސް ވަނީ މޯލްޓާގެ އައި.އެމް.އޯ. އިންޓަނޭޝަނަލް މެރިޓައިމް އިންސްޓިޓިއުޓުން މާސްޓަރސް އޮފް ލޯސް އިން އިންޓަރނޭޝަނަލް މެރިޓައިމް ލޯ ހާސިލުކުރައްވާފައެވެ.

އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަންކުރެއްވި މަރްޔަމް ލައިޒާ މީގެ ކުރިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރަރއެއްގެ މަޤާމާއި، ހިއުމަންރައިޓް ކޮމިޝަނާއި، އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، އަދި ތަޢުލީމީ ދާއިރާގެ މަޤާމުތައް އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. މަރްޔަމް ލައިޒާ ވަނީ ތައިލެންޑުގެ މަހިޑޯލް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑީސެންޓްރަލައިޒޭޝަން، އަދި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައެވެ.

އިންތިޤާލީ އިންސާފުގެ ބިލު ތަޞްދީޤު ކުރެއްވީ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. މާމީ

    ރާބޮއިގެން އަރުވާލި މައްސަލަ ވެސް ބަލަންވާނެ.

    140
    1
  2. ބޭކާރު

    އަނެއްކާވެސް ދައުލަތުގެ މުދަލާއި ފައިސާ ބޭކާރުވެގެންދާނެ ތަނެއް ވުޖޫދުވީ.

    146
    • ޝައްފަ

      އިބޫ އަށް ލިބުނު ޕިކްނިކް އައިލެންޑް އެއްގައި ރޫމް ހަދާ، ރިސޯޓެއް ގޮތަށް ހިންގި މައްސަލަ ބަލަންވާނެ.

      87
  3. ޓައްޕު

    ކުރީ ސަރުކާރުން ހިންގި ރަނގަޅު ކަންތަކާ ރައްޔިތު މީހާޔާ ގުޅުންހުރި ފައިދާވި ކަންތް ބެލުމަށް ޓިމެއް އެކުލަވާލުން މުހިންމު އެއްވެސް މީހަކީ ފުރިހަމަ މީހެއްނޫން ތިބާޔާ އޭނަޔ ާ ވެސް އަޅާކިޔާލަބަލަ

    77
  4. ޢަފްލާ

    މީނާގެ އަމިއްލަ މައްސަލަތަށްވެސް ބެލެންވާނެ ކެރިގެން

    76
  5. ހުސޭން

    5 އަހަރުގެ ދައުރެއް ލިބުމުން އަވަސް ވެގަންނަން ޖެހެނީ ވެރިކަމަށް އަންނަންވެގެން ކުރި ވައުދުތައް ފުއްދަން، ކޮންމެ ސަރުކާރަކުން ކުރިއަސް އެއްވެސް މީގެއްގެ ޙައޤެއް ނިގުޅައިގެންް މީހަކަށް އަނިޔާވެރިވެފައި ވާނަމަ ބަދަލު ލިބިގަތުމަށް ދައުވާ ކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ.

    66
  6. ކޮރަލް

    އެމްޑީޕީ އަކީ އިންތިހާބު ތައް ކައިރި ވީމަ މައްސަލަ ތައް ބަލާ ބައެކެވެ. ތިޔައީ ސިޔާސީ ކަމެކޭ ބުނެވިދާނެ އެވެ. ވޯޓުގެ ބޭނުމުގަ އެވެ. އަދި ކަމެއް ނުކޮށް ދެވުނީމަ އެވެ.

    77
  7. އަލީ

    ރާއްޖޭގެ ބައެއް ޕޮލިސްސުޓޭޝަންތަކާ ކޯޓުތައް އަންދާލި ބޮޑުހުޅުގެ މައްސަލަ ނިކަންބަލާލަބަލަ.. އެކަން ކުރުވަން މުގުލުގަ ހުރިމީހާ ގެންގޮސް ކުޑަގޮޅިއައްވައްދަބަލަ.....

    92
  8. ފާތުން

    ސޯލިހުބެ އައް ވެރިކަން ދިނީ ތިކަހަލަ ބޭކާރު ކަންތައްކޮއްގެން އަހަރުމެން ދައްކާ ޓެކުސްފައިސާ އިސްރާފު ކުރާކައްނޫން ... 2 އަހަރު މިދިޔައީ ބައިކޮޅައް ކުޅެ ހުރިހާގޯލެއް ތިޖަހަނީ ބައިކޮޅައް. ސޯލިހުބެ މިހާރު ރައްޔިތުން ތިބިހާލު އެނގިލައްވާތޯ؟؟ މިހާރު މުޅިދުނިޔެއިން ވެސް އަހަރުމެން ބޮއިކެޓު ކުރީތޯ؟ ސޯލިހުބެ އަސްލު ތިއުޅުއްވަނީ ކޯއްޗެއް ހޯއްދަވަންތޯ؟

    69
  9. ވިސްނާލުމަށް އެދެމޭ

    އަމިއްލަ ސަރުކާރުގެ މައްސަލަތައް ބަލާނެ ކޮމިޓީއެއްވެސް އު ފައްދަބަލަ....ހުރިހާ ސަރުކާރަކަށްވުރެ މައްސަލަބޮޑު ވައްކަންގިނަ މިސަރުކާރުގެ...އެހެންމީހުންނަ އިނގިލިދިއްކުރާއިރު ތިމާޔާދިމާލަށް ތިންއިނގިލި އެބަހުރޭ ދިއްވެ ފަ..

    64
  10. ޖަންގަލި

    މަޢުމޫނު ކަލޭގެވެސް މައްސަލަތަކެއް ހުންނާނެ ދެއްތޮ، ތިޔައޮތީ ނަގޫފިތިފައި ދެން ލަލަލަލަ

    56
    2
  11. Anonymous

    ބަލަ މަނިކުފާނު މޮޔަފުޅުވަނީތޯ ބާރެއްލިބުނީމާ ހިތްތިރި ކުރާކަށް ނޭގުނު ކާމިޔާބީގާ ތިވަނީ ފިރުއައުނަށް ބަހާ އަމަލާ ސީދާނުވާ ދެބަންދިހާރެއް ދެއްތޯ

    61
  12. ޕުއްޕުހާން

    ބަލަ މަނިކުފާނު މޮޔަފުޅުވަނީތޯ ބާރެއްލިބުނީމާ ހިތްތިރި ކުރާކަށް ނޭގުނު ކާމިޔާބީގާ ތިވަނީ ފިރުއައުނަށް ބަހާ އަމަލާ ސީދާނުވާ ދެބަންދިހާރެއް ދެއްތޯ

    44
  13. މަސްއޫދު

    ކުރީ ސަރުކާރުގެ ކޮންމައްސަލައެއް ! ބަލަންވީ މިސަރުކާރުގެ މައްސަލަތައް!ހަކުރު ކިލޯއެއް 16ރ އަށް ދެއަހަރުދުވަހުގެ ބަޖެޓް ފައިސާއަށް ހެދިގޮތް! ބޭރުގައުތަކުންނާއި ދުނިޔޭގެ މާލީ އިދާރާތަކުންދިން ފައިސާގެ މައްސަތައް! ވެންޓިލޭޓަރގެ ޚިޔާނާތް! ތިޔައުޅެނީ ވޭތުވެދިޔަ ސަރުކާރުގެ މައްސަލައެއް އިވިގެނެއްނޫން! ގާތްބަޔަކަށް ދައުލަތުގެ ފައިސާއިން މާލީ މަންފާތަކެއް ދޭންވެގެން! މިޅާ ކޮރުވާނަމަ ކިހާރަގަޅު!

    57
  14. އާތިފް

    ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބްދުއްސަލާމް ޢާރިފަކީ ހައިކޯޓްގެ ފަޑިޔާރު ފަރުހީޒާގެ ފިރިމީހާއެވެ. މިކަމުން މަސްލަހަތުފުށު ނާރާތޯއެވެ.

    52
  15. ނަައީމް

    ކައުންސިލް އިންތިހާބައް ތައްޔާރުވުމުގެ ގޮތުން ބޮޑާހާކާމީހުން ރުއްސަނީ ރައްޔިތުންނޭ ވިސްނާ މިގޮތައްގައުމު އާރާސްތުވާނެތޯ ރައްޔިތެއްގެ ދިދިރިއުޅުންތަނަވަސްވާނެތޯ ގައުމުނުވާތަރައްގީއަކުން ރައްޔިތުންނޭ ބިރުނުގަނެ މިފަހަރު މިތިބީ ހަގީގަތް 2ފަނަފަހައްރައް ފެނިވާނުވާއެގިތިބެ ޕީޕީއެމް ކައުންސިލަރުންނައްވޯޜުދެއްވާ މީ މިއަދު ގައުމުގެ ހާލުގެދުލުން ގޮވާގޮވުމަކީ

    51
  16. ހުސޭނުބޭ

    ތި ޤާނޫނު ކަލޭގެ ކަރުގައި މާ ބާރަށް ދަތްއަޅާނެކަން ހަދާންބަހައްޓާތި! ސަރުކާރުން އެންމެ ގިނަ ވައްކަންކުރި މީހަކީ ކަލޭ! މައުމޫނުގެ 30 އަހަރަކީ އޭރުގެ ސިސްޓަމް އޮތްގޮތުން ރަގަޅުކުރާނެ ފުރުސަތެއްވެސް ނެތް ސިސްޓަމެއް! އެކަމަކު 2 އަހަރުން މައުމޫނުވެސް ކަލޭ ވަނީ ފަހަތަށް ޖައްސާލާފައި! ކަލޭގެ މައްސަލަތައް ބަލަން ފެށީމާ ދެލޮލުން ކަރުނަބާލާފައި ރޯނީކީ ނޫން

    51
  17. ރޯދަ މުބާރިކް

    ސަހަރޯ!..މި ވެސް ދުވަހެއް!

    44
  18. Anonymous

    މިކަހަލަ ތަންދޮރު ނޭގޭ ބީތާއިން އިސްކުރީމާ ވާގޮތް މިފެންނަނީ

    57
  19. ރަދީފް

    މީތި ކަޑަ.މީގަ އަސްލު ސަޅިވާނީ 2008 އިން 2012 ސްކިޕްކޮށްފަ މުއްދަތު ލިޔެގެން.އެދެމެދު އެއީ ރާއްޖޭގަ އެއްވެސް ގޯސްކަމެއް ވެރިކަމުގަ ތިބި މީހުން ނުހިންގާ 4 އަހަރު.ލަދު ކޮބާ؟؟ ވ.ވެދުން

    41
  20. ހަސަން

    އަމިއްލަ ފަސްބައިގެ ތަހުޤީޤު ކުރިއްޔާ މާރަގަޅުވާނެ! ގަމާރު މީހާގަޑާ!

    46
  21. ފާތުމާ

    ހިންނަވަރު މޯދީ / އަންނި / މައްސަލަވެސް ބެލެން ޖެހޭނެ.....
    37 މިލިޔަން / 444 ރުފިޔާ ވެސް ބަލަން ޖެހޭ

    44
  22. ބެއްޔާ

    ތީ ރައީސް ޔާމީނަށް އަނިޔާދޭން ޖަހާ މަޅިތަކެއް.

    44
    1
  23. ސާބަސް

    ޤަވްމު ހިންގުމަކީ މިއީބާ ކޮމިޝަންތައް ދައްދަވައިގެން ހަމައެކަނި ވޭތުވެދިޔަ ސަރުކާރުގެ މައްސަލަ ތައް ބެލުންބާ. ނުވަތަ ޤަވްމުގެ ރައްޔިތުން ކުރިއަށް ދެވޭނެ މަގުތައް ތަނަވަސްކޮށްދެއްވުން ބާ ؟ ހަމައެކަނިބަލަނީ ވަކިސަރުކާރުގެ މައްސަލަ ތޯ؟ ކޮބާ ޢަދުލް އިންސާފް ސަރުކާރުތައް ވައްޓާލުމަށް މަސައްކޮށްކޮށް ރިޝްވަތު ދިން މީހުންގެ މައްސަލަ ބެލުން ނެތީބާ؟.ކީރިތިކުރައްވާ މައްސަލަ ނުބައްލަވާތޯ.ކުރގެ ރައިބުއިމައްސަލަ ނުބައްލަވާތޯ . ވަލުޖަނަވާރުންވެސް މިއަށްވުރެ އިންސާފުވެރިވާނެ .ބަލަރައްޔިތުން ވެރިކަން ޙަވާލްކުރެއްވީ ޤަވްމު ކުރިއަށް ގެންގޮސް އުފާފާގަތިކަން ރައްޔިތުންނަށް ގެނަސްދެއްވުން

    23
    1
  24. އާސިދާ

    އަންނި އަޅެ ދަށުވެހުރީތަ މީނާ ޒައިޒް ނުކުރަންތަ ތީދެންބޮޑުވަރު..

    20
  25. އާސިދާ

    މީނާ އެއުޅެނީ ބެއްޔާމެން ގާސިމް މެން ކާރީގަތިއްބަސް ބިރުގަންނަވާ ފަ ސައިޒް ކޮށްފަ އަބަދުވެސް ބިރުގަންނަވާފަ ބައިތިއްބަން ރަނގަޅު އުޚުޅެއް އެއީ..

    23
    • ކުޑަބެ

      ކޯލިޝަނުން ވަކިވެއްޖިއްުޔާ މާ ފުށީ ޖަލުގަ ބަޑިޖެހިމއްސަލަ ބަލާ ގޮތަށް ބްލެކް މެއިލް ކޮއްލީ ދޯ

      10
  26. ނަދާ

    ކިހާވަރަކުން ދާނެބާ

    20
  27. އަމީނާ

    މި ސަރުކާރުގެ މައްސަލަބަލާކައް މީހުން އައްޔަން ނުކުރައްވަނީތޯ. މި ސަރުކާރު ބަލަހައްޓަންނޫންތޯ ވެރިކަން ހަވާލުކުރީ. މި ސަރުކާރުގަ ހުރި މައްސަލަތައް މަދީތޯ.. ނުވަތަ ނޭނގެނީތޯ.؟

    26
  28. އައްޑޫ ލެއި

    މިފަސްއަހަރު ކަލޭމެންނަށް ވާނީ ތިކަން. އޭރުން ވައުދުފުއްދުނީ

    26
  29. ސިއްކަ

    ވެލާނާގޭން ވަެްކަން ކުރި މައްސަލަ ވަަމެ ބަލަން.
    ކުލީ ސިފަިއިންނގެނައި މައްސަލަ ވެސް

    21
  30. ނަޝީދު

    ކަލޯ ރައްޔިތުން ނިކަމެތިވެ ބިކަހާލު ޖެހެމުންދާއިރު ވެސް ކަލޭ ޒާތީ ހަސަދަ ބާލަން ދޯ އުޅެނީ ތަނެއް ދޮރެއް ނުދަންނަ ގަމާރަކު ވެރިކަމައް އައީމަ ދެންވާނީ މިހެން މަފަހަރު ރައްޔިތުން ހިސާރި ރަނގާޅައް ކައުންސިލް އިންތިހާބުގާ ސޯޓުބާލާލާނެ މިހާރުވެސް ބައެއް ގަމާރުން ބިރުން ނަން ނަގަން ފަށައިފި...

    21
  31. ސޫއޫދު

    މިގާނޫނުން އިބޫއައްވާނީ ރާމަމަކުނު ލަކުޑިކީހަން އުޅުނީމަ ވީވަރު މިހާރު ސަރުކާރުން ނުފޫޒް ފޯރުވާ 3 ބާރުގެ ކޯލިށަން މެންބަރުންވެސް5
    ޢަހަރާއެކު ނިމޭނެ އަލުން އިންތިހާބެއް ކާމިއާބެއްނުވާނެ ރާއްޖެއިން ކޯލިޝަނެއްވީމަ އެމްޑީޕީ އެކަނިނުކުމެ ރިއާސީއިންތިހާބެއް ކާމިޔާބުނުވާނެ މަޖިލީސް ކާމިޔާބުވަނީ ބޮޑެތިއާއިލީ ރައްޓެހިންގެ ގުޅުމުގެތެރެއިން އެނިސްބަތްވާ ގޮނޑިއެއް

    16
  32. މިއަދު

    މަސައްކަތްފަށާނީ 2013 އިންތަ ނޫނީ 1953 އިންތަ 1953 އިންފަށައިފިނަމަ އެއިރުގެ ރައީސާއި މިނިސްޓަރުން ތިތަނަށް ހާޟިރުކަން ކިހިނެއްބާ ކޯޓުއަމުރު ހޯދާނީ މައްސަލައިގެ ތަހުގީގުނިމި ޝަރީޢަތުން ޖަލުހުކުމެއްކޮށްފިނަމަ އަމީނާއި ނާސިރުގެ ސަންދޯއްގެނަސް ޖަލުގައި ބަހައްޓާނީބާ

  33. ޢުނބުޝޭމް

    މިތާބެރިން ނާބައްދަލު ކުރަނީ ކިހިނެއް

  34. ޖުހާ

    40 ވަގުން ބަގުޑި ބައްދަނީ

  35. އަބްދޫ

    ގދ. ތިނަދޫ ފަޅުރަށަކަށް ހަދާ ގދ.ތިނަދޫން މީހުން ބޭލުމުގާ ރައްޔިތުންގެ ގިނަ މުދާތައް އޭރުގެ ސަރުކާރުން ނަހަމަގޮތަށް އަމަލުކޮށްފާ އޮތުމުގެ ސަބަބުން ވަނީ ގެއްލިފަ. އަދި ތިނަދޫ އަކި ގއ.އަދި ގދ.އަތޮޅުގެ އެންމެން އުފައްދާތަކެތި ގދ. ތިނަދުއަސް ގެންގޮސް ވިއްކާ ވިޔަފާރިކޮށް ގެން މިހާރު މިއޮތް ދެއަތޮޅުގެ އެންމެން ދިރިއުޅުމުގެ ހާލަތު ބަލަހައްޓާ މައިރަށް. ގަދ. ތިނަދޫއަކީ ރާއްޖެއ ބެރަށް ދަތުރު ކުރާ ގިނަ އޮޑިފަހަރުގެ އިރުރަށް އެތައް މަސްދޯންޏެއް ހުރި ރަށެއް. ތިޔާގި ކަމާ ތަނަވަސްކަމުން ރާއްޖޭގެ އެއްވަނަ. ސަރުކާރުން ހިންގާ ކުންފުނުތައްވެސް ތިނަދޫގަ ހުރި. ހުވަދުއަތޮޅުގެ އާބާދީގެ އެންމެން ކެއުމާ ބިމުން ބަޑުފުރާނަ މުއްތި ކުރުމަށް ބޭނުންވަ ކާބޯތަކެތި ތިނަދޫން ގަންނަނީ ބޮލި ރޯނު ފަންގި އައި އަތޮޅުގަ ހެދޭ މޭވާގެ ބާވަތްތައް ވިއްކުމަށް ފަހު ހަނޑުޫ ހަކުރު ފުށް ގަނެގެން އެމީހަކު ދިރިއުޅޭ ރަށަށް ގެންގޮސްގެން ކަމަށްވާއިރު ގދ. ތިނަދޫން މީހުން ބޭލުމުގެ ސަބަބުން ދިމާވެދާނެ ބަނޑުހައިހޫނު ކަމަކާ މެދު އޭރުގެ ސަރުކާރުން އެއްވެސް ވަރަކަށް ވިސްނާފައެއް ނެތް އަދި މެދުވެރިވި ބަނޑުހައިހޫނުކަމުގެ ހާލަތަށް އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދީފައެއް ވެސް ނެތް. މިހެން ވުމުން ބަނޑުހައިހޫނުގާޖެހި ކާނެއެއްޗެއްނުލިބި ބަނޑަށް މަރުވީ ގދ.ތިނަދޫން ބޭލި ކިތައްއައިލާގެ ކިތައްމީހުންކަން ދިވެހިސަރުކާރަށް އެގިފަ އޮތްބާ؟ މިހުރިހާފަރާތްތަކަކީ އޭރުގެ ސަރުކާރުގެ އިހުމާލުން އަނިޔާލިބި މަރުވެދިޔަ މީހުން މިމީހުންގެ އާއިލާތަކަށް ބަދަލު ލިބެންޖެހޭނެ. މަރުވެދިޔަ މީހުނާ އެމީހުންގެ ގޯތި ގެދޮރަށާ ހިފާގެންގުޅޭ ތަކެއްޗަށް ވެސް ބަދަލު ލިބެންޖެހޭނެ. ކޮންމެ މިހަކީ އޮޑިދޯނިފަހަރު ހުރި މީހެއްނޫން. ވީމާ ކޮންމެ މީހަކުވެސް ބެލީ ތިމައާއި ތިމާގެ އަނބިދަރިން ރަށުން ބޭރު ވެގެން ދެވޭތޯ. މިއީ ވަރަށް ބޮޑުއަނިޔާ އެއް. ގަދ. ތިނަދޫން މީހުންބާލާ އައިލާތައް ބަނޑަށްޖައްސާ މަރުވަން ދުކޮށްލާކަށެއް އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެއްނުވޭ.

  36. ޙހހހ

    ދެން ނެތެއްނު ރައްޔިތުންނަށް ކަމެއްކޮށްދޭނެ ވަގުތެއް ، އަބަދުވެސް ހަސަދަ ފިލުވުމާއި ،އެހެން ބަޔަކަށް ވެރިކަމަަށް ނާދެވޭވަރަު ތިކުރަނީ ކޮންމެބަޔަކު އެރިޔަސް ، ރައްޔިތުން ހަނާ

  37. ތިންއަލިފް

    ފުލުހުންނާ ޒާތީވެގެން އަންނި ފުލުހުންގެ ޤާނޫން ބަދަލުކުރީ. އަެނާގެ ވެރިކަން ވެއްޓުނީ ސިފައިންނަށް ނަޝީދު ހިމާޔަތް ނުކުރެވުމުން. ސިފައިންނަށް އެމީހުންގެ މަސްއޫލިއްޔަތު އަދާނުކުރެވުމުން. ދިވެހި ރައްޔިތުން އެމީހުންނާ ހަވާލުކުރި ހަމަ އެކަނި އަމާނާތް އެމީހުންނަށް ނުބެލެހެއްޓުނު. އެއީ ބަޑި ގުދަނުގެ ތަޅުދަނޑި. ރަށްރަށަށް ފުޅަނގި އަރާހެން ފަޅުރަށް ރަށުގެ ގޮނޑު ދޮށުގައި ބަޑި ގުދަނުގައި ހުރި ހަތިތާރު ހުއްްޓާ ނުފެނޭތޯ؟ އެކަމާ އެމީހުން ޒިންމާ ކުރުވިތޯ؟ ދުނިޔޭގެ އެހެން ގައުމެއް ނަމަ ޗީފް އޮފް ޑިފެންސަށް ޖިނާޢީ ދައުވާކުރާނެއެވެ. ނަމަވެސް ބަދަލުކުރީ ފުލުހުންގެ ގާނޫނެވެ. ފިޔަވަޅު އަޅަން އެމްޑީޕީ އަށް ކެރުނީ ފުލުހުންނަށެވެ. އެއީ ފުލުހުންގެ މިނިސްަޓަރަކަށް އެމްޑީޕީގެ މީހަކު ނެތުމުންނެވެ. ނަޝީދު އިސްތިއުފާ ދިނުމަށް ހުރިހާ ޕްރެޝަރެއް ކުރިމަތިވީ ސިފަިއންގެ ނާގާބިލް ކަމުންނެވެ. ސިފައިންގެ ޕްރެޝަރާ ހުރެ ނޫންތޯބނަޝީދު އިސްތިއުފާ ދޭންޖެހުނީ؟ އެމީހުންނޫތޯ ނަޝީދު ޙިމާޔަތް ނުކޮށް ނާޒިމް އާއި އަބްދު الله ރިޔަޒް އަށް ސިފައިންގެ އަށް ވަދެވުނީ ފުލުހުން ވެއްދީމަތޯ؟ ފުލުހުންތޯ ސިފައިންގެ ގޭޓް ޑިއުޓީގައިތިބީ؟

    2
    1
  38. މަސްއޫދު

    އިބުރާހިމް މުަހައްމަދު ސާލިހުއަށް ތުހުމަތުކުރާ 30 މިލިޔަން ރުފިޔާގެ މައްސަލަ ބަލައިބަލަ! ދޮގުހެދުގައިވެސް އިބުލީސްއަށްވުރެކުރީގައި ހުރިމީހެއް ރައީސް ސާލިހަކީ! ޝައިތާނާބުނީ ދިވެހިރާއްޖެއަށް ނާރާނަމޭ ތިމަންނައަށްވުރެ މާކުރީގައެއޭ އިބުރާހިމް މުހައްމަދު ސާލިހު ދޮގުހެދުމުގައިއުޅެނީ1

  39. ލާދީނީ އަންނި

    އެއްމެ އިސްކޮއްހުނާނީ އަޅުގަނޑު.

  40. ސޯލިހު

    ކަންބޮޑު ނުވޭ. މައްސަލަތައް ނުނިމުނަސް މި 5އަހަރުގެ ދައުރު ނިމުމުގެ ކުރިން އިންތިގާލީ ގާނޫނުގެ މުއްދަތު ހަމަވާނެ.