ކުއްލި ނުރައްކަލުގެ ގަރާރުގައި ހިމެނޭ ބައެއް މާއްދާތައް ތެރޭގައި މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅުން ހުރި މާއްދާތައް އެބަހުރިކަމަށާއި، އެ މާއްދާތައް ނުހިމަނައި، މި ގަރާރު ފާސްކޮށްދެއްވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ބަަހުސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންއަށް ކުއްލި ހާލަތު އިއުލާނު ކުރުމުގެ ބާރު ލިބިވަޑައިގަންނަވާ ކަމަށާއި، އަދި އެ ލިބިވަޑައިގަންނަވާ ބާރުގެ ތެރޭގައި ބައެއް އަސާސީ ހައްގުތައް ހިފެހެއްޓުމާއި، ބައެއް ގާނޫނުތައް ހިފެހެއްޓުމުގެ ބާރުވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މި ގަރާރުގެ ބައެއް މާއްދާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅުން ހުރި މާއްދާތައް އެބަހުރިކަމަށެވެ.

"އެހެންވީމަ ކުއްލި ހާލަތުގެ މި ގަރާރުގެ ދަށުން މަޖިލީހަށް ލިބިގެންވާ ބާރުތަކާއި އަދުލު އިންްސާފަށް ލިބިގެންވާ ބާރުތައް މިގޮތަށް ހިފެހެއްޓިދާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ އެހާ ފަސޭހައިން ގާނޫނީ ގޮތުން ގެނެވިދާނެ ވާހަކައެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، 99، 100، 101، 113، 218 ހަވާލާދެއްވާފައި ހުރި މާއްދާތަކާއި ދޭތެރޭ ކޮމެޓީގައި ބަލައި އެ މާއްދާތައް ނުހިމަނައި، މި ގަރާރު ފާސްކުރެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަޙްމަދު ޢަލީ

    ނަޝީދުގެ ތައައްސަބު ޢިލްމީ ދައްކުވައިފި

  2. އަބްދުއްލާ

    އަޅުގަނޑަކަށް އެއްވެސް މާއްދާއެއް އުނިކުރާކަށް ނުފެނޭ ، އަޅުގަނޑަށް ފެންނަނީ ގާނޫނުއަސާސީގަ ބުނާ ފަދައިން 2 ވަނަ ބާބުގާ ހިމެނޭ ހަމަހަމަ ކަމުގެ ބައި ހިފެހެއެްޓުމަށް ފަހު ސަރުކާރާ އެއްކޮޅާ ސަރުކާރާ ދެކޮޅާ މެދުމިނަށް ވަކު ހުދޫދެއްކަނޑައެޅުމަށް އެކަންވެސް މިވަގުތު މިބާރުގެ ދަށުން ކުރެވޭނެ ނޫންބާ؟

  3. ޒަމީރު

    118 އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރުން.

    158 ޤަރާރާ ގުޅިގެން އުފެދޭ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުން.

    ރަގަޅު މާއްދާ އޮޅިއްޖެ.

  4. އައިއެފް

    "ޗިސްޗިސް ކޮށްލިޔަސް ފިސްފިސް ކޮއްލިޔަސް ޢަބުދުﷲޣާޒީ ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށޭ ބުނާނަން" މިއީ މިބޭފުޅާ ކުރިން ވިދާޅުވިބަހެއް. އެއްވުމެއްގައި. އޭރުގެ ސަރުކާރާދެކޮޅަށް އެއްވިއިރު. މިހާރު މިބޭފުޅާގެ ތަޤުރީރު ކޮބައިތޯ؟ ދެފަނޑިޔާރުން އެއޮތީ ހައްޔަރުކޮށްއި. އެވެސް އެންމެ މަތީކޯޓުގެ. ސާބަސް މެންބަރު ނަޝީދުއަށް. ދެން މިއަދުވެސް ކުޑަނަމަވެސް ޚައްޤުބަހެއް ވިދާޅުވީތީ ޝުކުރިއްޔާ. 1ފެބުރުއަރީ އަމުރު ނެރުނިސުރެ މިއަދާ ހަމަޔަށް ހުރީ ހަނު. ލިބިފައިވާ ޢިލްމުގެ ބޭނުން ކުރަންޖެހޭނެ. ބަޔަކު ނުރުހުނަސް.

  5. Anonymous

    ބޭކާރު މީހެއްތީ؟
    އަގެއްނެތް މީހެއް؟
    މަވަރުގެ މީހަކު ނެތޭ ހިތާ އުޅުނަކަށް މިއަދަކު ބަލާނެ މީހަކު ނެތް؟

  6. ސިންގާ

    ތިމާފޭެހުނުއިލޮށިހެރިފައިދެނޮ