ޝިފާ ވަގުތަށް މައުލޫމާތުދެއްވަނީ - ވަގުތު ފޮޓޯ: އަބްދުﷲ އަބީދު
ޝިފާ ވަގުތަށް މައުލޫމާތުދެއްވަނީ - ވަގުތު ފޮޓޯ: އަބްދުﷲ އަބީދު

މޯލްޑިވްސް ޔުނައިޓެޑް އޮޕިޒިޝަން (އެމްޔޫއޯ) ގެ ޑެޕިއުޓީ ލީޑަރުކަމަށް، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު އައްޔަންކޮށްފިއެވެ.

ADS BY SHEESHA

އެ މަގާމަށް ޝިފާ އައްޔަންކުރެއްވީ، އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޝިފާއަކީ، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ވެސް މެއެވެ.

އެމްޔޫއޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ޑެޕިއުޓީ ލީޑަރުކަމުގައި ހުންނަވައިގެން ކުރެއްވި ބުރަ މަސައްކަތަށް، އަލީ ވަހީދަށް ޝުކުރު އަދާކޮށްފައެވެ.

ADS BY SHEESHA

އަދި އިދިކޮޅު ހުރިހާ ފަރާތްތަކެއް އެއްބައިވެގެން، ރާއްޖެއަށް އަލުން ޑިމޮކްރަސީ ގެނެސް، މިނިވަން އިންތިހާބެއް ބޭއްވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް، އެ ބަޔާނުގައި ބުނެފައިވެއެވެ.

1 ކޮމެންޓް

  1. އަދިވެސް އިތުބާރު ގެއްލި މީހުންގެ ކުރިމަތީ އަގު ވެއްޓިފަވާ މީހުން ލީޑަރުންނަށް ލާ.... އެއަރޕޯޓްގަ މުޒާހަރާކޮށް، މަގުމަތީގަ ބޭއަދަބީ ބަހުރުވައިން ހަޅޭއްލަވާ ގުންޑާ ކޫޑިންނަށް އިސް މަޤާމުތައްދީ...