މާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
މާލޭގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ

މާލޭގެ މަގުތަކުގެ މިހާރުގެ ޙާލަތަށް ބަލާއިރު އެކި ބޭނުންތަކަށް ވަޅުލާފަ ހުރި ހޮޅިތަކާއި، ކަރަންޓް ނަރުފަދަ މުހިއްމު ތަކެތި ބިމުގެ އަޑީގައި ވަޅުލާފައި ހުރުމުން މާލޭގެ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރެވެން ނެތްކަމަށް ހައުސިން މިނިސްޓަރ ޑރ.މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ADS BY OOREDOO

މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައެވެ. ޕީއެސްއެމްގެ ޓީވީއެމް އަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތައް ތަރައްޤީ ކުރައްވަން ފަށްޓަވާފައިވަނީ ދިރާސާތަކެއް ހެއްދެވުމަށްފަހުގައިކަމަށެވެ.

"އަބަދު މަގުތައް ރޫޅާ މަސައްކަތް ކުރަން ޖެހޭ މަގުތަކުގައި. މިގޮތަށް ހުންނަ ތަނެއްގައި ގާ އަތުރައިގެން ކަމަށް ރަނގަޅު ވާނީ އަޅުގަނޑުމެންނަށް ލިބުނު ލަފަޔަކީ" މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގެ މަގުތައް އެންމެ ފުރަތަމަ ތަރައްޤީ ކުރައްވަން ފަށްޓަވާފައިވަނީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިންނެވެ. އޭރު މާލޭގެ މަގުތައް ތަރައްޤީ ކުރުމުގައި ގެންގުޅުނު އުސޫލުގެ ސަބަބުން، މަގުތައް އަލުން މަރާމާތު ކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ADS BY SHEESHA

ހައުސިން މިނިސްޓްރީ އިން މިހާރު ގެންދަވަނީ މާލޭގެ މަގުތައް މަރާމާތު ކުރުމަށް ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަވަމުންނެވެ. މިމަޝްރޫޢުގެ ދަށުން މާލޭގެ މުހިންމު 13 މަގެއްގައި އަލުން ގާ އަތުރާ ދުވާރު މަރާމާތުކޮށް ފެން ހިންދާ ނިޒާމު ރަނގަޅު ކުރާނެއެވެ. މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ގެންދަނީ މަޖީދީމަގު މަރާމާތު ކުރުމުގެ މަސައްކަތެވެ.

ADS BY ASTERS

5 ކޮމެންޓް

  1. މާލެ މަގުތައް ތާރުއަޅައިގެން ތަރައްޤީ ނުކުރެވުނަސް ރަށްރަށުގެ މަގުތައް އެގޮތަށް ހެދި ދާނެއެއްނު ! ކީއްވެބާ ނުހަދާދެނީ !

  2. ކަންނެލި އިސްމާލްފުޅު( ބާޅެ)

    މަށަށް ފެންނަނީ ސަތަރި އަޅަން. އޭރުން އަގުހެޔޮ ވެފަ ބަދަލް ކުރަން ވެސް ފަސޭހަ ވާނެ

  3. މިއިއްޒު ވިދާޅުވިޔަސް ތީ ރަނގަޅުވާހައެއް ނޫނެވެ. ތާރު އަޅައިގެން މަގުތައް ހެދޭނެއެވެ. އެގޮތަށް މަގުތައް ހެދިޔަސް އިރު އިރުކޮޅާ މަގުތައް ކޮންނަށް ނުޖެހޭގޮތަށް ޕްލޭންކޮށް ދެފަރާތުގެ ދުވާރުގެ އަޑީގައި ބޮޑުކާނު ލާފައި މީހުން އެކާނަށް ނުވެއްޓޭގޮތަށްވެސް ހެދޭނެއެވެ. އަދި މަގު ހުރަސްކޮށް އަޅަންޖެހޭ ކޭބަލާއި ހޮޅިތައް އެޅުމަށް މަގުހުރަސްކޮށްވެސް ބޮޑުކާނުތައް ލެވޭނެއެވެ. ނަމަވެސް އެވަރުގެ ތެތްކަން ސިނކުޑީގައި ނެތީކަމެއް އެގޮތަށް ކުރަން ބޭނުން ނުވަނީ ކަމެއް ނޭނގެއެވެ. މިހާރު މަގު ތަކުގައި އަޅާފައި ހުރި ގާތައް ނަގާފައި އަލުން ގާ އަތުރާލުމަކީ ކުރާ ބޮޑު އިސްރާފެކެވެ. އެއްކޮޅުން ގާ އަތުރަމުން ދާއިރު ކުރިން ގާއެތުރި ކޮޅުން ވެސް އޮންނަނީ ގާތައް ނަގައި މަގު ކޮންނަން ޖެހިފައެވެ. ކޮންނަމީހުން ދެން ގާއަތުރާނީ އަތުރާނެ ގޮތަކަށެވެ. މަގުތައް ހަލާކު ކޮށްފައި ގާތައް ނާތުރާ އޮތަސް އެކަން ބަލައި ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ.

  4. ދިރާސާ ކުރިނަމަ ކުރިންވެސް އަޅާނީ ގާ. ޥެގެން އުޅޭގޮތަކީ ޖމރ އަށް ޕޭ ކޮށް ނިމުނު އިރު ރިޒާވްގައި އެއްޗެއް ނެތް.
    ޢެހެން ނޫނަސް މަނިކުފާނު ކުރައްވާ އެއްވެސް ކަމަކީ މިހށތަނަށް އެއްވެސް ކޮޅެއްގައި ޖެހުނު ކަމެއ ނޫން

  5. ބަޓަރާއީ މާޖީރީންނާއީ ޖޭމު ޖަހާފައީ ހުރީ ޕާން ބޭނުން ކޮއްގެން އެހެން ނޫނީ ފުލައީވުޑު ފީލައީން ދެއްތޯ މާލޭ މަގުހެދެން އޮތީ..