ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެެވެެ.

އެ ތައުލީމީ މަރުކަޒުން އިއްޔެ ވަނީ ކުއްޖަކު މި ބައްޔަށް ފައްސިވެެފައެެވެެ. އޭނާ އަކީ ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލަރު ޙަބީބު ހަސަން ވިދާޅުވީ ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ އިތުރު އަންހެން ކުއްޖަކު މި ބައްޔަށް ފައްސިވެފައިވާކަން އެނގިފައިވާކަމަށެވެ. އެއީ ކޮން ގްރޭޑެއްގައި ތައުލީމް ހާސިލް ކުރާ ދަރިވަރެއް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެެ.

"އިތުރު އަންހެން ކުއްޖަކު ވަނީ ތައުލީމީ މަރުކަޒުން މި ބައްޔަށް ފައްސިވެފަ. އެއީ އެންމެ ފުރަތަމަ ފައްސިވި ކުއްޖާގެ ގޭގައި އުޅޭ ކުއްޖެއް" ޙަބީބް ވިދަޅުވިއެވެެ.

އޭނާ ވިދާޅުވީ އިއްޔެ ފައްސިވި ކުއްޖާ އަކީ މީގެ ކުރިން ފައްސިވި ކުއްޖާ އާއި އެެއް ގެއެއްގައި އުޅެމުން އަންނަ ދަރިވަރެެއް ކަމަށެވެ.

އެންމެ ފުރަތަމަ ފައްސިވި ދަރިވަރަކީ ދެއްވަދޫ އިހަލާއި (ކްލަސްޓާ) ގުޅިފައިވާ ކުއްޖެކެވެ. ސްކޫލް ހުޅުވުމުގެ ކުރިން އޭނާ ވަނީ ދާންދޫއަށް ގޮސްފައެވެ. ގޮސް ތިބި ގެއަކީ މިހާރު އެބަލި ގއ.އަތޮޅުގައި އެންމެ ބާރަށް ފެތުރެމުން އަންނަ ދެެއްވަދޫއަށް ދާދި ފަހުން ޒިޔާރަތްކުރި ބަޔަކު ދިރިއުޅެމުން އަންނަ ގެއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ލާދީނީ ސަރުކާރުގެ ދީހަޅި ސިޔާސަތުގެ ތެރެއިން ފެތުރުނީ

    9
    1
  2. ހޯހޯ

    ތިޔޭ މިދަންނަވާ ވާހަކަ އަކީ މިހާރުގެ އެޑިއުކޭޝަން ގެ ކަމަނާފާނު ނިކަން ރީތި ވީޑިއޯ ފޮނުވާނެ ސްކޫލްތައް ދަރިވަރުންނަށް ރައްކާތެރިކަމަށް ކޮންބައެއްތޯ ތިކަން ބައްލަވަނީ ދަ ރިވަރުން ނިމޭ ގަޑިތަލުގަ ބައްލަވާބަލަ ނިކަން ކޮބައިތޯ ތިވިދާޅުވާ ޑިސްޓެން ފިތިގެން ވެސް ބެލެނިވެ ރިންވެސް ބަލަނީ އަވަހަށް އެންމެކު ރިން ދަ ރިގޮވާން ދެވޭތޯ. މިކަންކަން ބެލެނީކީނޫން ދެން މިވިދާޅުވަނީ ތައްކާތެ ރިއޭ.

  3. ހޯހޯ

    ތިޔޭ މިދަންނަވާ ވާހަކަ އަކީ މިހާރުގެ އެޑިއުކޭޝަން ގެ ކަމަނާފާނު ނިކަން ރީތި ވީޑިއޯ ފޮނުވާނެ ސްކޫލްތައް ދަރިވަރުންނަށް ރައްކާތެރިކަމަށް ކޮންބައެއްތޯ ތިކަން ބައްލަވަނީ ދަ ރިވަރުން ނިމޭ ގަޑިތަލުގަ ބައްލަވާބަލަ ނިކަން ކޮބައިތޯ ތިވިދާޅުވާ ޑިސްޓެން ފިތިގެން ވެސް ބެލެނިވެ ރިންވެސް ބަލަނީ އަވަހަށް އެންމެކު ރިން ދަ ރިގޮވާން ދެވޭތޯ. މިކަންކަން ބެލެނީކީނޫން ދެން މިވިދާޅުވަނީ ރައްކާތެ ރިއޭ.