އައްޑޫ ފްލައިގް ސްކޫލްގެ ދަރިވަރުން "ވާނުވާ" އިން ސަލާމަތް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ސަރުކާރަށް ގޮވާލައިފިއެވެ.

އައްޑޫ ފްލައިންގް ސްކޫލަކީ 2001 ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުންއަންނަ ސްކޫލެކެވެ. މި ގާނޫނު ބުނާގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުމުގެ ހައްގު އޮންނަ، ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެންމެހައި ކަންކަން ރާވާ ހިންގާ ތަންފީޒުކުރުމުގެ ގާނޫނީ ބާރު އޮންނަ ފަރާތެވެ.

މި ސްކޫލުގައި ގިނަ އަދަދެއްގެ ދިވެހި ކުދިންނާއި ބޭރުގެ ކުދިން ތައުލީމް ހާސިލްކުރަމުންދާއިރު އެ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ނަސީމް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެޓްވީޓްގައި އޭނާ ވިދާޅުވީ "ވާނުވާ" ގައި ތިބެންޖެހުމުގެ ވޭނާއި ކެކުޅުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް އިނގޭނެ ކަމަށެވެ. އަދި މިހާލު ތަޖުރިބާ ކުރަމުންދާ އައްޑޫ ފަލައިގް ސްކޫލް ދަރުވަމުން "ވާނުވާ" އިން މިންޖުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ވާނުވާގައި ތިބެންޖެހުމުގެ ވޭނާއި ހިތްދަތިކަން ދިވެހި ދައުލަތުގެ އިސްވެރީންނަށާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންނަށް އެނގި ވަޑައިގަންނަވާނެ! އައްޑޫ ފުލައިން ސްކޫލުގެ ދަރިވަރުން ވާނުވާ އިން މިންޖު ކޮށްދެވެން އެބަޖެހޭ!" ނަސީމް ވިދާޅުވިއެވެ.

ފްލައިންގް ސްކޫލްގެ މައްސަލައިގެ ތެރެއިން އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އައިސްފައިވަނީ އެތަނުގައި ކިޔަވާ ކޯސްތައް ނިންމުމަށް ދީފައިވާ މުއްދަތު ދިގު ދެމިގެންދާ މައްސަލައެވެ. 18 މަސް ދުވަހުން ނިންމޭނެ ކަމަށް ބުނާ ޕައިލެޓް ކޯސް އެސްކޫލުން ނިންމަން ހަތަރު އަހަރު ދެއެވެ.

ފްލައިން ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވަނީ ފްލައިން ސްކޫލުގެ ދަރިވަރުންނާ ވެސް ބައްދަލުކޮށްފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާ އެކު ވެސް އެ ކޮމިޓީން ބައްދަލުކޮށް ދަނީ މި ކަމަށް ހައްލެއް ގެނެވޭތޯ މަޝްވަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒިޔާދު

    މަގޭ ދަރި ތިޔާ ފުލައިން ސުކޫލަކަށް ފޮނުވީ އޭނަޔަށް ކުރިމަގެއް ލިބޭތޯ ގެ ރަހުނު ކޮށްލާފައި ބޮޑު ލޯނެއް ނަގައިގެން. މިހާރު ހަތަރު އަހަރުވެ އެހުރީ އަދިވެސް އާއިލާޔާއި ދުރުގައި ހިލޭ ބައެއްގެ ކައިރީގައި. އަމިއްލަ ގެއިން އެސޮރު ނުކާތާ ދެއަހަރު މިވަނީ. އޭނާގެ މަންމަވެސް އެހެރީ އޭނާ ނައިސްގެން ކެތްމަދުވެފާ. އެއް އަހަރުން ނިމޭނެ ކަމަށްބުނި މި މަކަރާއި ހީލަތުން ތިޔާ ތަނަކާއިޖެހި މަގޭ ދިރިއުޅުން މި ހަރާބު ވަނީ. ލޯނުދައްކާ ދައްކާ އަހަރެންގެ ދިރިއުޅުން ހުއްޓުމަކަށް އައިއްސަ މިއޮތީ. ވާނެ އެއްޗެއް ވާން ދޫކޮށްފައި ސަރުކާރުން އެޔޮއް ތިބެނީ. ގައިމު މިވާހަކަތައް ނޭނގޭ އާދަމުގެ ދަރިއެއް މި ދިވެހިރާއްޖެ އަކުނެއް. އަހަރެމެން ނިކަމެތީން ހަމަ ނިކަމެތިކަން މަތީގައި. އެކަމަކުވެސް ހެޔޮވެރިކަމޭ ކިޔައިގެން އަހަރެމެން ވޯޓު ދިނީ

    12
  2. ނަައީމް

    ބަލަ ނިކަމެތިން ތިޔަތަންތަނުގަ ބައިވެރިއެއްނުވެވޭނެ ސަރުކާރައްވޯޓްދެއްވީތީ ސުކުރިއްޔާ ފަހުންރަގަޅުވާނެ މިފަހަރު ކައުންސިލްހޮވާދެއްވާ ؛؛؛؛؛

  3. ނަައީމް

    ބަލަ ނަސީމޫ ޕާޓީގެ އަގު ވައްޓާލަން މަސައްކަތްނުކުރޭ ނަތީޖާ ހިތިވާނޭ ކުރިޔައްއޮޓ އިންތިހާބެކޭ ކަންކަން ނުވާވާހަކަ ނުދައްކަބަލަ މީހުންގެ ކައުންސިލަރުން މަދުވެދާނެ