މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑްގެ ހިދުމަތަށް އަލަށް އިންޓަސެޕްޓަރ ފަސް އުޅަނދު ގެނެސްފިއެވެ.

ADS BY SHEESHA

ސިފައިންގެ އިންފޮމޭޝަން އޮފިސަރު ކަމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި އުޅަނދުތައް އަލަށް ކޯސްޓްގާޑް ހިދުމަތަށް ނެރުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ މި ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު އިއްޒުދީން ފާލަން ކައިރީގައި ކަމަށާއި، މި ރަސްމިއްޔާތުގައި ފަލި ޖެހުމާއި، ރިޔަލުގެ ދޯނި ދުއްވުމުގެ އިތުރުން، ބައެއް އިތުރު ސަގާފީ ހަރަކާތްތައް ކުރިއަށްދާނެކަމަށެވެ.

ADS BY SHEESHA

މި ރަސްމިއްޔާތަކީ އަސްކަރީ ރަސްމިއްޔާތެއްކަމުން އާންމުކޮށް ކުޅި ބެލުމުގެ އިންތިޒާމެއް ނޯންނާނެއެވެ. ނަމަވެސް މި ރަސްމިއްޔާތު ޓީވީއެމް އިން ލައިވް ކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.

Comments are closed.