އެއް މަސް ދުވަހުގެ ޗުއްޓީއެއް އިނގިރޭސިވިލާތުގައި ހޭދަކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން ކަރަންޓީން ވުމަށް ބ.އަތޮޅުގެ ރިސޯޓަކަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތުން ރާއްޖެ ވަޑައިގެންނެވީ މިއަދުއެވެ. އެމަނިކުފާނު ވަނީ އެއާޕޯޓުން އެއާޓެކްސީގައި ބ.އަތޮޅަށް ފުރައިވަޑައިގެންފައެވެ.

ރާއްޖެ އިން ބޭރުން މާލެ ސަރަހައްދަށް އަންނަ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތައް ހަމަޖެއްސި ފަހުން އިނގިރޭސިވިލާތުގައި ކޮވިޑް-19 އާވޭރިއަންޓެއް ފެތުރެން ފެށުމުން އިނގިރޭސިވިލާތުން އަންނަ ދިވެހިންނާއި އިނގިރޭސިވިލާތުން އަންނަ ވޯކްވިސާ އޮންނަ މީހުން 10 ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތައް ވަނީ ހަމަޖައްސާފައެވެ.

ރައީސް ނަޝީދު ކަރަންޓީނަށް ރިސޯޓަކަށް ވަޑައިގެންފައި ވާއިރު ރިސޯޓްތަކުން މާލެ އަންނަ މީހުން ކަރަންޓީން ވާކަށް ނުޖެހެއެވެ. ނަމަވެސް ރިސޯޓަކުން އެހެން ރަށަކަށް ދާނަމަ ކަރަންޓީން ވާން ޖެހެއެވެ. އެހެންވެ ރިސޯޓް މުވައްޒަފުންނަށް ރަށަށް ނުދެވޭތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ރައްޔިތުން މަޖިލިސް މެންބަރުންނަށް ލިބުނު ދެމަސް ދުވަހުގެ ޗުއްޓީ ނިމި ޖަލްސާތައް ރަސްމީކޮށް ފަށާނީ އަންނަ މަހުއެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު އަވަސް ކުރުމަށްޓަކައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތައް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރަދީފް

    ބޮޑު ބަހުލޫލް.

    30
    4
  2. ލައިލާ

    ކުރިއަށް އޮތް ހައެއްކަ މަހަށް ވާވަރަށް ހިއްޕަވާތި!

    30
    2
  3. ޝާހީ

    ހޭންގުއޯވާ ރަނގަޅުވީމަތާ ޗޭމްބަރއަށް ނިކުމެވޭނީ..

    26
  4. ބުއްޅަބޭވެސް

    ކޮވިޑް ފަދަ ނުބައި ނުލަފާ ވަބާއިން މިގައުމު ސަލާމަތް ކޮށްދެއްވާށި. އާމީން.

    24
    1
  5. ލާމު

    ވަޑައިގެންނެވީ ވެކްސިން ޖައްސަވައިގެންނޭ ކިޔާ އަޑު ވަރަށް ގަދަ. ރަނގަޅު ވާހަކައެއްބާ!؟

    18
    1
  6. އިބްރާހިމް

    ރީޗަރޖުކޮށްގެން އައުމުން ދީނަށް ފުރައްސާރަކުރުން އިތުރުވުން އެކަށީގެންވެއެވެ.

    19
    1
  7. ބަރުގޮނު

    ކުރީ ފަހަރު އިގިރޭސި ވިލާތުން ނަޝީދާ އެކު މާލެއައި މީހުން ޕާޓީބާއްވާ މަސްދަތުރުކޮށް ހެދިފަހުން އެތަނުން ޕޮޒިޓިވް ވީމާވެސް ކަމަކަށް ނުހަދާ ހުރީ. ފަހުން ނޫސްވެރިންނާ ޢާންމުން އެކަމާ އަޅާގަތީމާ ސެމްޕަލް ނަގާ ޓީމް މަޖްލިސް އިދާރާއަށް ގެނުވައިގެން މީޑިއާއަށް ފެންނަ ގޮތަށް ސެމްޕަލް ނަގުވައި ދެން މަޖްލިސް އިދާރާގައި ކަރަންޓީނުވެފައި މިފަހަރު މިހެދީ ކިހިނެއް.

  8. ހުސޭނުބޭ

    ޝަރުބަތާއެކު ކަރަންޓީނުވާން ދިޔައީ

    10
    2
  9. އަބްދޫ

    މި ބަހުލޫލު ކަލޭގެ އިގިރޭސިވިލާތަސް ގޮސްއައިއިރު ގެނަި މީހުން މިގައުމަށްކޮވިޑް މިގެނައީ މިފަހަރު އައީ އާވައްތަރުގެ ކޮވިޑް ހިފައިގެންތަ؟

    11
    1
  10. އެމަންޖެ

    ތިޔަމީހާ ތިޔަ ރިސޯޓްގަ މުޅި އުމުރު ކަރަންޓީންގަ ބަހައްޓަވާ ނަޝީދަކީ ކޮވިޑައް ވުރެ ބޮޑު ބަލިމަޑުކަމެއް މިގައުމައް ކުރިމަތިވެފައިވާ.

    5
    1
  11. ޖަޒީރާމަނިކު

    މިހާރު ތިޔަހުންނެވީ ރިސޯޓްގައި. ރިސޯޓުން މާލެއަންނަ މީހުން ކަރަންޓީނު ވާކަށް ނުޖެހޭ އަވަހަށް މާލެ ވަޑައިގަންނަވާ.

  12. ގާޟީ

    އިގެރޭސިވިލާތުން ވިލާތުގައިއުޅޭ ޝައިތާނުންބުނީ މިގައު ތިމަންމެން ބަލަހައްޓާނަމޭ! ކަލޭދާށޭ ދިވެހިރާއްޖެއާށްގޮސް އެ ގަމުގެ ރައްޔިތުން މަގުފުރައްދާށޭ! މިއީ ރާއްޖޭގައިހުރި އެންމެބޮޑުވަގު އަދި މިކަންވެސް ފަޅާއަރާނެ1

    3
    1