ރާއްޖޭގެ ރަށްރަށުގައި ކޮވިޑް-19 ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނުވާތީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ދެ ޕާޓީ ހިމެނޭ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ގއ. ދެއްވަދޫއިން ކޮވިޑް-19 ގެ އަސަރު ފެނިފައިވާ ކަން ފާހަގަކޮށްފައެވެ. އޭގެ ސަބަބުން އެ ރަށުގެ ރައްޔިތުން މި ވަގުތު ވަރަށް ބޮޑު ބިރުވެރިކަމަކާއި ހާސްކަމެއްގެ ތެރޭގައި ކަން އެ ބަޔާނުގައި ބުނެފައިވެއެވެ.

ދެއްވަދޫއިން މިހާތަނަަށް 62 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި އިހަލާއި (އިހާއާއި) ގުޅިގެން ގއ. ވިލިނގިލިން ދެ މީހަކު، ގއ. ދާންދޫއިން ތިން މީހަކު، ހުޅުމާލެއިން މީހަކު، ލ. ފޮނަދޫއިން ހަތަރު މީހަކު ފައްސިވެފައިވެއެވެ. މީހުން ދިރިއުޅޭ ބައެއް އެހެން ރަށްރަށުން ވެސް ކޯވިޑް-19 ގެ ބަލިމަޑުކަން ދަނީ މަދުން ނަމަވެސް ފެންނަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނަމުން ގެންދިޔަ ނަމަވެސް، ރާއްޖޭގެ ކުދި އާބާދީތަކުން ކޯވިޑް-19 ފެނި ކޮންޓްރޯލް ނުވެ ދިއުމަކީ އެ ބަލި ރާއްޖޭގައި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެ ކަންބޮޑުވުން އިންތިހާއަށް އިތުރުވަމުންދާ މައްސަލައެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ..

ކުދި އާބާދީތަކުގައި ވެސް ކޮވިޑް-19 ގެ އަސަރެއް ކިތަންމެ ކުޑަކޮށް ފެނުނަސް، އެ ތަނެއްގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށާއި އެ ތަންތަނުގައި ވެސް ކޮވިޑް-19 އަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އަވަހަށް ގާއިމް ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕާޓޭ ގެ ޑެޑީ

    ރަށްރަށުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވޭތީ އިދިކޮޅުގެ ކަންބޮޑުވުން. ކަލޭމެން ކަންބޮޑުނުވާ އެއްކަމެއްވެސް މިދުނިޔެމަތީ ނުހުންނާނެ. ތިހާ ކަންބޮދުވަންޔާ ބުނެބަލަ ރަށްރަށުމީހުން މާލެ ނާންނާށޭ އަދި މާލޭގަ ތިބިމީހުން ރަށްރަށައް ނުދާށޭ. ކަލޭމެން ކޮންމެކަމެއް ސިޔާސީ ނުކޮއްބަލަ. އުމުރު ތިހުސްކުރަނީ މުޅިންވެސް މީސްތަކުން ގެ ހިތުގަ އެކަކު އަނެކަކައް ނަފުރަތު އުފައްދަން

    3
    8
  2. ވގ ޔނ

    13 ވގނ ނާހާދަވައްތަރޭ