އެސްޓީއޯ އިން ހުޅުމާލޭގައި އަޅަން ފެށި ސިޓީ ހޮޓެެލް އިމާރާތުގެ މަސައްކަތް ކުރިއަށް ނުގޮސް ހަވާލުވާނެ ބަޔަކު ނުވާނަމަ އެތަން އެެހެން ކަމަކަށް ވިޔަސް ބޭނުންކުރާނެ ކަމަށް ހައުސިންްގް ޑިވެެލޮޕްމަންޓު ކޯޕަރޭޝަން (އެެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީގެެ މެެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ޕީއެސްއެމް ނިއުސް"އަށް ވިދާޅުވީ، އެސްޓީއޯއިން ސިޓީ ހޮޓަލުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެކުންފުންޏަށްވެސް ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހަމަޖެއްސޭނެ ގޮތަށް އެއްބަސްވެފައި އޮތް ކަމަށެެވެ.

އޭނާ ވިދާޅުވީ އެތަން ގަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރުމަށް ރާވާފައިވާކަމަށާއި، މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވަކި މުއްދަތެއް ވަންދެއް ކަމަށެވެެ. އަދި އެ މުއްދަތުގައި ސިޓީ ހޮޓާ ހިންގާނެ ފަރާތެއް ނުލިބިއްޖެ ނަމަ އެހެން ކަމަކަށް ވިޔަސް އެތަނުގެ ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

"ހުޅުމާލޭ ރަނގަޅު ލޮކޭޝަނެއްގައި އެތަން އެޅި ބޭނުން ނުފުއްދޭނަމަ އަޅުގަނޑުމެން މި ބަލަނީ އެހެން ކަމަކަށް ވިޔަސް އެތަން ބޭނުންކުރަން" އޭނާ ވިދާޅުވިއެެވެ.

އެ ސިޓީ ހޮޓަލުގައި 250 ކޮޓަރިއެއް ހިމެނެއެެވެ.

ހުޅުމާލޭގެ ޕްރައިމް ލޮކޭޝަނެއްގައި ގާއިމްކުރަމުން އަންނަ ސިޓީ ހޮޓަަކީ 2008 ވަނަ އަހަރު ސޮއިކޮށްފައިވާ އެެއްބަސްވުމެއްގެ ދަށުން 2012 ވަނަ އަހަރުގެ ތެރޭގައި އެސްޓީއޯއިން އިމާރާތް ކުރަން ފެށި ތަނެކެވެ. މިތަނުގެެ މަސައްކަތްތައް އެެކި ސަބަބުތަކާއި ހުރެެ ވަނީ ވަރަށް ބޮޑަށް މަޑުޖެހި ދިގުލައިގެެން ގޮސްފައެވެ. އެ ހޮޓަލުގެ މަސައްކަތް އެެންމެ ފުރަތަމަ ފެށި އިރު އެ މަސައްކަތް ނިންމަން ކަނޑައަޅާފައއި އޮތީ 2013 ވަނަ އަހަރުގެެ ތެރޭގައެެވެ. ނަމަވެެސް އެކި ސަބަބުތަކާއި ހުރެ އެ މަސައްކަތް ނުނިންމި ދިގުލައިގެން ގޮސް 2016 ވަނަ އަހަރު ވަނީ އެެތަން ވިއްކާލަން ނިންމާފައެެވެެ. އެކަމަށްވެސް އެކަށީގެންވާ ތަރުހީބެެއް ލިބިފައެެއް ނުވެެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެސތއ

    ބިރުވެރި ފިލްމް ކުލެން ތިތަން އެންމެ ރަނގަލުވާނީ.. ކުރީގެ އެމްޑީވެސް ތިތަނުން ފެންނަކަމައްވަނީ

  2. ނަސީރު

    ތިކަމާއި ޒިންމާ ނަގަން ޖެހޭނީ ނަޝީދުގެ ސަރުކާރުން.. ޕްލޭނެއް ނެތި ކަންކަން ކުރީމާ ވާގޮތް.. އަސްލު ތިތަން ހެދީ މާރިޔާ ޓްރޭޑާސް ހޮޓަލުގައި ބަނގުރާ ނުވިއްކޭތީ އޭގެ ބަދަލުގައި...