ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސީރިއަސް އަނިޔާތައް ލިބުނު މީހާ އާއި އެކްސިޑެންޓްގައި އަނިޔާވި ދެވަނަ މީހާ މާލެ ފުރުވާލައިފިއެވެ.

ދެސައިކަލެއް ޖެހިގެން މިއެކްސިޑެންޓް ހިނގީ ފުނާޑު ޕާކް ކަންމަތިން ލިންކް ރޯޑްގައެވެ.

މި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ލިބޭ ގޮތް ވަނީ ނުވެފައެވެ.

އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާއިރު އެކެއްގެ ހާލު ވަރަށް ސީރިއަސް އެވެ. އޭނާއަށް ފުވައްމުލައް ހޮސްޕިޓަލްގެ އައިސީޔޫގައިވެސް ފަރުވާ ދީފައި ވެއެވެ.

އެކްސިޑެންޓް ހިނގީ ޕާކް ތެރެއިން ނިކުތް ސައިކަލަކާއި ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. ކޮންމެ ސައިކަލެއްގައި ވެސް އިނީ އެކަކު ކަމަށް މައުލޫމާތު ލިބެއެވެ. ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ ލިންކް ރޯޑުން ސައިކަލް ދުއްވާފައި ދިޔަ މީހާއަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. DHONA

    މާދަމާވާނެ ތިމަގު ބަންދުކުރުމަށް މުޒާހަރާކުރަން......