ޓިކްޓޮކް ވީޑިއޯ ކުޅެގެން އާޙިރަތުގައި ތިމާއަށް ލިބޭނީ ކޮން ފައިދާއެއް ކަމާއި މެދު ޓިކްޓޮކް ތަރިން ވިސްނާ ފިކުރު ކޮށްލުމަށް ޝޭހު އަލީ ޒައީދު ނަސޭހަތްތެރިވެ ވަޑައިގަނެފިއެވެ.
ޓިކްޓޮކްގެ ރަހަ ދުނިޔޭގެ ގިނަ ބައެއްގެ އަރުތެރޭގައި ލާފައިވާއިރު ޒައިދު އިއްޔެ ކުރެއްވި ޓްވީޓްގައި ވަނީ ޓިކްޓޮކްގައި މުސްލިމުންގެ އާންމު އަހުލާގީ މިންގަނޑުތަކާއި ހިލާފަށް އާންމުކުރަމުންދާ ބައެއް ވީޑިއޯތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޓިކްޓޮކް އަކީ ތަފާތު ވީޑިއޯތަަކަށް އެކްޓް ކުރުމާއި އަޑު އަަޅައިގެން ލަވަ އާއި އެނޫންވެސް ކަންކަން ކުރެވޭ ގޮތައް ފަރުމާކޮށްފައިވާ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަންގެ އަވައިގައި ގިނަ އަދަދެއްގެ ދިވެހީން ޖެހިފައިވާ އިރު ޒައީދު ކުރެއްވި ޓްވީޓުގައި ވަނީ އިސްލާމްދީނާއި، ދިވެހިންގެ އާންމު އަހުލާގީ މިންގަނޑުން ބޭރުން ޓިކްޓޮކްގައިވެސް އަދި އެހެން ތަނެއްގައިވެސް ވީޑިއޯ އާންމުކޮށް ހެދުމުން ލިބޭނީ ކޮން ފައިދާއެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ޓިކްޓޮކް ކުޅޭ ފަރާތްތަކުން އެކަންކަމާއި މެދު ވިސްނާލުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
"ޓިކްޓޮކް ވިޔަސް އެހެން އެއްޗެއްގައި ވިޔަސް، އަޅުގަނޑުމެން މުސްލުމުން އަހްލާގީ މިންގަނޑުން ނެއްޓި، އެ ހަދާ ވީޑިއޯތަކަކީ ތިމާގެ އާހިރަތަށް އެއިން ކޮން ފައިދާއެއް ކުރާނެ ކަމެއްތޯ ނިކަން ވިސްނަވާ! މަރުވުމަށްފަހު އެކަލާންގެ ހަޒުރަތުގައި އެއަށް ތިމާ ދޭނެ ޖަވާބެއް އެގޭނެބާ؟" ޒައީދު ކުރެއްވި ޓްވީތްގައި ވިދާޅުވިއެވެ.
TikTok viyas ehen ehcheh gai viyas, alhugandumen 'Muslimun' akhlaaqee mingandun netti, e hadhaa video thakakee thimaage aakhirathah ein kon faidhaa eh kuraane kameh thoo nikan visnavaa! Maruvumah fahu ekalaange hazrathugai eah thimaa dheyne javaabeh engeybaa?!
— Ali Zaid (@alizaid1000) January 15, 2021
ޓިކްޓޮކްއަކީ ރާއްޖޭގައި ދިރިއުޅޭ ޒުވާނުންނަށް ކަމުދާ އެޕްލިކޭޝަނަކަށް ވިނަމަވެސް އެއީ ސްމާރޓްކޮށް ދިވެހިނަށް ހުޅަނގުގެ ކާފަރު އާދަތައް ދަސްކޮށްދޭ ޕްލެޓްފޯމެއް ކަމުގައި ރާާއްޖޭގެ ގިނަ އިލްމުވެރިން ސިފަކުރެއެވެ.
ބަރަޙަނާވެގެން ޓިކްޓޮކްގެ ލަވަތަކަށް ނަށާ, އެ ނެށުންތައް މީސްމީޑިއާގައި އާންމުކުރާ ދިވެހިންވެސް މަދެއް ނޫނެވެ. މިކަންކަމާއި ގިނަ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޢާޚިރަތަށް ގެންދާނެ ފާފަ ކޮޅެއް ލިބޭނެ
ޤުރުއާނުން އާޔަތްތަށް ނަގައިގެން ޓިކްޓޮކާ ބެހޭގޮތުން މީހުންނަށް ތަގުދީރު ދޭއިރު ނިކަން ވިސްނާލަންތަ މިޤައުމުގަ މިއަށްވުރެ ބޮޑެތި ހަރާމްކަންތައް އެބަ ހިނގާ އެކަކުވެސް އަޅާ ނުލާ ތިބެނީ. ބަނގުރާ ވިއްކުން، ޖިންސީ ގޯނާކުރުން، މެރިޓަލް ރޭޕް، ކޮރަޕްޝަން، މިނޫންވެސް މުޅި މުޖުތަމައު ހަލާކު ކުރާ ބޮޑެތި ފާފަތައް. ޓްވިޓާގަ ފަތުވާ ދޭ ސޭކުންނަށް ފެންނާނީ ސޯޝަލް މީޑިޔާގަ ޖަހާ އެއްޗެހި އެކަނި
އެއީ ހަލާުލު އެއްޗެއްސައް ވޭތަ އޭގެ ވާހަކަ ނުދެއްކީމަ، ހަމަ ޙަރާމް ކަންކަން ޙަރާމް ވާނެ
ހޫނ ދެން ހެޔޮ. އެމީހަކު އުޅެންވާނެ ގޮތެއް އެނގޭނީ އެމީހަކަށް. ނެށުމާ ލަވަކިޔުން އެއީ ދިވެހި ސަގާފަތުގަވެސް އޮންނަ ކަމެއް އިހުޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް. އިއްޔެ މިއަދަކު ފެށުން ކަމެއް ނޫން. އަހަރެމެންގެ އަމިއްލަ ޤައުމުގަ އުޅެންވާ ގޮތް ކިޔައިދޭކަށް ނުޖެހޭނެ ޒައިދު މެންނަކަށް. ވަރަށް ފޫހިވޭ .
އޭމީހަކު އުޅޭނެ ގޮތަކަށް އުޅޭށޭތަ ޤުރްއާނުގަ އޮންނަނީ. މުންކަރާތްތަށް ނަހީކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް. އެހެންވީމާ ކަލޭމެން ކުރާ ދިނާ ޚިލާފު ކަންތައްތަކާ ބެހެވޭނެ. ބެހެން ޖޭހޭނެ. ނުބެހެންޏާ ފާފފ ފަ ވެރިވެަސް ވާނެ. އިހުޒަމާނުގަ ބުދައްވެސް އަޅުކަން ކުރި. ދެން އިހުޒަނާނުގަ ކުރި ކާމެކޭ ކިޔާފަ ކުރަންވިތަ މިހިރަ ގަމާރާ
އެންމެ ކުރީގެ މީސްތަކުންވެސް ރަސޫލުންގެ ދަޢުވަތު އައުމުން، ދެއްކި ބަހަނާ، ކާބަފައިންގެ ގޮތްތަށް، الله އަހަރުމެން އެންމެނަށް ހިދާޔަތް ދައްކަވާށި
ފަހުޒަމާނައަށް އައިސް މިއުއްމަތުގެ ބައެއްމީހުން މަސަޚަކޮށް (ސިފަ ބަދަލުކޮށް) ރާމާ މަކުނަށާއި އޫރަށް ހެއްދެވޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައެވެ. ﷲއަކު މެނުވީ އލާހަކު ނުވާކަމަށާ އަދި ހަމަކަށަވަރުން މުޙައްމަދު ގެފާނީ ﷲގެ ރަސޫލާ ކަމުގައި އެބައިމީހުން ހެއްކެއްނުވާނެހެއްޔެވެ؟ އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. ކިއެއްހެއްޔެވެ؟ ލަވަކިޔުމަށް ބޭނުންކުރާ ސާމާނާއި އަދި ދަފު(ތާރަ) އާ އަދި ނަށާ ލަވަކިޔާ މީހުން އެއީ އެމީހުންގެ އުފަލެއް ކަމުގައި ހަދާނެއެވެ. ފަހެ ރާބުއިމާއި، ކުޅިވަރާ، މަޖަލުގައި، ރޭގަނޑު ހަތަރުދަމު ހޭދަކުރާނެއެވެ. ފަހެ އެހާލުގައި ހެނދުނު ވާހިނދު އެމީހުންގެ ސޫރަތައް ވާނީ ރާމާ މަކުނަށާ އޫރަށް ބަދަލުކުރެވިގެންނެވެ." ( އިޣާޘަތުއް ލިލްމީޟާން ފުރަތަމަ ފޮތުގެ ސަފުޙާ 265)
ފުރަތަމަ ދަލީލު: ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
" ليكونن من أمتى أقوام يستحلون الحرو الحرير والحمر والمعازف "
މާނާއީ: " ޒިނޭކުރުމާއި ފަށުވިފޭރާންލުމާއި ރާބުއިމާއި އަދި މިޔުޒިކު ސާމާނު ޙަލާލުކުރާނެ ބަޔަކު ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނެއެވެ" ( ސަހީހް ބުޚާރީ)
އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ.
ދެންވެސް ބަހެއް ބުނާނީ ދީން އާއި ރައްބު އެގިގެން... އަހަރުމެން ދުނިޔެ އަށް ފޮނުވީ ބޭނުން ހާ ގޮތަކަށް އުޅޭކަށް ނޫން.. ހަރާމް ކަންތައްތަކުން ދުރުވެ ހެޔޮމަގުގައި ތިބުމަށް..
ޒައިދު ޓްވީޓް ކޮށްގެން ލިބެނީ ކޮން ފައިދާއެއް؟ ތީވެސް ލަވަޔާ މިއުޒިކާ ބަރަހަނާ މަންޒަރުން ފުރިފައިވާ މީސްމީޑިޔާގެ ސައިޓެއް. ޓްވީޓާ ބޭނުން ކުރުން ވަގުތުން ވަގުތަށް ހުއްޓާލާ ޒައިދު
މައި ޓިކްޓޮކް އިޒް މައި ޓިކްޓޮކް. ނޮން އޮފް ޔޯ ޓިކްޓޮކް
ލަވަޔާ މިއުޒިކާ ނެށުމަކީ ދިވެހި ސަޤާފަތުގަވެސް އޮތް ކަމެއް މިހާރު ތި ގޮންޖަހަނީ މިޤައުމުގެ ސަޤާފަތަށް. ކަމު ނުދަންނާ ކަމުދާ ޤައުމެއްގަ ގޮސް އުޅޭ
ދިވެހިން ބުދަށް ވެސް އަޅުކަން ކުރި. ދެން ޘަޤާފަތޭ ސައިފަތޭ ހިކަނދިފަތޭ ކިޔާފަ އެކަން ވެސް ކުރަންވީތަ؟
ކަލޭ ތި ގޮންޖަހަނީ ޤުރުއާން އަށް.. ޤުރުއާން ގައި ވަރަށް ސާފު ކޮށް އޮވެ ލަވަ އަދި މިއުޒިކު އަކީ ހަރާމް އެއްޗެއްކަން..
ފަހުޒަމާނައަށް އައިސް މިއުއްމަތުގެ ބައެއްމީހުން މަސަޚަކޮށް (ސިފަ ބަދަލުކޮށް) ރާމާ މަކުނަށާއި އޫރަށް ހެއްދެވޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައެވެ. ﷲއަކު މެނުވީ އލާހަކު ނުވާކަމަށާ އަދި ހަމަކަށަވަރުން މުޙައްމަދު ގެފާނީ ﷲގެ ރަސޫލާ ކަމުގައި އެބައިމީހުން ހެއްކެއްނުވާނެހެއްޔެވެ؟ އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. ކިއެއްހެއްޔެވެ؟ ލަވަކިޔުމަށް ބޭނުންކުރާ ސާމާނާއި އަދި ދަފު(ތާރަ) އާ އަދި ނަށާ ލަވަކިޔާ މީހުން އެއީ އެމީހުންގެ އުފަލެއް ކަމުގައި ހަދާނެއެވެ. ފަހެ ރާބުއިމާއި، ކުޅިވަރާ، މަޖަލުގައި، ރޭގަނޑު ހަތަރުދަމު ހޭދަކުރާނެއެވެ. ފަހެ އެހާލުގައި ހެނދުނު ވާހިނދު އެމީހުންގެ ސޫރަތައް ވާނީ ރާމާ މަކުނަށާ އޫރަށް ބަދަލުކުރެވިގެންނެވެ." ( އިޣާޘަތުއް ލިލްމީޟާން ފުރަތަމަ ފޮތުގެ ސަފުޙާ 265)
ފުރަތަމަ ދަލީލު: ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
" ليكونن من أمتى أقوام يستحلون الحرو الحرير والحمر والمعازف "
މާނާއީ: " ޒިނޭކުރުމާއި ފަށުވިފޭރާންލުމާއި ރާބުއިމާއި އަދި މިޔުޒިކު ސާމާނު ޙަލާލުކުރާނެ ބަޔަކު ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނެއެވެ" ( ސަހީހް ބުޚާރީ)
އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ.
ދެންވެސް ބަހެއް ބުނާނީ ދީން އާއި ރައްބު އެގިގެން... އަހަރުމެން ދުނިޔެ އަށް ފޮނުވީ ބޭނުން ހާ ގޮތަކަށް އުޅޭކަށް ނޫން.. ހަރާމް ކަންތައްތަކުން ދުރުވެ ހެޔޮމަގުގައި ތިބުމަށް..
ގެރިޖެއްސުމާ ފިތުނައުފެއްދުމަކީ ހާދަ ފައިދާއެއްކުރާނެ ކަމެކޭ...
ބެހެވޭނެ ކަލޭ ހެއްދެވި ފާރާތުން ކަލެއަށާއި އެންމެހާ މުސްލިމުންނަށް ވާޖިބު ކުރައްވާފައި ވަނީ އަނެއް މުސްލިމަކު ކުރާ ދިނާ ޙިލާފު މުންކަރާތްތަކާ ބެހެން. އެކަންތަކާ ބެހެވޭނެ. އެކަންތަކާ ނުބެހި އަޅާ ނުލަންޏާ ފާފަވެރިވެަސް ވާނެ. އެހެންވެ މި ބުނީ ބެހެވޭނެ. ބެހޭނަން. ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ ﷲ އެންމެ ނުރުއްސަވާ ބަހަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ﷲ އަށް ބިރުވެތި ވާށޭ ބުނުމުން "ކަލެއާ ބެހޭ ކަމެއް ނޫނޭ.." އެފަދައިން ބުނުމަކީ އެކަލާންގެ ހަސްރަތުގައި އެންމެ ނުބައިވެގެންވާ ބުނުން ކަމަށް.
ބަރަހަނާ ވާ ނަމަ ޓިކްޓޮކުން އެވީޑިޔާ ރިމޫވް ކުރާނެ 🤚 ބަރަހަނާ ވުމުގެ މާނަ އޮޅުވާ ނުލުން އެދެން. އެހެން ނޫނަސް ޒައިދުމެންވެސް ވަގު އައިޑީ ހަދައިގެން އެކުދިންގެ ވީޑިއޯތައް ބަލާތީދޯ އެނގެނީ ވާނުވާ . ކައިޒީން ވެެއްޖެޔާ ހެޔޮ ކަރުބޮޑު ހެދުމަށް ލައިގެން، ހަރުވާޅު މަތިން ޖަނގިޔާ ލައިގެން ހުއްޓަސް. އެހެން މީހުންނާ ޖައްސާލައިގެން އުޅެން ތިއުޅެނީ
މީގެ ފަހުން ކައިޒީން ގެ އާޓިކްޓޮކް ވީޑިއޯ ދުށިން ހޭ ކިޔާ އިޝްތިހާރުކޮށް ހަބަރު ނުޖެހުން އެދެން !! ކިޔާ އެއްޗަކާ އަމަލަކާ ދިމަލެއް ނުވޭ
ގޯސްކޮއްމެކަމަކީ މިދުނިޔޭގައި ގިނަމީހުން އެކަންތައްތަކުގަ ޣާ ފިލުވެ ހަލާކުވާ ކަންކަން
ޒައިދަށް سلام، މިރާއްޖެ اسلام دين އާއި ދުރަށް މިގެންދާ ދިޔުމުގައި، إرشاد ތިޔަ ދެއްވި حركات އަކީ ދޮންމީހުން އުޅޭގޮތަށް އުޅެން ބޭނުންވާ މަމެއްނަކަށް ހަމަ " ޗޮކެއް " ! ރާއްޖެއަށް ދޮންމީހުންއައިސް ބޭނުންގޮތަކަށް ރަށުތެރޭގައި އުޅުމާއި އެމީހުންގެ عمل ތަކަށް مرحبا ކިޔަންޖެހި މާރޯދުވާލު މަގުމަތީގައި އެއްجنسން ގުޅުން ހިންގުމާއި އަދި ބޭނުން دين އަކަށް ބޭނުންގޮތަކަށް އުޅުމުގެ اختيار ލިބިފައިވުމާއިއެކު، އުވާލިކަމަށް "ސަރުކާރުން ބުނާ" جمعيةއަށް ނިސްބަތްވާ - މިހާރުވެސް އިސް مقام ތަކުގައިތިބި - ބޮޑުންގެ އަތްމައްޗަށް ރާއްޖެ ފުރޮޅިފައި އޮންނަތަން ދުރުނޫން مستقبل އެއްގައި ފެނުމަކީ އެކަށިގެންނުވާ ކަމެއްނޫން! ޢިނގޭތޯ!! ތިޔަ ކަޑައްތުކުރެއްވީ منكرات ތައް نهي ކުރުމުގެ ތިން مرحلة އިން އެއް مرحلة އެވެ. މާތް الله سبحانه وتعالى ތިޔަ زيد އަށް އެކަލާގެ ހެޔޮ رحمة މިންވަރު ކުރައްވާށި! امين
އަސްލުވެސް ޒައިދަކަސް ކާސިމަކަސް ރަނގަޅުވާހަކައެއްވާނީ ރަނގަޅުވާހަކައަކަށް. ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުންކުރިޔަސް ކުރަންވާނީ މީ މުސްލިމުންކަން ދަނެގެން. އެންމެނަށްވެސް އިނގޭ ކުރު ކުރު ހެދުންކޮޅާ ސޯޓުކޮޅާ ލާގެން މުސްލިމެއް ނޫޅޭނެކަން. މަރުވާނެ ކަމާ އެއަށްފަހު ވާނޭ ކަންކަން ގަބޫލުނުކުރެވެނީ ހަމަ މިއުޅޭ ކުދިންނަށް. އެކަމް މަރުއައިސް ޖެހުނީމަ ކުރެވޭނެ ކަމެއް ނޯންނާނެ. ފަހުން ވަރަށް ހިތާމަ ކުރާނެ. އަލުން ހެޔޮ އަމަލު ކުރަން ދުނިޔެއަށް އަންނަން ބޭނުންވާނެ. އެކަމަކު އެ ފުރުސަތެއް ނުލިބޭނެ. ރީތި ސިފައެެއް ހުއްޓަސް ސިކުނޑީގައި ތެއްކަމެއް ނެތިއްޔާ ކުރާނެ ފައިދާއެއް ނޯންނާނެތާދޯ! ދެން މި ހުރިހާ ކަމެއް އެއްކިބާގައި ބާއްވާފަ ފުރަތަމަ އަމިއްލަ ސިކުނޑިން މި އުޅެވޭ ވައްތަރާ މި ލެވޭ ހެދުމާ މި ނެގޭ ފޮޓޯތަކާ ވިސްނާލިޔަސް ގެޓު ވާންވާނެ ދޯ ލަދުވެތިކަމުގެ ރީތި ސިފަ ތިމާ ކިބާގައި ނެތް މިންވަރު. އަމިއްލަ މީހާގެ އަގު އަމިއްލައަށް ވައްޓަނީ ވެސް ކީކޭ ދެން ބުނާނީ. ބްރެއިންލެސް ބިއުޓީސް.
ޔޫ ގާއިޒް އާރ ސޯ ރޯންގު، ދިވެހިނގެ ސަޤާފަތަކީ ކާފަރު އިސްލާމްދީނާ ސަތޭކަ ޕަސެން ތައާރަޞް ވާ ސަޤާފަތެއް، އުޅުނީ އޮރިޔާމަށް އަޅުކަން ކުރީ ބުދަށް، ތާރީޚީ ފޮތްތައް އެބަހުރި ކިޔާލުން ރަނގަޅު ކަމަށް ފެނޭ.
ކަށްވަޅު ގަ ފެންނާނެ ސަޤާފަތް، އެ ބަލަންހުރޭ
ދީނުގައި އެކަން އޮތްގޮތް އޮޅުންފިލުވާދިނުމަކީ ، ކޮންމެ މުސްލިމެއްގެ ވެސް ފަރުދީ ޒިންމާއެއް! އެނގޭ މީހުންނާއި ، ނޭނގޭ މީހުން ހަމަ ހަމަ އެއް ނުވާނެ، އިސްލާމްދީން އަޅުގަނޑުމެން މުސްލިމުންނަށް އަންގަވާފައި ވަނީ ރަނގަޅު ގޮތް ބުނެދޭން! ޤަބޫލް ކުރުމާއި ނުކުރުމަކީ އެމީހެއްގެ ކަމެއް !
ކަލޭ ތި ގޮންޖަހަނީ ޤުރުއާން އަށް.. ޤުރުއާން ގައި ވަރަށް ސާފު ކޮށް އޮވެ ލަވަ އަދި މިއުޒިކު އަކީ ހަރާމް އެއްޗެއްކަން..
ފަހުޒަމާނައަށް އައިސް މިއުއްމަތުގެ ބައެއްމީހުން މަސަޚަކޮށް (ސިފަ ބަދަލުކޮށް) ރާމާ މަކުނަށާއި އޫރަށް ހެއްދެވޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައެވެ. ﷲއަކު މެނުވީ އލާހަކު ނުވާކަމަށާ އަދި ހަމަކަށަވަރުން މުޙައްމަދު ގެފާނީ ﷲގެ ރަސޫލާ ކަމުގައި އެބައިމީހުން ހެއްކެއްނުވާނެހެއްޔެވެ؟ އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. ކިއެއްހެއްޔެވެ؟ ލަވަކިޔުމަށް ބޭނުންކުރާ ސާމާނާއި އަދި ދަފު(ތާރަ) އާ އަދި ނަށާ ލަވަކިޔާ މީހުން އެއީ އެމީހުންގެ އުފަލެއް ކަމުގައި ހަދާނެއެވެ. ފަހެ ރާބުއިމާއި، ކުޅިވަރާ، މަޖަލުގައި، ރޭގަނޑު ހަތަރުދަމު ހޭދަކުރާނެއެވެ. ފަހެ އެހާލުގައި ހެނދުނު ވާހިނދު އެމީހުންގެ ސޫރަތައް ވާނީ ރާމާ މަކުނަށާ އޫރަށް ބަދަލުކުރެވިގެންނެވެ." ( އިޣާޘަތުއް ލިލްމީޟާން ފުރަތަމަ ފޮތުގެ ސަފުޙާ 265)
ފުރަތަމަ ދަލީލު: ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
" ليكونن من أمتى أقوام يستحلون الحرو الحرير والحمر والمعازف "
މާނާއީ: " ޒިނޭކުރުމާއި ފަށުވިފޭރާންލުމާއި ރާބުއިމާއި އަދި މިޔުޒިކު ސާމާނު ޙަލާލުކުރާނެ ބަޔަކު ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނެއެވެ" ( ސަހީހް ބުޚާރީ)
އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ.
ދެންވެސް ބަހެއް ބުނާނީ ދީން އާއި ރައްބު އެގިގެން... އަހަރުމެން ދުނިޔެ އަށް ފޮނުވީ ބޭނުން ހާ ގޮތަކަށް އުޅޭކަށް ނޫން.. ހަރާމް ކަންތައްތަކުން ދުރުވެ ހެޔޮމަގުގައި ތިބުމަށް..
ޒައިދު ދެން މަޝްހޫރު ނުވެވިގެން އުޅުނަސް ބޮޑުވަރު.