ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު "ވަރަށް ކަންނެތް" ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މަޝްރޫއުތައް ބަލައިލަން ވަޑައިގަތަސް އެ ކަން ބަދަލު ނުކުރެވޭނެ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި ގޮތަށް ސައީދު ފާޑުވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީންގެ ސަރުކާރުގައި ހިނގަން ފަށާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތްތައް ބައްލަވަން ރައީސް ސޯލިހް އިއްޔެ ވަޑައިގެންފައިވަނިކޮށެވެ. އެއާޕާޓުގެ ފިއުލް ފާމް، ކާގޯ ޓާމިނަލް، ކާގޯ ޖެޓީ، އޭޕްރަން، ވީއައިޕީ ބިލްޑިން އަދި ސީޕްލޭން ޓާމިނަލަށް ރައީސް ވަޑައިގެންނެވިއެވެ. އަދި އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރެއްވިއެވެ.

މި މަންޒަރުތައް ހިމެނޭ ފޮޓޯތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޓްވީޓް ކޮށްފައިވާއިރު އެ ޓްވީޓް ރީޓްވީޓް ކުރައްވައި ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ފަސް އަހަރު ދުވަހު ހިންގާފައިވާ މަޝްރޫއުތައް ބައްލަވައި، ފޮޓޯ ނެންގެވިޔަސް، ރައީސް ސޯލިހްގެ ސަރުކާރުގެ "ކަންނެތް" ކަމުގެ ތަސައްވުރު ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަޝްރޫއެކެވެ. މި މަޝްރޫއު ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މި މަޝްރޫއުގައި ހިމެނޭ ޓާމިނަލް މަސައްކަތް ފިޔަވައި އެހެން ބައެއް މަސައްކަތްތައް ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ވަނީ ނިމިފައެވެ. އަދި އޭގެތެރެއިން ނުނިމި ހުރި ގިނަ މަސައްކަތްތައް ވެސް އޭރު ވަނީ ބޮޑުބައި ނިންމާފައެވެ. ޓާމިނަލް އެޅުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖައްސައި، ކޮންޓެކްޓަރާއި މަސައްކަތް ހަވާލު ކުރީވެސް ޔާމީންގެ ވެރިކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފާއިޒު

    އިބޫ އަކީ ތަރައްޤީގެ މަގުގައި ކިޔަވާ ކުއްޖެއް. އެހެންވެ ދަސްކުރަން ދިޔައީ

    17
  2. ވޯޓް

    ޔާމީންގެ މަޝްރޫއެ ސޯލިހުގެ މަޝްރޫއެއް ބާ ނޫނީ އެޔާޕޯޓް ތަރައްގީކުރުމުގެ މަސްރޫއެއްބާ. ސޯލިހެ ޔާމީނެ ގެ ޖީބަކުން ލޯލާރިއެއްވެސް ނުދޭނެ ތީކަމެއް ކުރާކަށް. ހަމަހަރަދު ކުރާނީ ނޫނީ ހަރަދައް ޒިއްމާވާނީ އެއަރޕޯޓް ކޮންޕެނީ. މީންމީހަކު ކުރިޔަސް ކުރާނެ ކަަކީ އެކަމުން ކަޓެއްނެގުން. ނެގިޔެކޭނޫން މިބުނީކީ....

    5
    12
  3. ހުސޭން

    ރައީސް އިބުރާހިމް މުހައްމަދު ސޯލިހަކީ ހުރިހާ ދިވެހިރައްޔިތުންގެ ރައީސް. އެހެންވީމަ މިގައުމުގެ ކޮންމެ ތަނެއްގަ މަޝްރޫއެއް ހިންގިއަސް އެމަނިކު ބައްލަވަންޖެހޭ. އެ ވަރިހަމަ ސައީދުގެ ވެރިކަމުގަހިންގަން ފަޝާފަހުރި މަޝްރޫއަކައްވިއަސް......

    1
    21
  4. މީނަ

    ރައީސްޔާމީނު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމާއި މިޤައުމުގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީން ދެމެހެއްތުމަށް އެކަން ކޮށްދެއްވި ބޭނުމީއެފަދަވެރިއެއް

    22
  5. Anonymous
  6. ޖސޖސ

    ލަދު ހަޔާތެއް ހުރިނަމަ އެތަން ބަލާފަ ގެޔަށްގޮސް ފަޒުނާ ފެނުނީމަ ކީރިތި ކުރެއްވުމުގެ ބަދަލުގައި ރ.ޔާމީން ވަގުތުން ވަގުތަށް މިނިވަންކުރީސް. މިބައިމީހުނަކީ ލަދެއް ހަޔާތެއް އަގަލެއް ކުލުނެއް ހުރި ބަޔެއްނޫން. މީން ކަންފުޅެއްހުރިނަމަކާ ގައުމު ވިއްކާ އަޅުވެތިކޮށް، ދިވެހީންގެ މިނިވަންކަން އިންޑިޔާގެ ހިންދޫންނަށް ހަވާލެއްނުކުރާނެ. މިބައިމީހުނަށް ކުރަން އެނގޭ ކަމަކީ މީހުން ބުރަމަސައްކަތުން ހޯދާފައިވާ އެއްޗެހި ފޭރިގަނެ ނުއަގުގައި ވިއްކާ ހުސްކުރުން،

    17
  7. ކަޅުބެ

    ރައީސްޔާމީނަކީ ގައުމުގެ ތަރަށްގީގެ ބާނީ އެމަނިކުފާނުގެ ޒައާމަތުގައި ގައުމުވަނީ ތަރަށްގީވެ ދޮންވެ ފަށްކާވެފަ މިހާރުއޮތް ބަރަވެލި ސަރުކާރުން އެމަޝްރޫއުތަށް ބަލާފަ ކަރުނައަޅާ ރޯނެކަން 100 ޕަސެންޓު ގެރަންޓީ.

    15
  8. ކޮވިޑް

    ކަލޯގަޔާ އެސޮރު ހައިރާންވެގެން ގޮސް އެހެރަ ސޮނިފައިބަނީ މާސްކު ނާޅާ ހުރިނަމަ ސޮނިފައިބާ ވަރު އެންގި ފާޅުވާނެ ޔަގީން

  9. އޮޅުވާލި ވޯޓު

    ލަދުހަޔާތުގެ ކަންފުޅެހުރިނަމަވެސް ނުކެރޭނެ ރައީސް ޔާމީނުގެ ތަރައްގީބަލާކައް ހަޔާކުދަޑަވިޔަސް ފުކެއްބޮޑުވަރު