ފުވައްމުލަކުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސީރިއަސް އަނިޔާތައް ލިބުނު މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

ދެސައިކަލެއް ޖެހިގެން މިއެކްސިޑެންޓް ހިނގީ ފުނާޑު ޕާކް ކަންމަތިން ލިންކް ރޯޑްގައެވެ. އެކްސިޑެންޓް ހިނގީ ޕާކް ތެރެއިން ނިކުތް ސައިކަލަކާއި ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. ކޮންމެ ސައިކަލެއްގައި ވެސް އިނީ އެކަކު ކަމަށް މައުލޫމާތު ލިބެއެވެ.

ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ ލިންކް ރޯޑުން ސައިކަލް ދުއްވާފައި ދިޔަ މީހާއަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލް މެނޭޖަަރ ސައީދު ވިދާޅުވީ، މިއަދު ހެނދުނު އެ އެކްސިޑެންޓްގައި އަނިޔާވި ދެ ފަރާތްވެސް މާލެ ފޮނުވާލާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ، އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ދަންނަވަން ދަތި ކަމަށެވެ. އެއީ ޑޮކްޓަރުންގެ ފަރާތުން އެ މައުލޫމާތު އަދި ލިބިފައި ނުވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ފުދޭވަރަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސައީދު ވިދާޅުވީ، އެކަކަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށާއި، އޭނާ ފުރުވާލީވެސް ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

"އެއް ޕޭޝަންޓު ފޮނުވީ ވެންޓިލޭޓަރަށް ލާފައި،، މިއަދު ހެނދުނު 10:00 ހާއިރު ފުރުވާލީ". ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސްނުވި ސޫދު

    މިފަހަރުވެސް ގޯސްވާނީ މަގު.. މަގު ބަންދުކުރަން ޕެޓިޝަނެއް ހުށްހަޅާ.

    9
    2
  2. ހުސްނުވި ސޫދު

    މިފަހަރުވެސް ގޯސްވާނީ މަގު.. މަގު ބަންދުކުރަން ޕެޓިޝަނެއް ހުށްހަޅާ. ކުރިންވެސް ބަންދުކުރަން އުޅުނީ ނެރެއްނު.

    7
    4
  3. ވގ ޔނ

    މިފަހަރު ގޯސްވާނި މަގު މަގުތައް ބަނދުކުރަން ޕެޓިސަން އަވަސްކުރޭ